Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

ފުލުހުންނަށް އިތުބާރެއް ނެތް، އެކަމަކު ބޮޑެތި ބާރުތަކެއް؟!

ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުން ފުލުހުންނަށް ވަނީ ދީފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2019 | ހުކުރު 14:22
ފުލުހުން

ފުލުހުން

ސެޕްޓެމްބަރު މަސް ފެށިގެން އައީ ރާއްޖޭގެ ރައްޔިތުން އެތަށް ދުވަހެއް ކުރިން އިންތިޒާރު ކުރަމުން އައި ސުވާލެއްގެ ޖަވާބަކަށް އެދެމުންނެވެ. އެއީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ހަގީގަތަށް އެދެމުންނެވެ. އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން، މައްސަލަ ތަހުގީގު ކުރުމަށްފަހު، އެކަމުގެ މައުލޫމާތުތައް ހާމަކުރެއްވި އެވެ. ކޮމިޝަންގެ ހޯދުންތަކުން އެނގުނު ގޮތުގައި ރިލްވާން މަރާލިއިރު، އެކަމުގައި ދީނީ ހަރުކަށި ވިސްނުމުގެ މީހުންގެ އަތަކާއި، ފުލުހުންގެ ބައިވެރިވުން ވެސް އޮތެވެ.

ރިލްވާން މައްސަލައިގެ ރިޕޯޓާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ހަގީގަތް ހޯދުމަށް ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އިސްލާހު ކުރުން ކަމަށެވެ. ފުލުހުންގެ މުއައްސަސާ މިހާރު އޮތް ހާލަތުން މަރު ކޮމިޝަނަށް ފުލުހުން މެދުވެރިކޮށް ކަމެއް ކުރަން އުނދަގޫވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާ އިސްލާހު ކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިތާ 24 ގަޑިއިރު ނުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓެރަރިސްޓުން ހުއްޓުވަން އެއީ އޮތް ބޮޑު ހުރަހެއް އޮތްކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ކުރުމަށް ދެ ގާނޫނަކަށް އިސްލާހް ގެނައުމަށް ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. އެގޮތުން ރިލްވާންގެ މައްސަލަ ކުރިއަށްގެންދާއިރު، ޓެރަރިޒަމްގެ ގާނޫނާއި، ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެންނަންޖެހޭކަން އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ސޯލިހް އެގޮތަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ޖަލްސާތައް ފަށައި، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ވުމުން ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމެވެ. އެބާރުގެ ދަށުން ކޯޓު އަމުރަކާނުލާ ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ. އަދި ބިލްގައި ބުނާ ބޮޑެތި ބައެއް ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ގާނޫނޫ އަސާސީން ލިބިދޭ ހައްގުތައް ހިފެހެއްޓިގެންވާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ބިލްގައި ވަނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހަނު ހުރުމުގެ ހައްގު އުނިކުރަން ހިމަނައިފަ އެވެ. އަދި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި، ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރި މީހަކީ ވެސް ކުށެއް ކަމަށް ކަނޑައަޅައިފައެވެ.

އެ އިސްލާހުތަކާއިއެކު ހިޔާލުތައް ތަފާތުވެ، ބަހުސްތައް ގިނަވެފައިވާއިރު، ބައެއް ފަރާތްތަކާއި، ކަމުގެ ކަމުވޮށިގެންވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ވަކި ހާއްސަ މައްސަލައެއްގައި، ވަކިން ހާއްސަކޮށް ޓެރަރިޒަމްގެ ފަދަ ހައްސާސީ މައްސަލައެއްގައި ފުލުހުންގެ އިދާރާއަށް އެފަދަ ބާރުތަކެއް ދިނުމަކީ މައްސަލައެއް ނޫނެވެ. އަދި ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުންނާއި، ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމަތަކުގައި އަމަލުކުރާ އާންމު އުސޫލަކީ ވެސް އެއީ އެވެ. އެއީ ބައެއް ހާލަތްތަކުގައި ބޭނުންވާ މައުލޫމާތު ތަކެއް ހޯދައި، އެތަށް ބައެއްގެ ފުރާނަ ސަލާމަތްކުރުން މުހިންމު ވާނެތީއެވެ.

ނަމަވެސް ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ފުލުހުންނަށް ޓެރަރިޒަމްގެ ގާނޫނުން ބާރުތައް ދިނުމަކީ އެބާރުތައް ނަހަމަގޮތުގައި ބޭނުން ކުރަން ފުރުސަތު ދެވިދާނެ ކަމެކެވެ. ބިލާއި ގުޅިގެން މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެންނަން ހުށައަޅާފައިވާ އިސްލާހުގެ ދަށުން ޝައްކު ކުރެވޭ ފަރާތެއް ހައްޔަރުކުރުމަށްފަހު 48 ގަޑިއިރު ވަންދެން ފަނޑިޔާރެއްގެ ކުރިމައްޗަށް ނުގެނެސް ހައްޔަރު ކޮށްގެން ބެހެއްޓުމުގެ ބާރު ދީފައިވާ ކަމަށާއި އެހާލަތުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ހެދިދާނެ ކަމަށެވެ. ރިލްވާންގެ މަރާއި ގުޅިގެން ހާމަ ކުރި ރިޕޯޓުގައި ފުލުހުން ހެކި އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށް މަރު ކޮމިޝަނުން ބުނެފައިވާ ކަމަށް މައުމޫނު ވިދާޅުވިއެވެ. އަދި ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކަށް އަނިޔާ ކުރިތަން ވީޑިއޯ ކުރި މީހުންނަށް ބިރު ދައްކައި ހެކި ނައްތާލަން ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

މިކަމުގައި ދެކޮޅަށް ވާހަކަދެކެވެން އޮތްއިރު، އަސްލު ހަގީގީ މައްސަލައަކީ ފުލުހުންގެ އިދާރާކަން ގިނަ ބޭފުޅުން ފާހަގަކުރައްވަ އެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އެގޮތަށް އަމަލުކުރާއިރު، ފުލުހުންގެ މުއައްސަސާތަކަށް އިތުބާރު އޮތް ނަމަވެސް، ރާއްޖޭގެ ހާލަތު ދިމާ އިދިކޮޅަށް އޮތުމުންނެވެ. އެހެނީ ބޮޑެތި ހައްސާސީ މައްސަލަތަކުގައި ފުލުހުންގެ މުއައްސަސާއަށް ރާއްޖޭގެ ދެބައިކުޅަ އެއްބައި ރައްޔިތުންވެސް އިތުބާރެއް ނުކުރެވެ. ޓްރާންސްޕެރެންސީ މޯލްޑިވްސްގެ ދިރާސާތަކުން އެކަން އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތަށް މިކަމުގައި އެންމެ މުހިންމު ކަމަކީ ފުލުހުންގެ މުއައްސަސާގެ އިތުބާރު ނެގެހެއްޓުމެވެ. އެއަށްފަހު މިފަދަ ބާރުތަކެއް ދިން ނަމަވެސް، ޝަކުވާ ކުރާނެ، ނުވަތަ ބަހުސަކަށް ވެސް ވާނެކަމަކަށް ނުބެލެވެ އެވެ. އަދި ގާނޫނުތައް ހެދުމަކީ ނުވަތަ ގާނޫނުތަކަށް ބަދަލު ގެނައުމަކީ އޭގެ ނާޖާއިޒު ފައިދާ ނެގުމެއް ނޫނެވެ. ގާނޫނެއްގެ އެންމެ ފުރިހަމަ ފައިދާ ލިބޭނީ އަދުލު އިންސާފު ގާއިމު ކުރުމުގެ ރޫހުގައި މަސައްކަތް ވެސް ކޮށްގެންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު