Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހުޅުމާލެ

ކޮފީ މޭޒުތައް ހޭޅިފަށަށް: ޕްލޭންކޮށްގެން ހެދި ރަށް ހަމައިން ނެއްޓުން!

އާންމުން މޫދަށް އެރިއުޅޭ ސަރަހައްދުގައި މޭޒާއި، ގޮނޑި ޖަހާ މައްސަލަ ބޮޑު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2018 | ހޯމަ 20:30
ޅުމާލެ އަތިރިމަތީ ސަރަހައްދުގައި ހިނގާ ކެފޭތައް

ޅުމާލެ އަތިރިމަތީ ސަރަހައްދުގައި ހިނގާ ކެފޭތައް

ވަށައިގެން ކޮންކްރީޓެވެ. ހަތަރު ފަރާތުން އިވެނީ ވެހިކަލްތަކުގެ ބަރުގޮނުގެ އަޑެވެ. ރާއްޖޭގެ ވެރިރަށް މާލެއަށް އެންމެން އައިސް ތޮއްޖެހެނީއެވެ. މި ތޮއްޖެހުން ކުޑަ ކުރުމަށް ހުޅުމާލެ ނަމުގައި އެދަނީ އަވަށެއް ތަރައްގީ ކުރަމުންނެވެ. ވަކި ޕްލޭނެއްގެ ދަށުން ވަކި ގޮތަކަށެވެ. މާލެއާ މުޅިން ތަފާތުކޮށް ތަރައްގީގެ އެންމެ ފަހުގެ ވަސީލަތަކާއި، ގުދުރަތީ ރީތިކަމާއި، އާންމުން ހިތްފަސޭހަކޮށްލުމަށް ދާނެ ރީތި ވެއްޓަކާއެކުއެވެ. އެގޮތުން ހުޅުމާލޭގެ އެންމެ ހިތްފަސޭހަ ސަރަހައްދަކީ ހުޅުމާލޭގެ އިރުމަތީ ފަރާތުގެ ސަރަހައްދެވެ. އާންމު ނަމުންނަމަ ހުޅުމާލެ ބީޗް ސަރަހައްދެއެވެ.

ހުޅުމާލެ ބީޗް ސަރަހައްދަށް އެތައް ބަޔަކު ގޮސް އުޅެއެވެ. ޚާއްސަކޮށް ބަންދު ދުވަސްދުވަހުއެވެ. ކުޑަކުދިން ގޮވައިގެން ބޮޑެތި އާއިލާތަކުންނެވެ. ނަމަވެސް އާންމު ރައްޔިތުން ހިތްފަސޭހަކޮށްލުމަށް މިހާރު ހުޅުމާލެ ބީޗް ސަރަހައްދަށް ދެވޭކަށް ނެތެވެ. މުޅި ސަރަހައްދު ބޭނުން ކުރަމުން ދަނީ ވިޔަފާރީގެ އުސޫލުން ކެފޭތަކާއި ރެސްޓޯރެންޓްތަކުންނެވެ. މިތަންތަނުގައި ސިނގެރޭޓް ބުއިންވެސް އާންމު ވެފައިވާއިރު، މިއީ މިހާރު ހިތް ފަސޭހަކޮށްލަން ދެވޭ ވަރުގެ ތަނެއް ނޫނެއެވެ. ޗުއްޓީ ދުވަސްވަރަށް ވުމާއެކު މިމައްސަލައަކީ މިހާރު ވައިގައި ހިފާފައިވާ ބޮޑު މައްސަލައެވެ. ގިނަ ބަޔަކު ކުށްވެރި ކުރަނީ ބީޗް ސަރަހައްދުގައި ގެސްޓް ހައުސް ވިޔަފާރި ހިންގަމުންދާ ފަރާތްތަކެވެ.

ގެސްޓްހައުސް ހިންގާ ފަރާތްތައް ކުށްވެރިކުރުމަކުން ނުނިމެއެވެ. އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ހުޅުމާލޭގެ ބީޗު ސަރަޙައްދުގައި ބައެއް ފަރާތްތަކުން ފެންސު ޖަހައިގެން ކެފޭ ހިންގަމުންދާއިރު، އޭގެ ތެރޭގައި ބީޗް ފްރަންޓްގައިި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ގުޅުމެއް ނެތް ބައެއް ތަންތަންވެސް ހިމެނެއެވެ.

މި މައްސަލައާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން، ހުޅުމާލޭ ބީޗް ފްރަންޓްގައި ގެސްޓްހައުސް ހިންގާ ވީހޮޓެލްސްގެ އޮޕަރޭޝަން އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ފިރުޝާން ވިދާޅުވީ، ހޭޅިފަށް ބޭނުން ކުރަމުންދަނީ އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ނޫން ކަމަށެވެ. އާންމުން މޫދަށް އެރި އުޅޭ ބީޗް ސަރަހައްދުގައި ގޮނޑިއާ މޭޒު ނުޖަހާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ވީހޮޓެލްސްގެ އޮޕަރޭޝަން އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ފިރުޝާން

މީގެ އިތުރުން ފިރުޝާން ވިދާޅުވީ ބީޗް ފްރަންޓުން ބިން ގަތީ 8 ނުވަތަ 9 މިލިއަން ރުފިޔާއަށް ކަމަށާއި، ނަމަވެސް ހުޅުމާލޭގެ އެތެރެއިން 4 ނުވަތަ 5 މިލިއަން ބިން ވިއްކި ކަމަށެވެ. އަދި މިހާ ފަރަގު ބޮޑުކޮށް ބިން ވިއްކުމުން ހޭޅިފަށް ބޭނުން ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

"މިތަނުގައި ތަނެއް ރާނާ ސިމެންތި ޖަހާ ގެއެއް ހަދާ ނުވަތަ ބަދިގެއެއް ހަދައި، އެކަހަލަ އުސޫލަކުން ނޫން. އެޗްޑީސީގެ އިޒްނައާއެކު ހަޓެއް ހަދާގެން. މިވަގުތު ބޭނުން ވިޔަސް މިހަޓް ނެގޭނެ. މިކެފޭތައް ބަންދު ކުރާއިރު މިގޮނޑިތައް ނަގާނެ" ފިރުޝާން ވިދާޅުވިއެވެ.

ޒީއެންއާރްގެ އޯނަރު މުހައްމަދު ޖަމާލު

ޒީއެންއާރްގެ އޯނަރު މުހައްމަދު ޖަމާލު (ނެހެރާސް) ވިދާޅުވީ، ހުޅުމާލެ ބީޗް ފްރަންޓް ގެސްޓްހައުސްތަކުން ހޭޅީފަށް ސާފުކުރުމުން އިޖްތިމާއީ ގިނަ މައްސަލަތަކަށް ހައްލު ލިބުނު ކަމަށެވެ. މިސަރަހައްދަނީ ސަރުކާރުން އަޅާނުލައި ދޫކޮށްލާފައިވާ ތަނެއް ކަމަށްވެސް ނެހެރާސް ވިދާޅުވިއެވެ.

"މޫދަށް އެރޭ ފަރާތްތަކުންނާއި ބައެއްފަހަރު ސްކޫލު ބައެއް އިވެންޓްތަކުގަ ވެސް މޭޒުތައް ބޭނުންކޮށްލާ، ގޮނޑިތައް ބޭނުންކޮށްލާ ހަދާ. މިކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެން އަބަދުވެސް އެއްބާރުލުން ދެން. ދެން ބަޔަކު މީހުން އުޅެދާނެ ކަންނޭނގެ ފަހަރެއްގައި އެއްބާރުލުން ނުދީ" ފިރުޝާން ވިދާޅުވިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ ވަކި އޫސުލެއްގެ ތެރެއިން މިކަން ކުރުމަށް ތާއީދު ކުރާ ކަމަށާއި، ނަމަވެސް މުޅި ސަރަހައްދު ހުސްކުރުމަށް ތާއިދު ނުކުރާ ކަމަށެވެ. އެ އެސޯސިއޭޝަނުން ބުނީ އެތަން ހުސްކުރުމަކީ 2016 ވަނަ އަހަރު އެޗްޑީސީން ނެރެފައިވާ ގައިޑްލައިނާ އެގޮތަށް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ހުރި ބޮޑު ގެއްލުމެއް ކަމަށް އެސޯސިއޭޝަނުން ދެކޭ ކަމަށެވެ.

ހުޅުމާލެ ބީޗް ސަރައްހައްދުގެ އިތުރުން ކުދި ގޯޅި ތަކުގައި ހުންނަ ކުދި ޖާގަތަކުގައި ބައެއް ފަރާތްތަކުން ދަނީ އެކި ވިޔަފާރީތައް ހިންގަމުންނެވެ. މިއީ ހުޅުމާލޭގައި ވިޔަފާރި ހިންގުން ބޮއްސުންލާފައިވާ ކަމާއި، އެކަމަށް އެދެވޭ ހައްލެއް ހޯދަން ޖެހިފައިވާ ކަމުގެ އެއް ހެއްކެވެ.

ބީޗް ސަރަހައްދު ސާފުކޮށް ހޭޅިފަށުގައި ވިޔަފާރި ހިންގުމަކީ އެތައް ބަޔަކަށް ފައިދާވެ، އިޖްތިމާއީ އެތައް މައްސަލައަކަށް އޮތް ހައްލުކަމަށް ބަޔަކު ބުނަމުންދާއިރު، އަނެއްބައި މީހުން ދަނީ މިއީ މިގޮތަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި ބީޗް ސަރަހައްދުގެ ފެހިކަން ނަގާލައި، މުޅި ސަރަހައްދު ވަނީ ނެތިކޮށްލާފައެވެ.

މިކަން ބައެއްގެ މެދުގައި ބޮޑު ބަހުސަކަށް ވެފައިވާއިރު، އެ މައްސަލައިގައި އެޗްޑީސީން ބުނީ ހުޅުމާލޭގެ ބީޗް ސަރަހައްދަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ އާންމު ފަރުދުންނާއި، ހުޅުމާލެއަށް ޒިޔާރާތް ކުރާ ފަރާތްތަކުން ބޭނުން ކުރުމަށް ކަނޑައަޅާފައިވާ އާންމު ސަރަހައްދެއް ކަމަށެވެ. އެހެންކަމުން މިސަރަހައްދުން ގަސްތައް ކޮށައި، ހަޓު، ގޮނޑި، އަދި މޭޒު ބަހައްޓައިގެން ވިޔަފާރީގެ އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުޅުމާލެ ބީޗު ސަރަޙައްދު ހުސްކުރުމަށް އެޗްޑީސީން ވަނީ އެތަން ބޭނުންކުރާ ފަރާތްތަކަށް އަންގާފައެވެ. އަދި އެ ސަރަޙައްދު ހުސްނުކުރާނަމަ އެޗްޑީސީން އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މީގެ 21 އަހަރު ކުރިން 1997ގައި ހުޅުމާލެ ހިއްކަން ފެށީ ދުރުރާސްތާ ޕްލޭނަކާ އެކުގައެވެ. ދެހާސްހަތަރު ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު އެ ރަށުގައި މީހުން އާބާދުވާން ފެށި އިރު، ވިހިވިއްސަށްދާއިރު، އެ ރަށް އޮންނާނެ ގޮތް ވަނީ ކުރަހާފައެވެ. ޕްލޭންކޮށްފައެވެ. މަގުތަކާއި ބިންބިންތަކާއި އިމާރާތްތައް އުސްކުރެވޭނެ މިންވަރު ވަނީ ކަނޑައަޅާފައެވެ. ޕްލޭންގައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުންފުންޏެއްގެ ދަށުން އެ ރަށް ހިންގަނީ އެ ބޭނުމުގައެވެ. އާންމުންނަށް ފަސޭހަ ހިތްގައިމު ސިޓީއަކަށް އެ ރަށް ހެދުމަށެވެ. ނަމަވެސް ކަންކަން އިމުން ނެއްޓި، ކެފޭތަކުގައި ހުރި މޭޒުތައް ގޮސް، ހޭޅިފަށާ ހަމައަށް ދިއުމުން، ޕްލޭންކޮށްގެން ކުރެހި ރަށް، ހަމައިން ނެއްޓިފައިވާ މިންވަރު ސާފުވެއެވެ. އިސްކުރަން ވީ ވަކި ބައެއްގެ މަސްލަހަތެއް ނޫނެވެ. އިސްކުރަންވީ އާންމު މަސްލަހަތެވެ. ހިތްގައިމު، ފަސޭހަ ސިޓީއަށް ހުޅުމާލެ ހެދޭނީ އޭރުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނައިން ޗޮކްލެޓް ކެއުމާއި ކޮފީ ބުއިމަކީ އުމުރު ދިގުވުމުގެ ސިއްރެއް: ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ

ގިނައިން ޗޮކްލެޓް ކެއުމާއި ކޮފީ ބުއިމަކީ އުމުރު ދިގުވުމުގެ ސިއްރެއް: ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ

19 ސެޕްޓެމްބަރު 2020
ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް

ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް

31 ޖެނުއަރީ 2020
ގޯސްތަކެއް ހެދިފައި ހުރި ކަމަށް ފުލުހުން ގަބޫލުކުރުން: އިސްލާހަށް ރަނގަޅު ފެށުމެއް

ގޯސްތަކެއް ހެދިފައި ހުރި ކަމަށް ފުލުހުން ގަބޫލުކުރުން: އިސްލާހަށް ރަނގަޅު ފެށުމެއް

18 ޑިސެމްބަރު 2018
މަހްލޫފްގެ ކާރާ ހެދި ރައްޔިތުންނަށް ޕާކް ނުކުރެވިފައި ތިބޭކަށް ނުޖެހޭނެ!

މަހްލޫފްގެ ކާރާ ހެދި ރައްޔިތުންނަށް ޕާކް ނުކުރެވިފައި ތިބޭކަށް ނުޖެހޭނެ!

25 ނޮވެމްބަރު 2018
އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

03 ޖުލައި 2018

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު