Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސްގެ ދަތުރުފުޅަށް ބޭނުންވާ ސަތޭކަ ސައިކަލާއި، ފަންސާސް ކޮޓަރި!

ށ.އަތޮޅު ގޮއިދޫ އަށް ރައީސް މުޢިއްޒު ވަޑައިގަންނަވާތީ ސަތޭކަ ސައިކަލު ހޯދަން އެންގެވި އެވެ. ހޯމަ ދުވަހުގެ ރޭ އެ އަތޮޅު ބިލެތްފަހީގައި ނިދާތީ، އެ ރަށުން ފަންސާސް ކޮޓަރި ކުއްޔަށް ހިފަން ހޯދަން އެންގެވި ކަމަށްވެ އެވެ. ނަމަވެސް ބިލެތްފަހިން ފަންސާސް ކޮޓަރި ނުލިބުމުގެ ސަބަބުން، ގޮއިދޫން އިން ވެސް ދިހަ ކޮޓަރި ހޯއްދެވި ކަމަށްވެ އެވެ. މިއީ ރަށު ތެރޭގައި ދެކެވެމުން އަންނަ ވާހަކަ އެކެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 08:55
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު ގެންދަވަނީ އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުފުޅުތައް ކުރައްވަމުންނެވެ. ކޮންމެ ހަފުތާ އަކު ކަހަލަ ގޮތަކަށް، ރައީސް މުޢިއްޒު ގެންދަވަނީ ރަށް ތަކަށް ވަޑައިގަންނަވަމުންނެވެ. ހަތަރު ދުވަހުން ތިރީހަށް ވުރެ ގިނަ ރަށަށް ވަޑައިިގެންނެވި ވާހަކަ ވެސް، ސަރުކާރުގެ ކުދިން ކޮޅު ނިކަން ފޮނިވެފައި ދައްކާތީ ދުށީމެވެ.

އަބަދު ވެސް ދެކެވޭ ވާހަކަ އެއް އޮވެ އެވެ. ރައީސް މުޢިއްޒު އަތޮޅު ތެރޭގެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް، ނުވަތަ ރާއްޖެ އިން ބޭރު ޤައުމަކަށް ވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވާ ޓީމު ބޮޑު ވާހަކަ އެވެ. މީގެ ކުރިން އެއްވެސް ރައީސެއްގެ އަރިހުގައި ބޭފުޅުން ދަތުރު ތަކުގައި ބައިވެރި ނުވާ މިންވަރަށް، ރައީސް މުޢިއްޒުގެ ދަތުރު ތަކުގައި ސަރުކާރުގެ ބޭފުޅުން އަދި ރައީސްގެ އަރިސް ބޭފުޅުން ދަނީ ބައިވެރި ވަމުންނެވެ.

ވަޒީރުންނާއި ކުންފުނި ތަކުގެ މެނޭޖިން ޑިރެކްޓަރުން އަދި އިސްވެރިންނެވެ. މުއައްސަސާ ތަކުގެ އިސްވެރިންނާއި، މަސައްކަތް ހަވާލު ކުރާ ކުންފުނި ތަކުގެ ބޭފުޅުންނެވެ. ސަރުކާރުގެ ސިޔާސީ މަޤާމު ތަކަށް ސީދާ ރައީސް މުޢިއްޒު އައްޔަން ކުރައްވައިގެން ގެންގުޅުއްވާ ސޯޝަލް މީޑިއާ ކުދިން ކޮޅު ވެސް ހިމަނާލަން ޖެހޭނެ އެވެ. ދެން ވެސް ރައީސްގެ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން ހަމަ ވަޑައިގަންނަވަނީ އެވެ.

ރައީސް މުޢިއްޒުއާ ހަމައިން ފެށިގެން ގޮސް، ސަރުކާރުގެ އެންމެ ދަށް މަގާމުގައި ހުންނެވި މީހާ އަކީ ވެސް، މީގެ ކުރިން މި ވާހަކަަތައް ދެއްކެވި ބޭފުޅުންނެވެ. ދައުލަތުގެ މާލިއްޔަތުން، ނުވަތަ ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޭކާރު ޚަދަރު ކުރާ ވާހަކަ އެވެ. ތިމަންނާމެންގެ ސަރުކާރެއްގައި އެކަން ނުކުރާނެ ކަމަށް ވިދާޅުވި ބޭފުޅުން މިއަދު އެ ތިއްބެވީ ވަޒީރުންގެ މަޖިލީހުގަ އެވެ. ރައްޔިތުންގެ މަޖިލީހުގަ އެވެ. އެކަމަކު، އާޚިރުގައި ކަންތައް މި ހިނގަނީ ކިހިނެއް ހެއްޔެވެ؟

މިހާރު ރައީސް މުޢިއްޒު ވަޑައިގެން އުޅުއްވަނީ ށ އަތޮޅުގެ ރަށްތަކަށެވެ. އެ އަތޮޅުގެ ރަށްތަކަށް ރައީސް ވަޑައިގަންނަވަން ފެއްޓެވީ ހޯމަ ދުވަހު އެވެ. މިއީ އެ އަތޮޅުގެ ރަށްތަކަށް ތަރައްޤީ އާއި ތަމައްދުންގެ ޢީދު އައިސްގެން އުޅޭ ދުވަސް ކޮޅަކަށް ވާނެ އެވެ. އެހެންޏާ މިހާރު ތަރައްޤީ އާއި، މަޝްރޫއުތަކާއި، ދެން ވެސް ހުރި ކަންކަން އަތޮޅު ތެރޭގެ ރައްޔިތުންނަށް ލިބެން އޮތީ އޭގެއިން ރަށަކަށް ރައީސް މުޢިއްޒު ވަޑައިގެންނެވުމުންނެވެ. އެކަންކަމަކީ، ރައީސް މުޢިއްޒުގެ ފަހަތްޕުޅުން ވަޑައިގަންނަވާ ކަންކަމަށް މިހާރު ވެއްޖެ އެވެ.

ށ.އަތޮޅުގެ ރަށަކަށް ރައީސް މުޢިއްޒު ވަޑައިގަންނަވާތީ ސަތޭކަ ސައިކަލު ހޯދަން އެންގެވި އެވެ. ހޯމަ ދުވަހުގެ ރޭ އެ އަތޮޅު ރަށެއްގައި ނިދާތީ، އެ ރަށުން ފަންސާސް ކޮޓަރި ކުއްޔަށް ހިފަން ހޯދަން އެންގެވި ކަމަށްވެ އެވެ. ނަމަވެސް އެ ރަށުން ފަންސާސް ކޮޓަރި ނުލިބުމުގެ ސަބަބުން، ކައިރީ އޮތް އެހެން ރަށަކުން ވެސް ދިހަ ކޮޓަރި ހޯއްދެވި ކަމަށްވެ އެވެ. މިއީ ރަށު ތެރޭގައި ދެކެވެމުން އަންނަ ވާހަކަ އެކެވެ.

ސަތޭކަ ސައިކަލާއި، ފަންސާސް ކޮޓަރި ހޯދަނީ ދަތުރުފުޅުގައި ވަޑައިގަންނަވާ ބޭފުޅުންނަށެވެ. މި ދަތުރު ތަކުން ރައްޔިތުންނަށް ލިބޭ އެއްޗެއް ނެތެވެ. ދެތިން މަޝްރޫއެއްގެ ކަރުދާހުގައި ސޮއި ކޮށްލުން ފިޔަވާ އެހެން އެއްވެސް ކަމެއް ނޯވެ އެވެ. އެ ވާހަކަ ވެސް ދެކެވެނީ ރައީސް މުޢިއްޒު އެ ރަށަކުން ފުރާވަޑައިގަންނަވަން ދެނެވެ. އެހިސާބުން އެ ވާހަކަ ވެސް ނިމެނީ އެވެ.

މި މަޝްރޫއު ތަކުގައި ސޮއި ކުރުމަކީ މީގެ ކުރިން މާާލޭގައި ކުރާ ކަމެކެވެ. މާލޭގައި ހުންނަ ވުޒާރާއެއްގައި އޮންނަ ރަސްމިއްޔާތެއްގައި ސޮއި ކުރުމަށް ފަހު، ދެން ފަށަނީ އަމަލީ މަސައްކަތެވެ. އެހެން ނަމަވެސް، ސަތޭކަ ސައިކަލާ ފަންސާސް ކޮޓަރި ހޯދައިގެން، ކޮޅު ނެތް ކޮޅަށް ޓީމު ހައްދަވައިގެން މިހާރު ރަށް ރަށަށް ރައީސް މުޢިއްޒު އެ ވަޑައިގަންނަވަނީ ހަމައެކަނި މަޝްރޫއުގެ ސޮއި ކޮށްލުމަށެވެ. ހޭންވީ ކަމެއް، ނުވަތަ ރޯންވީ ކަމެއް ނޭނގެ އެވެ.

މި ހުރިހާާ ޚަރަދެއް ކުރަނީ ރައްޔިތުންގެ ފައިސާ އިންނެވެ. ރައްޔިތުންގެ ފައިސާ ތަޅާ ބުރުވައި، ވިއްސިވިހާލި ކޮށްގެން ދަތުރުފުޅުތައް ކުރެއްވިޔަސް، އޭގެއިން ރައްޔިތަަކަށް ލިބޭ އެއްޗެއް ނޯވެ އެވެ. ރަށް ރަށުގައި މަޝްރޫއުތައް ހިންގަން މަސައްކަތް ކުރަން ގެންގޮސްފައި ހުންނަ ސާމާނު ވެސް، އެ ރަށުން އަނެއް ރަށުން ގެންދަނީ އެވެ. ރައީސްގެ ފަހަތްޕުޅުންނެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު