Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހައްދުފަހަނަ އަޅައިިދިޔުން، ހައްދުން ނެއްޓިފައި، ފިޔަވަޅެއް ނޭޅޭ!

އަމިއްލަ ޖަމާއަތްތަކުގެ ނަމުގައި ކައިވެނިކުރުން ފަދަ ކަންކަން ހިނގާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2019 | އާދީއްތަ 14:14
އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ ބަޔަކު މާލެގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ ބަޔަކު މާލެގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

އިހަކަށް ދުވަހު ގަބޫލުނުކުރިނަމަވެސް މިއަދު ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާ އެއް ހަޤީޤަތެއް އެބައޮތެވެ. އެއީ ދީނީގޮތުން ހައްދުފަހަނަ އަޅައިދިއުމުގެ ނުރައްކާ ދިވެހި ޤައުމުގައި ބޮޑުވެފައިވާ މިންވަރެވެ. އެކި ޤައުމުތަކުގައި ކުރެވޭ ހަނގުރާމަތަކަށް މީހުން ފޮނުވުމުން ފެށިގެންގޮސް، މެދުއިރުމަތީގައި ޖާރިޔާއިންގެ ގޮތުގައި ދިވެހި އަންހެނުން ބޭނުންކުރާކަމާއި، އެތަކެއް އާއިލާތަކެއް އެ ހަނގުރާމަތަކުގައި ތާށިވެފައިވާކަމެވެ. މިއީ ބައިނަލްއަޤުވާމީ ބޮޑެތި މީޑިއާތަކުންވެސް ރިޕޯޓްކުރަމުންދާ ހަޤީޤަތްތަކެވެ. އެ ހަނގުރާމަތަކަށް މީހުން ފޮނުވުމަށް، ނުވަތަ ޒުވާނުން ރެކްރޫޓްކުރުމަށް އެކިއެކި ދީނީ ނަންނަމުގައި ޕްރޮޕެގެންޑާތައް ރާއްޖޭގައި ކުރިއަށްގެންދާކަމާއި، މުޅި ރާއްޖޭގައި އެ މީހުންގެ ވަކިތައް ހިއްޕުވައި، ނުފޫޒުތައް ގަދަކޮށްފައިވާކަން އެނގެ އެވެ.

އެ މީހުންގެ ނުރައްކާ ބޮޑުވަމުން އަންނަ މިންވަރުގެ ވާހަކަ ސިޔާސީ ބައެއް ލީޑަރުން އެތަކެއް އަހަރެއްކުރިން ފެށިގެން ދައްކަމުންދިޔަނަމަވެސް، އެކަން އޭރުގައި ގަބޫލުކުރަން ބޭނުންނުވި އެތަކެއް ބަޔަކު މިއަދު މި ހަޤީޤަތްތަށް ގަބޫލުކުރަންޖެހެ އެވެ. އެ މިހުންގެ ތެރޭގައި އަމިއްލަ ދައުލަތްތަކެއް އުފައްދާ ތުއްތު ކުދިންނާއި ކައިވެނިކޮށް، އަމިއްލައަށް އުފައްދާފައިވާ ދައުލަތުގެ ނަމުގައި ކައިވެނީގެ ސެޓްފިކެޓުތައް ތައްޔާރުކޮށްފައިވާކަން އެއީވެސް މިއަދު ފެންނަން ހުރި ހަޤީޤަތްކެވެ.

އެ މިހުންގެ ތެރޭގައިޖެހޭ މައްސަލަތައް ހައްލުކުގައި ޒުވާނުން ކޮށާލަމުންދާކަމީވެސް ހަފްތާއެއްގެ ތެރޭގައި މި ކުޑަކުޑަ ފަސްގަނޑުން ފެނިގެންގޮސްފައިވާ ކަންކަމެވެ. ހިޔާލު ތަފާތުވުމުން ވަޅިން ކޮށާލާ، އެ ޒުވާނާ އެއްލާލީ ބިޔަ ރާޅުތަކުގެ ތެރެއިން ކަނޑަށެވެ.

ގަބޫލުކުރަން ބޭނުންނުވިނަމަވެސް، ފެންނަން އޮތް ހަޤީޤަތަކީ ހައްދުފަހަނަ އަޅައިދިނުމުގެ މައްސަލައަކީ، ހައްދުން ނައްޓާފައި އޮތް ބޮޑު މައްސަލައެއްކަމެވެ. އެކަމުގެ ނުރައްކާ ހަމަ ކޮންމެ ގެޔެއްގެ ދޮރުގައި ޓަކިޖަހަމުންދާކަމެވެ. މި ކުޑަކުޑަ ފަސްގަނޑުގެ ސަލާމަތާއި، ރައްކާތެރިކަމާއިމެދު ސުވާލު އުފެދޭ މިންވަރަށް ކަންކަން ގޮސްފައިވާކަމެވެ.

ކަންކަން ހައްލުނުކުރޭ މިންވަރަށް ގޯސްވެގެންދިއުމުގައި މުޅި މުޖުތައުމުގެ ޒިންމާވެސް އަދާކުރެވިފައިނުވާކަމެވެ. އާދައިގެ ރައްޔިތު މީހާއިން ފޭއްސިގެންގޮށް، މުއައްސަސާތައްވެސް އެކަމުގައި އިހުމާލުވެ، ނުކުޅެދިފައިވެއެވެ. އެހެން ނޫންނަމަ ކަންކަން މި ހިސާބަކަށް ނުދިޔައީސް އެވެ.

ބައެއް މިސާލުތަކަށް ބަލާލާނަމެވެ. ކުޑަކުޑަ އާބާދީއެއް ދިރިއުޅޭ ފަސްގަނޑެއްގައި، 13 އަހަރުގެ ކުއްޖަކާއި، ބޮޑު ފިރިހެނަކު ކައިވެނިކޮށްގެން އުޅޭކަން ހަމަ އެ ފަސްގަނޑުގައި ދިރިއުޅޭ އެހެން މީހުންނަށް ނޭނގި އޮވެދާނެތޯ އެވެ. އެ ކުއްޖާގެ އާއިލާއަށް އެކަން ނޭނގި އޮވެދާނެތޯ އެވެ. އެ ފަސްގަނޑުގައި ހުރި މުއައްސަސާތަކުގެ ވެރިންނަށް އެކަން ނޭނގި އޮވެދާނެތޯ އެވެ. ނަމަވެސް އަމިއްލަ ދައުލަތެއް އުފައްދައި، އެ މީހުންގެ އަމިއްލަ ސިއްކައިގައި ކައިވެންޏެއްކޮށް، އުޅެމުންދިޔައިރު، އެ މުޖުތަމައުގައި އުޅުނު އެހެން ފަރުދުންނަށް ފަރުދީ ޒިންމާވެސް އަދާކުރެވިފައެއް ނުވެ އެވެ. ކަންކަން ދައުލަތުގެ ސަމާލުކަމަށްވެސް ގެނެސްދެވިފައެއް ނުވެ އެވެ. ކައުންސިލް އިދާރާއިން ފެށިގެންގޮސް، ދައުލަތުގެ މުއައްސަސާތައްވެސް އެކަމުގައި ޒިންމާ އަދާކޮށްފައިނުވާކަމެވެ.

މިއީ އެންމެ ރަށެއްގައި ކަން ހިނގައި ދިޔަގޮތުގެ ވާހަކަ އެވެ. މިގޮތަށް އަދި ކިތަކެއް ކުދިންނެއްގެ އިއްފަތްތެރިކަން ނަގާލާފައިވާކަމެއް އެނގޭނީ ވަރުގަދަ ތަހުޤީޤެއް ހިނގައިގެންނެވެ. އެމީހުންގެ ދައުލަތުގެ ނަމުގައި ސެޓްފިކެޓް ތައްޔާރުކޮށްފައިވަނީ ކިހާވަރަކަށްކަމެއް އެނގޭ ހަމަ އެކަކުވެސް ދައުލަތުގެ ތެރޭގައި ހުރެދާނެކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

ދެން އޮތީ މިކަމުގައި ދައުލަތުގެ ތަހުޤީޤް އިދާރާތަކުގެ އިހުމާލު އެގެ. ހައްދުފަހަނަ އަޅައިދިއުމުގެ ވިސްނުމުގެ މީހުންގެ ނުރައްކާ އިންތިހާއަށް ބޮޑުވެގެންދިޔައީ، ވޭތުވެ 10 ވަރަކަށް އަހަރުގެ ތެރޭގައި ސިޔާސީ ބޭނުމަށް ދީން އައްޑަނައެއްގެ ގޮތުގައި ނަގާ ފިޔަވަޅު ނޭޅުމުގެ ނާތީޖާއެއްގެ ގޮތުންކަން އެއީ ދެބަސްވެވޭނެކަމެއް ނޫނެވެ. މިއަދުގެވެސް ހަޤީޤަތަކީ މިހުރިހާކަމެއް ފެންމަތިވެގެންދާއިރު، އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަމެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިންނަމަވެސް، ޤާނޫނުން ދިން ބާރުތަށް ހަމައެކަނި އޮތީ ލިޔެލާފައިވާ ލިޔުމެއްގެ ގޮތުގައިކަމެވެ. ތަހުޤީޤީ އިދާރާތަކަށް ދިން ބާރާ އެއްމިންވަރަށް، މުޅި މުޖުތަމައުގެ ސަލާމަތާއި، ރައްކާތެރިކަމަށް ފިޔަވަޅުތައް ނޭޅޭކަމީވެސް ފެނަން ހުރި ހަޤީޤަތްތަކެވެ.

މިއަދުވެސް ދީން ސިޔާސީ އައްޑަނައެއްގެ ގޮތުގައިި ނަގަމުންދާ ޝެއިހުން އެކަން ކުރުމުގައި ދެމިތިބިއިރު، ދީނުގައިވާ ރިވެތި ގޮތް ބުނެދީ، މުޖުތަމައުގައި މި އޮތް ނުރައްކަލުން ސަލާމަތްކުރުމަތްކުރުމަށް މި ދެންނެވި ދީނީ އިލްމުވެރިން މަސައްކަތްކުރާ މަންޒަރެއް ނުފެނެއެވެ. ސިޔާސީ ބޭފުޅުންނާއި، ޖުވާބުތައްކުރުމުގައި މި ދެންނެވި ދީނީ އިލްމުވެރިން މުޅި ދުވަސް ހޭދަކޮށްކާއިރު، މުޖުތަމައުގައި އޮތް އަސްލު މައްސަލާގައި އެއްޗެއް ބުނަލަންކެރޭ ތިއްބެވީ ދެތިން ދީނީ އިލްމްވެރިޔެކެވެ.

މިހެން ގޮސް ކިތަންމެ އިހުމާލުތަކެއްގެ ވާހަކަވެސް ދެއްކިދާނެ އެވެ. ނަމަވެސް މިއީ ދީނީ އިލްމްވެރިންވެސް ސިޔާސީ ފިކުރު އެއް ފަރާތްކުރަންވީ ވަގުތު އެވެ. މުޅި މުޖުތަމައުގެ ސަލާމަތާާއި، ރައްކާތެރިކަމަށްޓަކައި، ދީނުގައިވާ ރިވެތިގޮތް ބުނެދޭން ތެދުވާންޖެހޭ ވަގުތު އެވެ. ހައްދުފަހަނަ އަޅާގޮސްފައިވާ މީހުންގެ ނުފޫޒުން ހަށި ފޮހެލައި، ފުލުހުންގެ މުއައްސަސާ ތެދުވެ، ފިޔަވަޅު އަޅަންވީ ވަގުތު އެވެ. މުޅި ފަސްގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ފުލުހުންނާއި، ސިފައިންގެ ޤަނޫނީ ޒިންމާ އަދާކުރުމަށް ތެދުވަންވީ ވަގުތު އެވެ.

މިއަދު ފިޔަވަޅު ނާޅައި، މައްސަލައަށް ހައްލެއް ނުހޯދިއްޖެނަމަ، މާދަމާ އެ މައްސަލަ ހައްލުކުރުމަކީ ނުކުރެވޭ ވަރުގެ ނާދިރުކަމަކަށްވެދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މީއާދުގެ ޑީއެންއޭ ހިމެނޭ އަންގިއެއް ރާއްޖެޓީވީ ރޯކޮށްލި ސަރަހައްދުން ފެނުނީ ކީއްވެކަން ބުނެއެއް ނުދެވުނު"

"މީއާދުގެ ޑީއެންއޭ ހިމެނޭ އަންގިއެއް ރާއްޖެޓީވީ ރޯކޮށްލި ސަރަހައްދުން ފެނުނީ ކީއްވެކަން ބުނެއެއް ނުދެވުނު"

16 ޑިސެމްބަރު 2021
އެމްއެމްޕީއާރްސީ: ތޮއްޔިބު \"ހަލާކުވެދާން ޖެހޭ\" އިރުވެސް ފިޔަވަޅެއް އެޅުމެއް ނެތް؟!

އެމްއެމްޕީއާރްސީ: ތޮއްޔިބު \"ހަލާކުވެދާން ޖެހޭ\" އިރުވެސް ފިޔަވަޅެއް އެޅުމެއް ނެތް؟!

17 އޮކްޓޯބަރު 2020
ބޭއިންސާފާ ނުފޫޒު ހައްދުން ނެއްޓި، ޑރ. މުއިއްޒު އެ މިނިސްޓްރީއަށް ހޮވުނު ޕީއެސްއަށް ހަދާލިގޮތް އެންމެ ކޯލަކުން!

ބޭއިންސާފާ ނުފޫޒު ހައްދުން ނެއްޓި، ޑރ. މުއިއްޒު އެ މިނިސްޓްރީއަށް ހޮވުނު ޕީއެސްއަށް ހަދާލިގޮތް އެންމެ ކޯލަކުން!

01 މާރިޗު 2020
ކޮންމެ ފިޔަވަޅެއް އަޅަނީ މޭގަނޑު އަތަށް ލައިގެން، ކައްސާލާނެ ވަގުތެއް ނޭނގޭ!

ކޮންމެ ފިޔަވަޅެއް އަޅަނީ މޭގަނޑު އަތަށް ލައިގެން، ކައްސާލާނެ ވަގުތެއް ނޭނގޭ!

11 ޖެނުއަރީ 2020
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ މަސްތުވާތަކެއްޗާ ޕާކިސްތާނާ ގުޅުން އެބަހުރި؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ މަސްތުވާތަކެއްޗާ ޕާކިސްތާނާ ގުޅުން އެބަހުރި؟

09 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު