Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

މަންޒަރުން ސިފަވާ ކަހަލަ އެވެ. ރައީސް މުޢިއްޒުގެ އަރިހުގައި ތިއްބެވި އެމަނިކުފާނުގެ ވަފާތެރިން، ރައީސް މުޢިއްޒުގެ ކަންފަތް ދޮށުގައި މަޑު މަޑުން ބުނާ ކަހަލަ އެވެ. "ބޮޑު މީހާ އެވެ. މީހުން އެއްވައްތަރީ ދޯ އެވެ. އެއީ މި ޤައުމަށް އަންނަ ފަތުރުވެރިން ވެސް ބުނާ ވާހަކަ އެކެވެ. މިއީ އެއް ޤައުމެއް ނޫންތޯ؟ އެހެންވީމާ އެއްވައްތަރު ކުދިން ވެސް އަދި މީހުން ވެސް ގިނަ ވާނެ އެވެ. ވަރަށް ވައްތަރު ވާނެ އެވެ."

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2025 | ބުދަ 11:40
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ދިވެހިންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ރަފީޢު، ނުވަތަ އާންމު ނަމުން ނަމަ "ޔޫސޭ" ކުޅެފައިވާ ދިރިއުޅުމަކީ މިއީބާ އަކީ އަޅުގަނޑުމެންނަށް އައު ޑްރާމާއެއް ނޫނެވެ. ދިރިއުޅުމަކީ މިއީބާގެ ނަމުން މަޝްހޫރުވެފައިވާ އެ ޑްރާމާ އިން އެކި ފަހަރު ފެންނަނީ އެކި ހާދިސާ ތަކުގެ މައްޗަށް ކުޅެފައިވާ ހެއްވާ، މަޖާ ޑްރާމާ ތަކެވެ. އެއީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މިއަދު ވެސް ޝައުޤުވެރިކަމާ އެކު ބަލަމުން އަންނަ ޑްރާމާ އެކެވެ.

ދިރިއުޅުމަކީ މިއީބާގެ އެއް އެޕިސޯޑުގައި ކަންތައްވާ ގޮތް ހަނދާން އެބަ ހުއްޓެވެ. ބޮޑު މީހާ ރަށަަށް ވަޑައިގަންނަވާތީ، ރަށުގެ ޒުވާނުންނާއި، ހަރު މީހުންނާއި، ކުދި ބޮޑު އެންމެން ބަނދަރު ދޮަށަށް އެއްވެ އެވެ. ބޮއްކުރަލެއްގައި ބޮޑު މީހާ ރަށަށް ބޭލުމުގެ ތެރޭގައި އެ ބޮއްކުރާ މޫދަށް ބަންޑުން ވެސް ޖަހާލަ އެވެ. ބޮޑު މީހާ ވެސް ރަށަށް އެރީ ތެމި ފޯވެގެންނެވެ.

ބޮޑު މީހާގެ އިސްތިޤުބާލުގައި ސަލާމް ކުރަން އަތުރާލާފައި އޮތް ސަފުގައި ތިބި މީހުންނާ ބޮޑު މީހާ ސަލާމް ކުރައްވަމުން ގެންދަވަ އެވެ. ޒުވާނުންގެ ކޮމެޓީގެ ރައީސްއާ ވެސް ބޮޑު މީހާ ސަލާމް ކުރައްވަ އެވެ. ޒުވާނުންގެ ކޮމެޓީގެ ރައީސްގެ އުމުރު 80 އިން މައްޗަށް ގޮސްފައިވެ އެވެ. ބޮޑު މީހާ އަށް ވެސް ލިބުނީ ހައިރާން ކަމެކެވެ.

ބަނދަރު މަތީގައި ތިބި މީހުންނާ ސަލާމް ކުރުމަށް ރަށު ތެރޭގައި ވެސް ހަދާފައި އޮތް ސަފުގައި ތިބި މީހުންނާ ބޮޑު މީހާ ސަލާމް ކުރައްވަން ޖެހިވަޑައިގެންފި އެވެ. ބޮޑު މިހާގެ އިސްތިޤުބާލުގައި ތިބި ރައްޔިތުން ގިނަ ކަމުން، ބޮޑު މީހާ އަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. އެކަމަކު، އެއަށް ވުރެ ބޮޑު ހައިރާން ކަމެއް ބޮޑު މީހާ އަށް ލިބިވަޑައިގެންނެވީ، ބަނދަރު މަތީގައި އޮތް ސަފުގައި ތިބި މީހުންނާ ހަމަ އެއް ވައްތަރުގެ ބަޔަކު، ރަށު ތެރޭގައި އޮތް ސަފުގައި ވެސް ތިބީމަ އެވެ.

އެއީ އެ ވާހަކަ އެވެ. ފާހަގަ ކުރަން މިއުޅެނީ އެ ޑްރާމާގައި ކަން ހިނގާ ގޮތް ތަފްސީލު ކުރާކަށް ނޫނެވެ. މިއަދު، އަޅުގަނޑުމެންގެ ރާއްޖެ އިން ހަގީގަތުގައި ވެސް ފެންނަމުން އަންނަ ކަމަކަށްވާތީ، ހިއްސާކޮށްލުމަށް މިސާލެއް ޖެހީ އެވެ. ގަންނަންވީ ލަދު ކަމެއް، މަޖާވެގެން ގޮސް ހޭންވީ ކަމެއް ނޭނގުނެވެ. އެކަމަކު، އިނގޭހާ ވެސް ކަމަކީ ޔޫސޭގެ ދިރިއުޅުމަކީ މިއީބާ، ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ލައްވާލައިފި ކަމެވެ. މިހާރު މިއީ، ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ އެވެ.

އިހަކަށް ދުވަހުގެ ރޭ ރައީސް މުޢިއްޒު ވިލިނގިއްޔަށް ވަޑައިގެން، ވިލިނގިލީގައި ދިރިއުޅުއްވާ ރައްޔިިތުންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ރައްޔިތުންނާ ސަލާމް ކުރައްވައި، ބައްދަލުވުމުގައި ރައްޔިތުންގެ ޝުއޫރުތައް ވެސް އަޑު އައްސަވައިފަ އެވެ. އޭގެ ފަހުން، އަންގާރަ ދުވަހުގެ ރޭ މާލޭގެ މައްޗަންގޮޅި އަށް ވަޑައިގެން، އެ ސަރަހައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވައި، ސަލާމް ކުރައްވައި އަދި ޝުއޫރުތައް ވެސް އަޑު އައްސަވައިފި އެވެ.

އެކަމަކު، ވިލިނގިލީގެ ބައްދަލުވުމުގައި ތިބި މޫނުތައް، މައްޗަންގޮޅީގެ ބައްދަލުވުމުން ވެސް ފެނިއްޖެ އެވެ. ސަލާމް ކުރެއްވި ސަފުން ވެސް ފެނިއްޖެ އެެވެ. ޝުއޫރު ފާޅު ކުރި ރައްޔިތުންގެ ތެރެއިން ވެސް ފެނިއްޖެ އެވެ. ލޮލުގައި ވެސް އަޅައި ގަނެއްޖެ އެވެ. ވިލިނގިލީގެ ޖަލްސާގައި ޝުއޫރު ފާޅު ކުރި މީހަކާ ވައްތަރު މީހަކު، މައްޗަންގޮޅީ ޖަލްސާގައި ވެސް ޝުއޫރު ފާޅު ކޮށްފި އެވެ.

މަންޒަރުން ސިފަވާ ކަހަލަ އެވެ. ރައީސް މުޢިއްޒުގެ އަރިހުގައި ތިއްބެވި އެމަނިކުފާނުގެ ވަފާތެރިން، ރައީސް މުޢިއްޒުގެ ކަންފަތް ދޮށުގައި މަޑު މަޑުން ބުނާ ކަހަލަ އެވެ. "ބޮޑު މީހާ އެވެ. މީހުން އެއްވައްތަރީ ދޯ އެވެ. އެއީ މި ޤައުމަށް އަންނަ ފަތުރުވެރިން ވެސް ބުނާ ވާހަކަ އެކެވެ. މިއީ އެއް ޤައުމެއް ނޫންތޯ؟ އެހެންވީމާ އެއްވައްތަރު ކުދިން ވެސް އަދި މީހުން ވެސް ގިނަ ވާނެ އެވެ. ވަރަށް ވައްތަރު ވާނެ އެވެ."

ރައީސް ވެސް ވިދާޅުވާ ކަހަލަ އެވެ. އެކަމަކު ހާދަ ވައްތަރެވެ. އެހެން ނަމަވެސް، ކުރިއަށް ގެންދަވާށެވެ. ދިރިއުޅުމަކީ މިއީބާ އެވެ!

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު