Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

ދިވެހި މިސާލު ބަހެއްގައި އޮވެ އެވެ. ދޭ މީހާ ދިނަސް، ކާ މީހާ ކާން ވާނީ ބަލައިގެންނެވެ. ތެދެކެވެ. ރައީސް މުޢިއްޒުގެ ޚަރަދުތައް ކުރުމާާއި، ރައީސްގެ ކަންކަމަށް ރައްޔިތުން ކިތަންމެ ޓެކްސް ފައިސާ އެއް ދެއްކި ނަމަވެސް، ރައީސް ވެސް ތަން ކޮޅެއް ބަލާލައިގެން ކާ ނަމަތާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2025 | އަންގާރަ 10:50
ރައީސް މުޢިއްޒު މީގެ ކުރިން ޤައުމަކަށް ވަޑައިގަންނަވަން ފުރައި ވަޑައިގަންނަވަނީ

ރައީސް މުޢިއްޒު މީގެ ކުރިން ޤައުމަކަށް ވަޑައިގަންނަވަން ފުރައި ވަޑައިގަންނަވަނީ

ސޯޝަލް މީޑިއާގައި ބަޔަކު ލިޔެފައި އޮތެވެ. އަނެއްކާ ވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ އެވެ. އެ ވާހަކަ ލިޔެފައި އޮތް ދުވަހުގެ ރޭ، ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ފުރައި ވަޑައިގެންފި އެވެ. އަޅުގަނޑު ހިތަށް އެރި އެވެ.

ބަޔަކު ރުހުނަސް ނުރުހުނަސް، ރުޅިއަޔަސް ލޯބި ވިޔަސް، ރައީސް މުޢިއްޒު އަކީ ނިކަން ދަތުރު ކުރައްވަން ފޯރި ހުންނަވާ ރައީސް އެކެވެ. އެހެން ނުބުނާންވީ ސަބަބެއް ވެސް ނެތެވެ. ވެރިކަމަށް ދެ އަހަރުވީއިރު، ފަސް ފަހަރު އެ ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. ދެން ހުރި ދަތުރު ތަކުގެ ވާހަކަ އަދި ނުދައްކަމާ ހެއްޔެވެ؟

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މިފަހަރު ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެ ދަތުރުފުޅުގައި އޮތް ކޮންފަރެންސެއްގައި ރައީސް މުޢިއްޒު ބައިވެރިވެ ވަޑައިގެންފި އެވެ. އެކަމަކު، ހަގީގީ ސުވާލަކީ މި ދަތުރުފުޅު ތަކުން ޤައުމަށް ވަނީ ކޮން ފައިދާ އެއް ހެއްޔެވެ؟

އެހެން ޤައުމު ތަކުގެ ރައީސުން ވެސް އަވަށްޓެރި ޤައުމު ތަކަށް ވަޑައިގެން އުޅުއްވަ އެވެ. މާދުރަށް ދާނެ ކަމެއް ނެތެވެ. އަވަށްޓެރި ސްރީ ލަންކާ އަކީ އޭގެ މިސާލަކަށް ފުދޭނެ އެވެ. ސްރީ ލަންކާގެ ރައީސް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ޤައުމުން ބޭރަށް ވަޑައިގެންނެވީ މަދު ފަހަރަކު އެވެ. ކޮންމެ ޤައުމަކަށް ވަޑައިގެންނެވި ނަމަވެސް، އެ ޤައުމަކުން ލަންކާ އަށް އެތައް އިންވެސްޓްމަންޓެއް ގެންނަވަ އެވެ. ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯއްދަވަ އެވެ.

އެކަމަކު، ރާއްޖޭގެ ރައީސް ޤައުމު ތަކަށް ވަޑައިގެންފައި ވަނީ، އެނބުރި ރާއްޖެ ވަޑައިގަންނަވަނީ ހުސް އަތާ އެވެ. އެންމެ ޑޮލަރެއް ވެސް ޤައުމަށް ހޯދިފައި ނެތެވެ. ބޭރުގެ އެހީ އާއި، ހިލޭ އެހީގެ ގޮތުގައި އަދަދު ތަކެއް ހޯދުމަށް ސަރުކާރުން އަމާޒު ކަނޑައެޅި ނަމަވެސް، ރައީސް މުޢިއްޒު ކުރައްވާ ދަތުރުފުޅު ތަކުން ޤައުމަށް ވީ ފައިދާއެއް ފެންނާކަށް ނެތެވެ.

އަނެއްކާ ވެސް ފުރަ ފުރައިގެން ދާންވީ އެވެ. ވެރި ކަމުގެ ދެ އަހަރުގެ ތެރޭގައި އެންމެ ޤައުމަކަށް ފަސް ފަހަރު ވަޑައިގެންނެވީމާ، ދެން ދަންނަވާނީ ކީކޭ ހެއްޔެވެ؟ ރައްޔިތުންގެ ޓެކްސް ފައިސާ ތަޅާ ބުރުވާއިރު، ހިތަށް ހަމަ އެއްޗެއް ނާރަނީ ހެއްޔެވެ؟ ރަސްމީ ވިޔަސް، ނުރަސްމީ ވިޔަސް ރައީސްގެ ޚަރަދުތައް ބަލަހައްޓަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިންނެވެ.

ޤައުމު ތަކަށް ވެސް ވަޑައިގަންނަވަންވީ އެވެ. އެއް ދަތުރުފުޅު ނިންމަވާފައި އެނބުރި ރާއްޖެ ވަޑައިގެން، ހަމަ ވެސް ނުޖެހެނީސް އަނެއްކާ ވެސް ފުރައި ވަޑައިގަންނަވަންވީ އެވެ. އެކަމަކު، މައްސަލަ އަކީ އެ ދަތުރު ތަކުން ޤައުމަށް ފައިދާ ނުވެ، ރައީސް އެނބުރި ހުސް އަތާ ވަޑައިގަންނަވާތީ އެވެ. ފޮރިން މިނިސްޓަރު ޑޮކްޓަރު ޚަލީލްމެން ކަހަލަ ބޭފުޅުން އަރިހުގައި ލައްވައިގެން، ރައީސް އަށް ހީފުޅު ވަނީ ދުނިޔެ ވަށައި ބުރު ޖަހަން ޓިކެޓެއް ލިބިވަޑައިގެން އުޅުއްވާ ހެންނެވެ.

އިނގިރޭސިވިލާތަށް ރައީސް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ރަށު ތެރޭގައި މީހުން ކިޔަ އެވެ. އެ ވަޑައިގެންނެވީ އެ ޤައުމުގައި ކިޔަވާ ވިދާޅުވާން ހުންނެވި ދަރިފުޅު ގާތަށެވެ. ނުދާށެކޭ ވެސް ނުބުނަމެވެ. ދާންވީ އެވެ. ދަރިފުޅު ގާތަށް ވެސް ދާންވީ އެވެ. އެކަމަކު، ރައްޔިތުންގެ ޓެކްސް ފައިސާ އިން ޚަރަދު ކުރައްވާއިރު، ކޮންމެ ވެސް މިންވަރަކަށް ބަލާލަން ވާނެއޭ ހަމަ ހިތަށް އަރަ އެވެ.

ދިވެހި މިސާލު ބަހެއްގައި އޮވެ އެވެ. ދޭ މީހާ ދިނަސް، ކާ މީހާ ކާން ވާނީ ބަލައިގެންނެވެ. ތެދެކެވެ. ރައީސް މުޢިއްޒުގެ ޚަރަދުތައް ކުރުމާާއި، ރައީސްގެ ކަންކަމަށް ރައްޔިތުން ކިތަންމެ ޓެކްސް ފައިސާއެއް ދެއްކި ނަމަވެސް، ރައީސް ވެސް ތަން ކޮޅެއް ބަލާލައިގެން ކާ ނަމަތާ އެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު