Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

މުއިއްޒު މަޖިލީހުގެ ހުރުމަތް ކަނޑާލައިފި

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2017 | ހުކުރު 12:28
ނޫސްވެރިންގެ ބައްދަލުވުމެއްގެ މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގެ މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ

ގާނޫނު އަސާސީގައި ވަޒީރުގެ ހުވާކަމުގައި ބުނެފައި ވަނީ މި އިބާރާތެވެ. "އަހުރެން... އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރި ވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އަހުރެންނާ ހަވާލުކުރާ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ވަޒީރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

ﷲ ގަންދީ ހުވާކުރެއްވުމަށް ފަހު އެއަށް އަމަލު ނުކުރުމަކީ މާބޮޑު ކަމެއްގެ ގޮތުގައި ބައެއް މީހުން ނުދެކޭ ކަހަލަ އެވެ. ހުވާގެ މަތީގައި ދެމި ނުހުރެވޭ ނަމަ ﷲ ގަންދީ ހުވާކުރުމުގެ ބޭނުމެއް ނެތެވެ. ހުވާގެ މުގުރާލައިފި ނަަމަ، އެފަދަ މީހުންނަށް ހުރި އަޒާބު ހަމަ ނުވިސްނެނީ ކަމަށް ވެދާނެ އެވެ.

ހުރިހާ ދިވެހި ރައްޔިތުން އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާ ފޮތަކީ ގާނޫނުއަސާސީއެވެ. ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނެވި ބޭފުޅަކު ވިޔަސް އަމަލުކުރަންވީ ގޮތް ވަނީ ލިޔެފަ އެވެ. ވަޒީރުން އަމަލުކުރަންޖެހޭ ގޮތް އޮތީ ގާނޫނު އަސާސީގެ 134 ވަނަ މާއްދާގަ އެވެ. ވަޒީރުންގެ މަޖިލިސް ޖަވާބުދާރީވުން ބަޔާންކުރާ މި މާއްދާގައި ބުނެފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހެޔޮގޮތުގައި އަދާކުރުމުގައި ވަކިވަކި މެންބަރުންނާއި މުޅި ވަޒީރުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވުމުގެ އިތުރަށް، ގާނޫނުއަސާސީ ގައި ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، އެ މީހެއްގެ އިހްތިސާސްގައިވާ އެންމެހައި ކަންތައްތަކާ ގުޅޭ ގޮތުން، ސައްހަ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަމުން ގެންދާންވާނެއެވެ. އަދި އެ މެންބަރެއްގެ އިހްތިސާސްގައިވާ އެންމެހައި ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ މަޢުލޫމާތެއް އެ މަޖިލީހަށް ދޭންވާނެއެވެ.

މި މާއްދާގައި މި ބުނާ ވާޖިބަށް ހައުސިން މިނިސްޓްރީން ވަނީ އިހްމާލުވެފަ އެވެ. މިފަހަރު ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހަށް ނުފޮނުުވުމުންނެވެ. މިކަމުގެ ޒިންމާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނަންގަވަންޖެހޭކަން އެނގެނީ، ގާނޫނު އަސާސީގެ 140 ވަނަ މާއްދާއިންނެވެ. އެ މާއްދާގައި ބުނެފައިވަނީ، މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ މުސްތަގިއްލު މުއައްސަސާތަކާއި، ގާނޫނަކުން އުފައްދާ މުސްތަގިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާއިމްކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނާންވާނެ ކަމަށެވެ. ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ އެ މެންބަރަކާ ހަވާލުކުރެވޭ ކޮންމެ އިދާރާއެއްގެ ނުވަތަ ކޮންމެ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވާންވާނެ ކަމަށެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ

ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމާއި އަދި މިކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ދީފައިވާއިރު، 98 ވަނަ މާއްދާގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން، އެ މީހަކާކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެއެވެ.

ސަރުކާރުން ބިނާކޮށް ހަވާލުކުރާ 661 ފްލެޓް ލިބުނު ފަރާތްތަކުގެ ފުރިހަމަ ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހައުސިން މިނިސްޓްރީއަށް އެންގި އެވެ.

ގާނޫނު އަސާސީގައި މިހާ ސާފުކޮށް މިކަން ބަޔާންކޮށްފައިވާއިރު، މިނިސްޓަރު މުއިއްޒު ރެކިވަޑައިގެންނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް، ސަރުކާރާ ހަވާލުކުރީ، ރައްޔިތުންގެ ކަނޑައަޅާފައިވާ އަސާސްތަކުގެ މައްޗަށެވެ. ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށެވެ. މިކަންކަމާ ހިލާފުވީ، ދައުލަތުގެ ވެރިޔަކު ވިޔަސް، ފަނޑިޔާރަކު ވެސް، މުވައްޒަފަކު ވިޔަސް، ފަރުދަކު ވިޔަސް، އެއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފުވުމެވެ.

"މިނިސްޓަރު މުއިއްޒު އެވަނީ މަޖިލީހުގެ ހުރުމަތް ކަނޑާލާފައި. މިހާރު މުއިއްޒަށް އެ މަގާމުގައި ހުންނެވޭނެ އެއްވެސް ހައިސިއްޔަތެއް ނެތް. އިތުބާރުގެ ވޯޓެއް ނެގުމަށް ވުރެ ވެސް މާބޮޑު ކުށެއް ކުރައްވައިގެން އެ ހުންނެވީ. އޭނާ ޖެހޭނީ މަގާމުން ދުރުކުރަން،" ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފުވުމުން، މަގާމުގައި ހުންނެވުމުގެ ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވެސް ގަބޫލުކުރައްވަ އެވެ.

"ރައްޔިތުންނަށް ވެސް، ރައްޔިތުންގެ މަޖިލީހަށް ވެސް މައުލޫމާތު ދޭންޖެހޭ. މައުލޫމާތު ނުދިނުމަކީ ގާނޫނުއަަސާސީއާ ހިލާފުވުން. އެފަދަ ކުށެއް ކޮށްފި ނަމަ، މަގާމުގައި ދެމިއެއް ނުހުންނެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒަށް ޒިންމާ އުފުއްލަވަން އެނގިވަޑައި ނުގެންނެވި އެވެ. މަނިކުފާނު މަގާމަށް އައްޔަން ކުރީ ރައްޔިތުންގެ ކަންކަމުގައި ރައްޔިތުންނަށް ވެސް ޖަވާބުދާރީވުމަށެވެ. އެކަން އެއީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުކުރައްވާނަމަ އޮންނާނީ މަޖިލީހަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ. މަޖިލީހުން އެންގި ގޮތަށް ޖަވާބުދާރީވެވަޑައިނުގަތުމަކީ މަޖިލީހުގެ ހުރުމަތްކަނޑާލުމެވެ. ޣައްދާރުވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤައުމު ވިއްކާލުމާ މުއިއްޒު ދެކޮޅު، ނަމަވެސް މިހާރުވެސް 2 ރަށެއް ދިވެހިންނަށް ގެއްލިދާނެ ކަމުގެ ބިރުހީވެފައި!

ޤައުމު ވިއްކާލުމާ މުއިއްޒު ދެކޮޅު، ނަމަވެސް މިހާރުވެސް 2 ރަށެއް ދިވެހިންނަށް ގެއްލިދާނެ ކަމުގެ ބިރުހީވެފައި!

09 ސެޕްޓެމްބަރު 2020
ރައްޔިތުންގެ 500 ފްލެޓް ގެއްލުވާލާ، ދަޢުލަތުގެ ބޮލުގައި މުއިއްޒު އެޅުވީ 128 މިލިއަން ރުފިޔާގެ ލޯނެއް!

ރައްޔިތުންގެ 500 ފްލެޓް ގެއްލުވާލާ، ދަޢުލަތުގެ ބޮލުގައި މުއިއްޒު އެޅުވީ 128 މިލިއަން ރުފިޔާގެ ލޯނެއް!

30 އޯގަސްޓު 2020
މުއިއްޒުގެ ފްލެޓު ކޮމިޓީގެ މެމްބަރުންނަށްވެސް ފްލެޓް!

މުއިއްޒުގެ ފްލެޓު ކޮމިޓީގެ މެމްބަރުންނަށްވެސް ފްލެޓް!

24 އޯގަސްޓު 2020
ބޭއިންސާފާ ނުފޫޒު ހައްދުން ނެއްޓި، ޑރ. މުއިއްޒު އެ މިނިސްޓްރީއަށް ހޮވުނު ޕީއެސްއަށް ހަދާލިގޮތް އެންމެ ކޯލަކުން!

ބޭއިންސާފާ ނުފޫޒު ހައްދުން ނެއްޓި، ޑރ. މުއިއްޒު އެ މިނިސްޓްރީއަށް ހޮވުނު ޕީއެސްއަށް ހަދާލިގޮތް އެންމެ ކޯލަކުން!

01 މާރިޗު 2020
އަދުރޭ އެވެ. މާލެ ސިޓީ \"މުއިއްޒުވާން\" ދޫކޮށްލަން ހެޔޮވާނެތޯ!

އަދުރޭ އެވެ. މާލެ ސިޓީ "މުއިއްޒުވާން" ދޫކޮށްލަން ހެޔޮވާނެތޯ!

13 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު