Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ޙާލަތު ބަދަލުވާނީ އެންމެން ވެސް އުޅެގެން!

އިދިކޮޅު ޕާޓީ އިން ނިކުންނަން ނިންމައި، އެއްވާ ދުވަހު ރައްޔިތުންގެ ޙައްޤު ހޯދަން ރައްޔިތުން ނިކުންނަން ޖެހޭނެ އެވެ. ޙައްޤު ހޯދޭނީ، އެ ޙައްޤު ހޯދުމަށް ތިމާ މީހާ ވެސް ނިކުމެގެންނެވެ. ޙައްޤުތައް ގެއްލެމުންދާއިރު، ތިމާ ގޭގައި ތިއްތިކޮށް އިންނަވާފައި، އެހެން މީހުން ނިކުންނަން ގޮވާނެ ކަމެއް ވެސް ނެތެވެ. ތިމާގެ ޒިންމާ ތިމާ އަދާ ކުރަން ޖެހޭނެ އެވެ. ތިމާ ވެސް ނިކުމެ، ޙައްޤުތައް ހޯދަން ވަކާލާތު ކުރާށެވެ. އެއަށް ފަހު، ދެން ތިބި މީހުން ނިކުންނަނަށް ގޮވާށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 10:35
އޮކްޓޫބަރު 3 އަށް ތައްޔާރު ވުމުގެ ގޮތުން އެމްޑީޕީން ބޭއްވި ސައިކަލު ބުރު

އޮކްޓޫބަރު 3 އަށް ތައްޔާރު ވުމުގެ ގޮތުން އެމްޑީޕީން ބޭއްވި ސައިކަލު ބުރު

އެންމެން ވެސް ދައްކަމުން އަންނަ އެއް ވާހަކަ އެއް އެބަ އޮތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، ޤައުމު ހަލާކުގެ މަގަށް ގެންގޮސް، އަދި ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން އަންނަ ވާހަކަ އެވެ. މި ވާހަކަ ނުދައްކާ މީހަކު މަދު ވާނެ އެވެ. އެެއްކޮޅެއް، އިދިކޮޅެއް ކިޔާނެ ކަމެއް ނެތެވެ.

މިއަދު ރައްޔިތުން ދައްކަމުން އަންނަނީ ކަރަންޓު ބިލާއި ފެން ބިލު ބޮޑު ވާހަކަ އެވެ. އާންމު ދިރިއުޅުގެ އަގުތައް ބޮޑުވެ، ޟަރޫރީ ގޮތުން ބޭނުން ކުރަމުން އަންނަ ތަކެތި ވެސް އަގު ބޮޑުވެފައިވާ ވާހަކަ އެވެ. އާފަލާއި، އޮރެންޖުގެ އަގު އިންތިހާ އަށް ބޮޑުވެފައިވާ ކަމަށެވެ. ނުވިތާކަށް، ރައްޔިތުންނަށް ބޭނުންވާ ބޭހާއި، އާސަަންދަ ވެސް ކަފުންކޮށް ވަޅުލާފައިވާ ވާހަކަ އެވެ.

ވިޔަފާރިވެރިންނާއި، އާންމުން ވެސް ދައްކަނީ ޑޮލަރުގެ އަގު ބޮޑު ވާހަކަ އެވެ. މިއިން ޒަމާނެއްގައި ޑޮލަރުގެ އަގު މައްޗަށް ނުދާ މިންވަރަށް އެ ހުރީ މަތީގަ އެވެ. މިއަދު ރާއްޖޭގައި ޑޮލަރެއްގެ އަގު އުޅެނީ ވިހި ރުފިޔާ އިން މަތީގަ އެވެ. މި ޤައުމުން މިހާރު ހެޔޮ އަގުގައި ޑޮލަރެއް ހޯދުމަކީ، ކަނޑު މަތިން މާވަހަރެއް ހޮވުން ކަހަލަ ކަމަކަށް ވެއްޖެ އެވެ. އެހާ ވެސް ޤައުމުގެ ޙާލަތު ދަށްވެއްޖެ އެވެ.

އެވަރުން އަދި ނިމުނީއެއް ނޫނެވެ. ރައްޔިތުންގެ ޙައްޤުތައް އިންތިހާ އަށް ހަނިކޮށް، މި ރާއްޖެ ހުދުމުޚުތާރު ވެރިކަމަކަށް ބަދަލު ކުރަން ވެސް މަސައްކަތް ކުރަނީ އެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމު އޮޅާލީ ކިހިނެއް ހެއްޔެވެ؟ ޤާނޫނު ހަދާ ބާރާއި، އަދުލު އިންސާފުގެ ބާރަށް، ވެރި މީހާގެ ބާރާއި، ނުފޫޒު އަދި އަމުރު މައުރޫފު އޮތް ގޮތް ނޭނގޭ މީހަކު އުޑު ބަޅު ކުރެއްވި ހިސާބުގައި އެބަ ހުރި ހެއްޔެވެ؟

އަނެއްކޮޅުން، ސަރުކާރުން ކުރަމުން އަންނަ ވައްކަންތަކާއި، ހިންގަމުން އަންނަ ކޮރަޕްޝަނާއި، ޖަރީމާ ތަކުގެ ވާހަކަ ދައްކަން ތިބި ނޫސްވެރިންނަށް ވެސް އަހުވަ ދައްކަން ފަށައިފި އެވެ. މިނިވަން ނޫސްވެރިކަމާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން މަރާލައިފި އެވެ. ސަރުކާރާއި، ރައީސް މުޢިއްޒު ހިތްޕުޅާ ނުވާ ގޮތަށް ޚަބަރު ގެނެސްދޭ މީޑިއާ ތަކާއި، ޓީވީ ސްޓޭޝަންތައް "އުލު ބައިންދަން" ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށް، ތަސްްދީޤު ވެސް ކޮށްފި އެވެ.

މިހެން ދެން ކިޔާނެ ކަމެއް ނެތެވެ. ކުރަން ހުރި ހުރިހާ ކަމެއް މިވެރިން އެ ގެންދަނީ ކުރަމުންނެވެ. ރައްޔިތުންގެ ކަންބޮޑުވުން މި ކަންކަމުގައި އިންތިހާ އަށް އެބަ އޮތެވެ. އެއާއެކު ރައްޔިތުން ދައްކަނީ، ގެއްލުވާލަމުންދާ ޙައްޤުތަކާއި، ފުނޑު ފުނޑުވަމުން އަންނަ ޑިމޮކްރަސީގެ ޙައްޤުގައި އިދިކޮޅު ޕާޓީ އިން ނިކުންނަން ޖެހޭ ވާހަކަ އެވެ. އެ ޕާޓީގެ މާ ބޮޑު ކަމެއް ނެތް ކަމަށް ވެސް ބުނެ އެވެ.

އެކަން އެހެން އޮއްވައި، ރައްޔިތުންގެ ޙައްޤު ހޯދަން ނިކުމެ، ސަރުކާރަށް އަޑު އިއްވަން އިދިކޮޅު ޕާޓީ އިން ނިންމައިފި އެވެ. އެކަން އިއުލާން ކޮށްފި އެވެ. މި ހުކުރު ދުވަހު، ފުރަ މާލޭގެ މަގުތަކަށް ނިކުންނަން ނިންމައި، އެކަމަށް ދަނީ ތައްޔާރު ވަމުންނެވެ. އިދިކޮޅު ޕާޓީގެ ޙަރަކާތް ފެންނަމުން ދަނީ ފޯރި އާއި، ޖޯޝުގަ އެވެ. އެއާއެކު، ސަރުކާރަށް ވެސް އެނގުން ވެއްޖެ އެވެ.

ދެން އޮތީ ރައްޔިތުންގެ ޒިންމާ އެވެ. އިދިކޮޅު ޕާޓީ އިން ނިކުންނަން ނިންމައި، އެއްވާ ދުވަހު ރައްޔިތުންގެ ޙައްޤު ހޯދަން ރައްޔިތުން ނިކުންނަން ޖެހޭނެ އެވެ. ޙައްޤު ހޯދޭނީ، އެ ޙައްޤު ހޯދުމަށް ތިމާ މީހާ ވެސް ނިކުމެގެންނެވެ. ޙައްޤުތައް ގެއްލެމުންދާއިރު، ތިމާ ގޭގައި ތިއްތިކޮށް އިންނަވާފައި، އެހެން މީހުން ނިކުންނަން ގޮވާނެ ކަމެއް ވެސް ނެތެވެ. ތިމާގެ ޒިންމާ ތިމާ އަދާ ކުރަން ޖެހޭނެ އެވެ. ތިމާ ވެސް ނިކުމެ، ޙައްޤުތައް ހޯދަން ވަކާލާތު ކުރާށެވެ. އެއަށް ފަހު، ދެން ތިބި މީހުން ނިކުންނަނަށް ގޮވާށެވެ.

ޙައްޤުތައް ހޯދޭނީ ތިމާ ވެސް ނިކުމެގެންނެެވެ. ޙާލަތު ބަދަލު ކުރަން އެންމެން ވެސް ބޭނުންވެ އެވެ. އެކަމަށް ގޮވާލަމުން ވެސް ގެންދެ އެވެ. އެއާއެކު، ޙާލަތު ބަދަލު ކުރުމަށް މަސައްކަތެއް ވެސް ކުރަން ޖެހޭނެ އެވެ. އެކަމަށް ގަދަ އަޅައި މަސައްކަތް ކުރުމުން، ތިމާމެން ބަދަލު ކުރަން ބޭނުންވާ ޙާލަތު ވެސް ބަދަލު ވާނެ އެވެ. މިއީ އެންމެންގެ ވެސް ޒިންމާއެއްގެ ގޮތުގައި ދެކެން ޖެހެ އެވެ. ހަމައެކަނި އިދިކޮޅު ޕާޓީ ނިކުމެގެން ޙާލަތު ބަދަލެއް ނުވާނެ އެވެ. އެކަމަށް ވެސް ބޭނުން ވަނީ ރައްޔިތުންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުލޫޓުވައިފި, ލޫޓުވައިފި އެއްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު