Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒު "ހަމައިން ނެއްޓިފަ". ހުރިހާ ލަގާއެއް ފުލުހުންނަށް

ހިނގައިގެން އުޅޭ އަންހެނަކު ވެއްޓުމުގެ ހާދިސާގައި ފްރޮންޓަށް ނެރެފައިތިބީ ފުލުހުންނެވެ. ތަހުގީގީ އިދާރާއަށް ވީތީއެވެ. ސިޔާސީ ނުފޫޒާހުރެ ހަފުސްވަމުންދަނީ އެކަމުގައިވެސް އެވެރިންނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 27 އެޕްރީލު 2025 | އާދީއްތަ 10:55
ޔުމްނު ވެއްޓުނު ހާދިސާ: އިންސާފަށް ގޮވާލާ މިރޭވެސް ޒުވާނުން މުޒާހަރާ ކޮށްފި

ޔުމްނު ވެއްޓުނު ހާދިސާ: އިންސާފަށް ގޮވާލާ މިރޭވެސް ޒުވާނުން މުޒާހަރާ ކޮށްފި

މަނީ މަނީ ޔެސް ސަރ!. ލާރި ލާރި ޔެސް ސަރ! އަހަރެން މިހެން މިކީކީ ހަމައެއްވެސް ވަރަކަށް މިހެން ކިޔާން ބޭނުންވެގެނެއް ނޫނެވެ. ދިވެހި ފުލުހުންނާ ދިމާލަށް މިހެން ބުނަން އެއްވެސް އިރަކު ހިތަކުވެސް ނެތެވެ. ބަޔަކު މީހުން މިހެން ގޮވާތީ އެހާމެ ދެރަވެސް ވެއެވެ.

އެކަމަކު މިއީ މިއަދު ވަރަށް ގިނައިން އިވޭ އަޑެކެވެ. ޚާއްޞަކޮށް މިހާރު ކޮންމެ ރެއަކު ޒުވާނުން ކުރިއަށްގެންދާ ޝުއޫރުފާޅުކުރުމުގެ ތެރޭގައެވެ. ޒުވާން އަންހެން ކުއްޖަކު ވެއްޓުމުގެ ތަހުގީގާމެދު ހިތްހަމަނުޖެހިގެން އެއްވެ އިހުތިޖާޖް ކުރާ މީހުން އެންމެ ބާރަށް ކިޔަމުންދާ އެއް ގޮވެލިފަތީގެ ގޮތުގައެވެ.

ވަރަށް ރަނގަޅަށް މިކަމާމެދު ވިސްނާލަން ޖެހެއެވެ. މިވެރިން މިހެން ގޮވާން ފެށީކީ ހަމަ ހުރެފައެއް ނޫނެވެ. އެހިނގި ހާދިސާއަށްފަހު ކަންވެގެންދިޔަ ގޮތުންނެވެ. ނިކަން ސާފުކޮށް މުޅި މަންޒަރަށް ނަޒަރު ހިންގާލަން ޖެހެއެވެ.

އެމަންޖެ ވައްޓާލީކީ ފުލުހުންނެއް ނޫނެވެ. އެބުނާ ވަޒީރެއްގެ ގޭގެ ޓެރަހުގައި މަސްތުވެ ޕާޓީކޮށް ހެދީވެސް ޔުނީފޯމް އަޅައިގެން ފުލުހުންނެއް ނޫނެވެ. ފުލުހުންގެ މަސައްކަތަކަށްވީ އެހިނގިކަމެއް ބެލުމެވެ. ކަން ހިނގާދިޔަ ގޮތުގެ ރަނގަޅު ތަހުގީގެއް ކުރުމެވެ.

އަނެއްކާވެސް އަހަރެން ތަކުރާރުކުރާ އެއްވާހަކައެއް ކިތައްމެ ގިނަވިއަސް ފަށްފަށް ކޮށްލާނަމެވެ. ދިވެހި ފުލުހުންގެ ތެރޭގައި ނުހަނު މޮޅު އެހާމެ ޕްރޮފެޝަނަލް އަދި ގާބިލް މީހުން އެބަތިއްބެވެ. ނިކަން ހިތްވަރާއެކު އެވެރިން އެވެރިންގެ ޒިންމާތައް އަދާކުރުމުގައި ޝާމީލްވެ ތިބެއެވެ. ކޮންމެ ބައެއްގެ ތެރޭގައިވެސް ރަނގަޅުނޫން މީހުން އުޅޭހެން އޭގެތެރޭގައިވެސް އެފަދަ މީހުން ނެތެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އެކަމަކު އެއީ އެންމެނެއް ނޫނެވެ.

އަނެއްކާވެސް މައިގަނޑަށް އެނބުރޭނަމެވެ. އެ ޒުވާނާ ވެއްޓުމުން ހިންގާންފެށި ތަހުގީގުގެ ބައެއް ވާހަކަތައް އާއްމުކުރުމުގައި ނުވަތަ ކަންވީގޮތް ދެނެގަތުމުގައި ދިމާވެގެން އުޅޭކަމަށް ބެލެވެނީ ސިޔާސީ ކަމެކެވެ. ވަޒީރެއްގެ ގޭގައި އެބަޔަކު އެ ގަތްގަނޑެއް ގަތުމެވެ. އެކަމުގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެކުދިންވެސް ހިމެނުމެވެ. ނަން ނުކިޔާންވީ ސަބަބެއްވެސް ނެތްތާއެވެ. ޓްރާންސްޕޯރޓް މިނިސްޓަރ އަމީންގެ ގެއެވެ. އެގޭގައި އެބުނާ ޕާޓީއެއް ކުރުމެވެ. އެހެންކަމުން އެހެން ޕްރެސްތަކާ ޚިލާފަށް އެގޭގެ ނަން ފުލުހުންނަށް ނޭނގުމެވެ. ހާމަ ނުކުރުމެވެ. ބަޔަކު މަތިން އަންގައިގެން ނަމަވެސް މިނިސްޓަރ އަމީންގެ ގޭގެނަން ފުރަތަމަވެސް ސިއްރު ކުރާން ޖެހުމެވެ.

ދެން އޮތީ އެކަމުގައި ބައިވެރިވި މީހުންނެވެ. ސީދާ ރައީސް މުއިއްޒު ސިޔާސީ މަގާމް ދެއްވައިގެން ރައީސް އޮފީހުގައި ގެންގުޅޭ ކުދިންކޮޅަކަށް އެމީހުންވުމެވެ. އެމީހުންގެ ވަނަވަރު ހާމަކޮށްފިއްޔާ އެމަނިކުފާނުގެ ސަރުކާރަށް ލޮޅުމެއް އައިސްދާނެތީ ކަންބޮޑުވުމެވެ. މުއިއްޒުގެ ކެންޕޭނުގައާއި އަދި މިހާރުވެސް ޕްރޮމޯޝަނަށް ގެންގުޅޭ ކުދިންކޮޅުގެ އެހެން ވާހަކަތަކެއް ހާމަކުރަން ފަސްޖެހުމެވެ. ދަނޑިވަޅު ބަލާފައި ރައީސް މުއިއްޒުގެ ދަރިކަނބަލުންވެސް އެމީހުންގެ ދިފާއުގައި ބަސްފުޅުވިދާޅުވުމެވެ. ކަމުގެ ހަގީގަތް ހާމަވުމުގެ ކުރިން އަވަހަށް އެއީ މައުސޫމް ޟައީފް ކުދިބަޔަކަށް ހެދުމަށް އެކަމަނާވެސް މަސައްކަތް ފަށައިގަތުމެވެ.

ކޮންމެވެސް އެއްޗެއް ފޮރުވާންވެގެން ހޭވި ހަޑި އަތަށް ގޮވީ މާބޮޑަށެވެ. މިޒަމާނަކީ އެންމެންގެ އަތުގައި މޮބައިލް ފޯނެއް އޮވެ، ބަސްބުނާހިނދުން ހަބަރާ ފޮޓޯތައް ވައިރަލްވާ ޒަމާނެކެވެ. ނޭނގުނީ އެކަމެވެ. އަދި އޭގެ ދޮގުތެދު ހޯދަން ކޮންމެ މީހަކުވެސް މަސައްކަތްކުރާނެކަން ނޭނގި ތިބެ އެވަރު ސަކަރާތެއް ސަރުކާރުން ޖަހަން އުޅުނީއެވެ. ރައްޔިތުންނަކީ މޮޔައިންކަމަށް ވިސްނި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަން އުޅުމުންނެވެ. އަލީގެ މައްޗަށް އައްޔެކެވެ. މުއިއްޒުގެ ނަމުގެ ކުރިއަށް އެގެންނަ ނަންއިތުރު، ތަކުރާރުވާގޮތްވީ އިސާހިތަކު ފުލުހުންގެ ބޮޑުން ލައްވާ ނޫސްވެރިންގެ ކުރިމަތީގައި ދައްކާން އުޅުނު ވާހަކަތައް ދެކޮޅު ނުޖެއްސުނީމައެވެ. ކިޔާން އުޅޭ ލަވައިގެ ކާފިޔާތައް ހަމަނުވީމައެވެ. ގަތްބަސް އޮޅުންބޮޅުންވެ ފިލިކޯޅިތައް ދިމާ ނުވީމައެވެ. ލަވަޔާއި ރާގުގެ ހަމަ ގެއްލުނީއެވެ.

ހެޔޮވަރުވަރަކަށް އަތައް ގޮވީމާވެސް ގޮތްދޫކުރާން ނޫޅެ ދެންވެސް އެދެއްވީ ރައްދެވެ. އެއްކަލަ ކުރީ ސަރުކާރެވެ. ކުރިން ކީއެއްޗެހީގެ ވާހަކައެވެ. މަވެފައި ކަންކުރައްވާ ކުރެއްވުން ރައީސް މުއިއްޒު އަނެއްކާވެސް ތަކުރާރުކުރެއްވީއެވެ. މާކުރީ ޒަމާނެއްގައި އިދިކޮޅު އެމްޑީޕީގެ ލީޑަރަކު ވިދާޅުވި އެއްޗެއް ވިދާޅުވެ އިތުރަށް ސިޔާސީ ކުރެއްވީއެވެ. އަނދަމުންދިޔަ އަލިފާންގަނޑަށް ހެޔޮވަރުވަރަކަށް ޕެޓްރޯލާއި ދަރު އެޅުއްވީ ސީދާ އެމަނިކުފާނެވެ. ގޮތްދޫކުރުމެއް ފަސްޖެހުމެއްނެތިއެވެ. އިދިކޮޅޭމެންގެ ބޮލަށް ކަނޑާލާށެވެ.

ނަތީޖާއެއްގެ ގޮތުން މުޒާހަރާއަށް ނުކުތް ޒުވާނުންގެ ރުޅިވެރިކަންވެސް އިތުރަށް ގަދަވީއެވެ. އެވެރިންގެ ޑީމާންޑްތައްވެސް އިތުރުވީއެވެ. ހާދިސާގެ ވާހަކަތަކާއި އިތުރު ފޮޓޯ ވީޑިއޯތައް އާއްމުވާން ފެށިއެވެ. ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރުތައް ހާމަވާން ފެށިއެވެ. ދުވަހެއް ދުވަހަކަށް މުޒާހަރާގެ ބައިވެރިންގެ އަދަދު އިތުރުވެ އަތުފަތުނޭޅި އެދަނީ ބޮޑުވަމުންނެވެ.

އެވެރިންނަށް ލޯމައްޗަށް ފެންނާން ހުރީ އަދި ތަހުގީގީ އިދާރާއަކީ ފުލުހުން ކަމުން ޒުވާނުންގެ ލޯތައް އަމާޒުވަނީ ބޮޑަށް ފުލުހުންނަށެވެ. އެވެރިންގެ ނުރުހުމާއި ފާޑުކިޔުންވެސް ގޮސް ހުއްޓެނީ ބޮޑަށް ފުލުހުންނާ ހަމައިގައެވެ. ކަންވާނީވެސް އެހެންތާއެވެ. އެވާހަކަތައް ދައްކާ ހާމަކުރުންތައް ހާމަކުރަނީ އެވެރިންނެވެ.

ކަންވީ ގޮތުންނާއި ކުރިން ކަންވެފައި އޮތްގޮތުން ވިސްނާލަން ޖެހެނީވެސް ފުލުހުންނެވެ. ކަންކުރަނީ މަތިން އަންގައިގެންނެވެ. އާޚިރުގައި ގޯސްވަނީ ފުލުހުންނެވެ. ސިޔާސީ ވެގެން ރައީސް މުއިއްޒުވެސް މިކަމުގައި ދައްކަވަނީ ދައްކަވާނެ ވާހަކައެކެވެ. ގާތުގައި ގެންގުޅޭ ސިޔާސީ މުއައްޒަފުންވެސް ހެސްކިޔާފައި ވާހަކަތައް ދައްކައި ނަގަނީއެވެ. ފިތިފައި ތިބެން ޖެހެނީ ފުލުހުންނެވެ. ވަޅު ނުތެޅޭނެޔޭ ބުނާހެން ދާންޏަކަށް ވެގެން ތެޅެން ޖެހިފައި އެވަނީ މިފަހަރުވެސް ފުލުހުންނެވެ. އެންމެ ބޮޑު ޕޮލިސް މީހާއަށް ކެތްކޮށް ނުލެވިގެން އެދިނީ އިސްތިއުފާއެވެ. ދެން ލީމީހާއަށް ވީގޮތެއް ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ. ޖަހާނެ ހިސާބެއް ޖަހާފައި ކުރާނެ މަޝްވަރާއެއް ކޮށްފައި އެލީ މީހާއަށް ހެޔޮވަރު އެއްގަޑިއިރު ފުރިހަމަނުވެއެވެ. އެނަގާ ބޭރުކޮށްލީއެވެ. ދީފާއަތުލާ ފީފާ ބުރިއެއްހެން އެކްޓިން ޕޮލިސް ކޮމިޝަނަރުކަން ދީފައި ހިނދުކޮޅެއްގެ ތެރޭގައި އެއަތުލީއެވެ. ދެންހުރިމީހާއަށް ވާނެގޮތެއް އަދި ޚިޔާލަށްވެސް ނާދެއެވެ.

ކޮންމެއަކަސް ހެޔޮނިޔަތުގައި މަސައްކަތް ކުރާންތިބި ރަނގަޅު ފުލުހުންނާމެދު ހަމްދަރުދީވަމެވެ. އެވެރިންނަށް ކުރިމަތިވާ ނިކަމެތިކަމާމެދު ކަންބޮޑުވަމެވެ. އަވަހަށް ހޭއަރާށެވެ. މާޒީއަށް ނަޒަރު ހިންގާލާށެވެ. ކަންވީގޮތާއި ވަމުންދާގޮތާމެދު ފިކުރު ހިންގާލާށެވެ. ކުރިމައްޗަށް ތިޔަތިބީ ތިޔަވެރިންނެވެ. ޒުވާނުންވިއަސް އަދި އެހެންބަޔަކުވިއަސް ގަޅިއުކާނީ ތިޔަވެރިންނަށެވެ. ފާޑުކިޔާނީވެސް ތިޔަ ފުލުހުންނަށެވެ. ރުޅިކޮންޓްރޯލްނުވެ އަޑުއަހާން އުނދަގޫ ބަސްބަހުންވެސް ކުރާމުޚާތަބު ރައްދުވާނީ ހަމަ ތިޔަވެރިންނަށެވެ. ރައީސް މުއިއްޒުއާއި ބޮޑުން އެތިބީ ހަމަތިބިގޮތަށެވެ. ހަމައިން ނެއްޓިފައިވާ ބީދައަކަށް ބަސްފުޅު އެވިދާޅުވަނީ އެބޭފުޅުންނެވެ. ހުރިހާ ލަގާއެއް ތިޔަ ލިބެނީ އަދި އާޚިރިގައި ލިބޭނީވެސް ތިޔަ ފުލުހުންނަށެވެ. ކޮށްގެންތިބި ހުވަޔާމެދު ފުންކޮށް ނަޒަރު ހިންގާލާ ދުނިޔެވީ ހަމައިގާ ތިޔަވެރިން ސާބިތުވެ ތިބޭށެވެ. ވަތަކުތޯ ނުޖެހި ފެއިލް ވެދާނެތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްދުފަހަނަ އަޅައިިދިޔުން، ހައްދުން ނެއްޓިފައި، ފިޔަވަޅެއް ނޭޅޭ!

ހައްދުފަހަނަ އަޅައިިދިޔުން، ހައްދުން ނެއްޓިފައި، ފިޔަވަޅެއް ނޭޅޭ!

24 ނޮވެމްބަރު 2019
ފުލުހުންނަށް އިތުބާރެއް ނެތް، އެކަމަކު ބޮޑެތި ބާރުތަކެއް؟!

ފުލުހުންނަށް އިތުބާރެއް ނެތް، އެކަމަކު ބޮޑެތި ބާރުތަކެއް؟!

13 ސެޕްޓެމްބަރު 2019
އަނިޔާކުރާ ފުލުހުންނަށްވެސް ޖިނާއީ މިންގަނޑުން ދައުވާ ކުރަން ޖެހޭ!!

އަނިޔާކުރާ ފުލުހުންނަށްވެސް ޖިނާއީ މިންގަނޑުން ދައުވާ ކުރަން ޖެހޭ!!

06 ޖުލައި 2019
ކޮފީ މޭޒުތައް ހޭޅިފަށަށް: ޕްލޭންކޮށްގެން ހެދި ރަށް ހަމައިން ނެއްޓުން!

ކޮފީ މޭޒުތައް ހޭޅިފަށަށް: ޕްލޭންކޮށްގެން ހެދި ރަށް ހަމައިން ނެއްޓުން!

24 ޑިސެމްބަރު 2018
ސިޔާސީ ހަރަކާތް ހުއްޓުވުން: ހުސް ސުވާލު! ފުލުހުންނަށް ޖަވާބެއް ނުދެވުނު

ސިޔާސީ ހަރަކާތް ހުއްޓުވުން: ހުސް ސުވާލު! ފުލުހުންނަށް ޖަވާބެއް ނުދެވުނު

23 ޖޫން 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު