Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

އަނެއްކާ މިނިވަންކަން ނަގާލުމަށް މި ޒަމާނުގައި ހަތިޔާރު ބޭނުން ނުވާ ކަމަށް ވިދާޅުވުމަށް ފަހު، އަސްކަރީ ކަންކަމަށް މިހާ ބޮޑު ހޭދައެއް ކުރެއްވުމަކީ، ހަމަ ޖެހޭ ކަމެއް ނޫނެވެ. ވިސްނާ ވިސްނައި ވެސް، ރައީސް މުޢިއްޒު ދައްކަވާ ވާހަކަ އާއި، އެމަނިކުފާނުގެ އަމަލުފުޅާ ދިމާ ކުރާނެ ގޮތެއް ނޭނގުނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2025 | އަންގާރަ 06:39
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދައްކަވާ ވާާހަކަ އާއި، އެމަނިކުފާނު އަމަލު ކުރައްވާ ގޮތް ދިމާ ނުވާކަމީ، އަލަކަށް ދައްކަން ޖެހޭ ވާހަކައެއް ނޫނެވެ. ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި، ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް، ރައީސް މުޢިއްޒު ދައްކަވާ އެއްވެސް ވާހަކަ އަކާއި، އެމަނިކުފާނުގެ އަމަލާ ދިމަލެއް ނުވެ އެވެ. ވާނެ ގޮތެއް ވެސް ނެތީއޭ ހިތަށް އަރަ އެވެ.

މިފަހަރު ދައްކާލަން މި އުޅެނީ ވެސް އޭގެ ތެރެއިން ވާހަކަ އެކެވެ. ހޯމަ ދުވަހު އޮތް ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަ އަކީ ވެސް ހަމަ އެ ޒާތުގެ ވާހަކަ އެކެވެ. އެ ޖަލްސާގައި ރައީސް މުޢިއްޒު އެ ދެއްކެވި ވާހަކަ އާއި، އެމަނިކުފާނު އަމަލު ކުރައްވަމުން އަންނަ ގޮތާ ދިމަލެއް ނުވެ އެވެ. ހައިރާންވާންވީ ކަމެއް، ނުވަތަ މަޖާވާންވީ ކަމެއް ނޭނގުނެވެ.

އެގޮތުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، މީގެ ކުރިން މިނިވަންކަން ނަގާލުމަށް، ނުވަތަ ޤައުމުތައް އަޅުވެތި ކުރުމަށް އަންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލާން ކަމަށެވެ. ނަމަވެސް، މިއަދު އެކަން ކުރަނީ އެގޮތަށް ނޫން ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ. އެއަށްފަހު ވިދާޅުވީ، މިއަދުގެ މި ޓެކްނޮލޮޖީގެ ޒަމާނުގައި، އަޅުގަނޑުމެން ޣާފިލުވެ ތިބެއްޖެ ނަމަ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

ރައީސްގެ ވާހަކައިގެ މި ތަން ކޮޅު އަޑު އިވިފައި އަޅުގަނޑު ހިތަށް އެރި އެވެ. ޙަގީގަތުގައި ރައީސް ވިދާޅުވާން މި އުޅުއްވަނީ ކޮން ވާހަކަ އެއް ހެއްޔެވެ؟ އެހެން ހިތަށް އަރަން ޖެހުނީ ސަބަބެއް ވެސް ނެތިއެއް ނޫނެވެ. އެއީ އެހެން ވިދާޅުވި ރައީސް މުޢިއްޒުގެ އަމަލުތައް ހުންނެވި ގޮތުންނެވެ.

މި ޒަމާނުގައި މިނިވަންކަން ނަގާލުމަށް ހަތިޔާރު ބޭނުން ނުވާ ކަމަށް ރައީސް މުޢިއްޒު އެ ވިދާޅުވީއިރު، ހަމަ އެ ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ އަސްކަރީ ކަންކަމަށް ގިނަ ޚަރަދު ތަކެއް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ، އަސްކަރީ ކަންކަމަށް 2.8 ބިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް ހިމަނައިފަ އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒުގެ ސަރުކާރުން ގަނެފައިވާ ޑްރޯން ތަކާއި، ޓޭންކަރުތައް ދުއްވުމަށް ވެސް ދައުލަތުން ބޮޑު ޚަރަދެއް ކުރަން ޖެހެ އެވެ. ތުރުކީގެ ކުންފުންޏަކާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ޑްރޯން ގެނައުމަށް އެންމެ ފުރަތަމަ ފަހަރު ވެސް ވަނީ 37 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފަ އެވެ. އަނެއްކޮޅުން، ތުރުކީ އިން ހަދިޔާ ކޮށްފައިވާ އަސްކަރީ މަނަވަރު ދުއްވުމަށް ވެސް، ދައުލަތުން އިންތިހާ އަށް ޚަރަދު ކުރަމުން ދަނީ އެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އަސްކަރީ ކަންކަމަށް ކުރަމުން އަންނަ ޚަރަދުތައް އެތައް ގުނަޔަކުން އިތުރު ކުރަމުންނެވެ. ފާއިތުވި ހަ އަހަރު ދުވަހަށް ބަލާއިރު ވެސް، އަސްކަރީ ކަންކަމަށް އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހިމަނާފައި ވަނީ ވެސް އަންނަ އަހަރު އެވެ. މިކަން ކުރަން ޖެހޭ ސަބަބެއް ނުވިސްނެނީ އެވެ. ޤައުމަށް ބިރުވެރި ކަމެއް އޮތް ނަމަ، އެކަން ވެސް ސާފުކޮށް ބުނެލަ ދިނުމަށް ރަނގަޅު ނޫން ހެއްޔެވެ؟

އަނެއްކާ މިނިވަންކަން ނަގާލުމަށް މި ޒަމާނުގައި ހަތިޔާރު ބޭނުން ނުވާ ކަމަށް ވިދާޅުވުމަށް ފަހު، އަސްކަރީ ކަންކަމަށް މިހާ ބޮޑު ހޭދައެއް ކުރެއްވުމަކީ، ހަމަ ޖެހޭ ކަމެއް ނޫނެވެ. ވިސްނާ ވިސްނައި ވެސް، ރައީސް މުޢިއްޒު ދައްކަވާ ވާހަކަ އާއި، އެމަނިކުފާނުގެ އަމަލުފުޅާ ދިމާ ކުރާނެ ގޮތެއް ނޭނގުނެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު