Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް އޮޅުވާލަން މި އުޅެނީ ކާކަށް؟

ރައީސް އެވެ. މިކަންކަން އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް ހެއްޔެވެ؟ ލައިވް ޓީވީގައި، މުޅި ޤައުމުގެ އެންމެ ކުރިމަތީގައި މަނިކުފާނު ސިއްރު ކުރަން ތިޔަ އުޅުއްވަނީ ކޮން ކަމެއް ހެއްޔެވެ؟ މި ދައްކަނީ އިއްޔެ މެންދުރު، މި ޤައުމުގެ އެންމެން ކުރިމަތީ ހިނގި ކަންތައްތަކެއްގެ ވާހަކަ އެވެ. އެކަންކަން އޮޅުވާލުމަށް މަނިކުފާނު މަސައްކަތް ކުރެއްވި ނަމަވެސް، އެކަންކަން އޮޅުވައެއް ނުލެވޭނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2025 | ހޮނިހިރު 09:39
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މި ފަހުން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކައެއް އަޑު އިވިއްޖެ އެވެ. ވަރަށް ރުންކުރުވެ ހުންނަވައި، ނޫސްވެރިންނާ ދިމާލަށް ބަސް އެއްލެވީ އެވެ. އެއީ އިހަކަށް ދުވަހު އެމަނިކުފާނު ތަސްދީޤު ކުރެއްވި، މިނިވަން މީޑިއާތައް ނައްތާލާ ބިލާ ގުޅޭ ގޮތުންނެވެ.

އަޑަށް ބާރު ލައްވައި، އަތް އުއްކަވާފައި ރައީސް ވިދާޅުވީ، އެ ޤާނޫނު ކީ އެއްވެސް ނޫސްވެރިޔަކާ އަދި ދިމާ ނުވާ ކަމަށެވެ. ރައީސް ވިދާޅުވީ ނޫސްވެރިން އުޅެނީ ހަމަ އަނެކަކު ބުނި ވާހަކަ ޤަބޫލު ކޮށްގެން ކަމަށާއި، ކުރިއަށް ދަނީ އެ ގޮތަށް ކަމަށެވެ. އަދި އެއީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މިހާ ހިސާބުން އަޅުގަނޑު ހިތަށް އެރި އެވެ. ރައީސް މި އުޅުއްވަނީ ކީކޭ ވިދާޅުވާންބާ އެވެ؟ ވާހަކައެއް ދެއްކެވުމުގެ ކުރިން އެމަނިކުފާނު ރަނގަޅަށް ބައްލަވާ ނުލައްވަނީ ހެއްޔެވެ؟ އެއްވެސް ތަރުތީބެއް ނެތި ވާހަކަ ދައްކަވަނީ ހެއްޔެވެ؟ ޕޯޑިއަމެއް، ނުވަތަ މައިކެއް އަތު ޖެހޭ އިރަށް، ތަނެއް ދޮރެއް ބަލާލުމެއް ނެތި ވާހަކަ ދައްކަވަނީ ހެއްޔެވެ؟ ނޫނީ، ރައީސް މި އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލަން ހެއްޔެވެ؟

އެ ޤާނޫނު ކީ ނޫސްވެރިޔަކާ އަދި ދިމާ ނުވާ ކަމަށް ރައީސް ވިދާޅުވިއިރު، ނޫސްވެރިންގެ ކަންބޮޑުވުންތައް ފެށުނީ ވެސް އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިގެންނެވެ. އޭގައި އޮތް އެއްޗެއް ނޫސްވެރިންނަށް ފަހުމު ވާތީ އެވެ. އެކަމުގެ ބިރުވެރިކަމާއި، ނުރައްކާތެރިކަން ނޫސްވެރިންނަށް އިނގޭތީ އެވެ. އޭގައި އޮތް އެއްޗެއް ނޭނގި ތިބެ، ނޫސްވެރިން އިހުތިޖާޖު ކުރީއެއް ނޫނެވެ. ފަހަރުގައި ރައީސް އަށް އެހެން ވުމަކީ އެކަށީގެންވާ ކަމަކަށް ވެދާނެ އެވެ.

ރައީސް އެވެ. ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވަން، މަނިކުފާނު އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރެއްވިމު ނޫންތޯ އެވެ؟ އެތަކެއް އަހަރު ނޫސްވެރި ކަމުގައި ޚިދުމަތް ކުރެއްވި ބޭފުޅުންނާ ރައީސް ބައްދަލު ކުރެއްވުމުން، ތިޔަ ޤާނޫނުގައި ހުރި ކަންބޮޑުވާ ކަންކަން އެ ބޭފުޅުން ރައީސްއާ ހިއްސާ ކުރެއްވި ނޫންތޯ އެވެ؟ ގައިމު އެ ކަންބޮޑުވުންތައް ހިއްސާ ކުރާނީ އެ ކިޔާފައި އޮތީމަ ނޫން ހެއްޔެވެ؟

ރައީސް އެވެ. އެ ދުވަހު މަނިކުފާނު އޮފީހުން ގެޔަށް ވަޑައިގެންނެވި މަގު މަތީގައި، އެތަކެއް ނޫސްވެރިންނެއް މަނިކުފާނުގެ ފަހަތްޕުޅުން ސުވާލު ކުރަމުން ދިޔަ ހަނދާން ނެތުނީ ހެއްޔެވެ؟ އެ ދުވަހު އެ ނޫސްވެރިން ވެސް ފާހަގަ ކުރަމުން ގެންދިޔައީ ބިލުގައި ހުރި ކަންބޮޑުވާ ކަންކަމެއް ނޫން ހެއްޔެވެ؟ އެ ބިިލު އޮތީ މިނިވަން ނޫސްވެރިކަމުގައި ތަޅު އެޅުވޭ ގޮތަށް ކަމަށް އެ ނޫސްވެރިން މަނިކުފާނަށް ދެންނެވި ނޫންތޯ އެވެ؟

ރައީސް އެވެ. އަދި އެއް ކަމެއް ފާހަގަ ކޮށްލާނަމެވެ. ހަމަ އެ ދުވަހު، ހެނދުނު ވަގުތުގައި މަނިކުފާނު ފޮނުއްވައިގެން، މި އުޅޭނީ ޓީވީ ޚަލީލް އާއި އަސްވާޑުއާ ދެ ބޭފުޅުން ނޫސްވެރިންނާ ބައްދަލު ކުރި ނޫން ތޯ އެވެ؟ ނޫސްވެރިންގެ ކަންބޮޑުވުން އެ ދެ ބޭފުޅުންނަށް ނޫސްވެރިން އޮއްސާލި ނޫންތޯ އެވެ؟ އެ ދެ ބޭފުޅުން އޮފީހަށް ވަޑައިގެން އެކަމުގެ ވާހަކަތައް މަނިކުފާނަށް ނުދަންނަވާ ހެއްޔެވެ؟ ގައިމު، ތިޔަ ޤާނޫނުގައި ލިޔެފައި އޮތް އެއްޗެއް ނޫސްވެރިން ކިޔައި، އެކަމުގެ ކަންބޮޑުވުން އެ ދެ ބޭފުޅުންނާ ހިއްސާ ކުރެއްވި އެވެ. އެ ދެ ވެރިން ދޯކާ ދިނީ ތޯއްޗެކެވެ.

ރައީސް އެވެ. މިކަންކަން އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް ހެއްޔެވެ؟ ލައިވް ޓީވީގައި، މުޅި ޤައުމުގެ އެންމެ ކުރިމަތީގައި މަނިކުފާނު ސިއްރު ކުރަން ތިޔަ އުޅުއްވަނީ ކޮން ކަމެއް ހެއްޔެވެ؟ މި ދައްކަނީ އިއްޔެ މެންދުރު، މި ޤައުމުގެ އެންމެން ކުރިމަތީ ހިނގި ކަންތައްތަކެއްގެ ވާހަކަ އެވެ. އެކަންކަން އޮޅުވާލުމަށް މަނިކުފާނު މަސައްކަތް ކުރެއްވި ނަމަވެސް، އެކަންކަން އޮޅުވައެއް ނުލެވޭނެ އެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމީޑިއާ ކޮންޓްރޯލް ބިލު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު