Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަނިޔާކުރާ ފުލުހުންނަށްވެސް ޖިނާއީ މިންގަނޑުން ދައުވާ ކުރަން ޖެހޭ!!

ފުލުހުން މިކަހަލަ ސީންތަކުގައި އަނިޔާކޮށް މުދަލަށް ގެއްލުންދޭ ކަމުގެ ޝަކުވާ ބޮޑު

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 6 ޖުލައި 2019 | ހޮނިހިރު 09:42
ފުލުހުންގެ ހެޑްކުއާޓަރު: ޝަހީދު ހުސައިން އާދަމް ބިލްޑިންގ

ފުލުހުންގެ ހެޑްކުއާޓަރު: ޝަހީދު ހުސައިން އާދަމް ބިލްޑިންގ

ދިވެހި ފުލުހުންގެ މުއައްސަސާއަކީ ވަރަށް ބޮޑު ޒިންމާއެއް އުފުލަން، މާތް ﷲ ގަންދީ ހުވާ ކޮށްގެން، އެ ހުވަޔެއްގެ މަތީގައި ޔުނީފޯމް އެޅިހާ ދުވަހަކު ތިބެން މަޖުބޫރު ބަޔެކެވެ. ނަމަވެސް، ޝިއާރުގައި "ޓު ޕްރޮޓެކްޓް އެންޑް ސަރވް" ޖަހައިގެން ތިބެ، ރައްޔިތުން ހިމާޔަތްކޮށް އެ ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ ކަމަށް ބުނެ ހަމަ އެ ރައްޔިތުންނަށް ބައެއް ފުލުހުން އަނިޔާކުރުމުން އެ ބޭނުންވާ މަގުސަދު ހާސިލްވޭތޯއެވެ؟

ޖުލައި މަހުން ފަސްވަނައަށްވީ ހުކުރު ދުވަހުގެ ރޭ ފުލުހުންގެ ޑްރްގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކޯޓު އަމުރެއްގެ ދަށުން މ.އުޖާލާގެ ބަލާފާސްކުރަން ދިޔައީ، ޑްރަގް ޓްރެފިކިންގ މައްސަލައެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ގާނޫނީ ގޮތުން ފުލުހުންގެ މައްޗަށް ލާޒިމްކުރާ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ދިޔަ ފުލުހުން، އެތަނުގެ ތެރޭގައި ކަންކުރީ ހަމަ ޔަގީނުން ވެސް ގާނޫނީ އިމުން ބޭރުންނެވެ.

ފުލުހުންގެ ގާނޫނޫ (ގާނޫނު ނަންބަރ 5/2008) ގެ 8 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފު ސީދާ ދިވެހި ބަހުން ބަޔާންކޮށްފައިވަނީ، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ކުރެވޭ ކަންތައްތަކާއި، އެ މަސްއޫލިއްޔަތު އަދާކުރުމާ ގުޅިގެން ކުރެވޭ ކަންތައްތަކާއި، ފުލުހުންގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

އިސްވެދެންނެވުނީ ފުލުހުންގެ ބާރު ބަޔާންކޮށްދޭ މާއްދާގައި ފުލުހުންނަށް ލިބިދީފައިވާ ބާރުތަކެވެ. ހަމަ އެ ގާނޫނު އެ ފުށް މި ފުށަށް ކިޔާ ނިމުނު އިރުވެސް ފުލުހުންނަށް މީހެއް ގައިގައި ތަޅާ އަނިޔާކުރެވޭނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައެއް ނުވެއެވެ. އަދި ހާއްސަކޮށް އެ ވީޑިއޯއިން ފެންނަ މީހާ އެއްވެސް ގަދަހަދާ މަންޒަރެއް ނުފެންނަ އިރު، ބާރުގެ ބޭނުންކުރީ ފުލުހުންނަށް ލިބިފައިވާ އިޙްތިޔާރުގެ ތެރެއިން ކަމަށް ފުލުހުންނަށް ބުނެވޭނެ އެއްވެސް ހުއްޖަތެއް ނެތެވެ.

ދެން އެ ގާނޫނޫގެ 13 ވަނަ މާއްދާގެ (ބ) ބަޔާންކޮށްފައިވާ އެއްޗަކަށް ބަލާއިރު އޭގައި ވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް މުވައްޒަފަކު، ފުލުހުންގެ ދައުރު އަދާކުރުމުގައި ނުވަތަ އެ މީހަކަށް ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ފުރިހަމަކުރުމުގައި، ގަސްދުގައި އެނގިހުރެ އެ މީހަކަށް ބާރާއި އިހްތިޔާރު ލިބިފައިވާ ދާއިރާގެ ބޭރުން އެހެން މީހެއްގެ މައްޗަށް ބާރު ހިންގައިފިނަމަ ނުވަތަ އެނޫންގޮތަކަށް ވެސް އަމަލުކޮށްފިނަމަ އެ މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.

ފުލުހުންގެ ދައުރު އަދާކުރުމުގައި މީހަކު ކިޔަމަންތެރިކުރުވަން ބާރުގެ ބޭނުންކުރެވޭނެ މިންވަރު ވެސް ބަޔާން ކޮށްފައިވެއެވެ. އެ ގޮތުން ފުލުހުންގެ ގާނޫނުގެ 14 ވަނަ މާއްދާގައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމުގައި އެއްވެސް ފުލުހެއް ކުރާ ގާނޫނީ އަމުރަކަށް ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަކަން ދައްކައިފި މީހަކާމެދު ފުލުހުންނަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމުގައި އެ ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަކަން ދައްކާ މީހަކު ކިޔަމަންތެރި ކުރުވުމަށްޓަކައި، އެ މަގްސަދު ހާސިލުކުރެވޭނެ އެކަށީގެންވާ ބާރު ބޭނުންކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.

އެ ގާނޫނުގައި މި ބަޔާންކުރާ "އެކަށީގެންވާ ބާރު" މި ބުނާ ލަފްޒުތަކުގެ މާނަ ސާފެވެ. އެކަށީގެންވާ މިންވަރަކީ ކޮބައި ކަން ނޭނގޭ ފުލުހުންތަކެއް ގޮވައިގެން މި މުޖުމަތަމައަށް ވާނެ އެއްވެސް ފައިދާއެއް ނެތެވެ. އެ ހިސާބުން އެ ފުލުހުންނާ މެދު ހަމައެކަނި އިދާރީ ފިޔަވަޅެއް އަޅާލައިގެން ވެސް ފަރު ޖައްސާލެވޭކަަށް ނެތެވެ. ގާނޫނު އަސާސީގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަވާ އުސޫލުން، ކުށެއް ކުރާ ފުލުހުންނާ މެދު ވެސް މި ޒާތުގެ ކަންކަމުގައި އަމަލުކުރަންވާނީ އެއް އުސޫލަކުންނެއް ނޫންތޯއެވެ؟ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އަނިޔާ ކޮށްފިއްޔާ އެކަން ބަލައި ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުވާނެ ހުރިހާ ފިޔަވަޅެއް އަޅަން ޖެހެއެވެ.

އާންމުންގެ ތެރެއިން މީހަކު މި ވަރުގެ ކަމެއް ކޮށްފިނަމަ ނުވަތަ އެ ޒާތުގެ ތުހުމަތެއް ކުރެވޭ ހިސާބުން ވެސް އެ މީހަކީ މުޖުމަތަމައަށް ނުރައްކަލެއް ކަމަށް ކަނޑައަޅާ ބަންދުކުރެވޭ އުސޫލުން، ހަމަ ފުލުހުން ވެސް އާންމު މުޖުތަމައަށް ނުރައްކަލަކަށްވާ ހިސާބުން ބަންދު ކުރެވެން ޖެހެއެވެ. ހަމައެކަނި ސަސްޕެންޑްކޮށް އިދާރީ ފިޔަވަޅެއް އެޅުމަކުން ނުފުދެއެވެ. ވީޑިއޯއަށް ބަލާއިރު، އެއީ ފުލުހުންތޯ ނޫނީ ކަންމަތީ ގޭންގެއްތޯ ސުވާލު އުފެދޭ ކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ. އެއް ފުލުހަކު އެ މީހާ ފާރަށް ތަށްކޮށްލައިގެން މޫނު މަތީ ތަޅާއިރު، އެތެރެއިން ނިކުމެގެން އައި ފުލުހަކު ވެސް ހީވަނީ ހަމަ ދެންމެ ދެންމެ އެމީހާ "ހަތަމް" ކޮށްލަފާނެ ހެންނެވެ. ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.

އަނިޔާކުރި ފުލުހުން ވަނީ އެ މަންޒަރު ބަޔަކު ވީޑިއޯ ކުރިކަމަށް އެނގިގެން، އެވެސް ވުޖޫދުން ފޮހެލަން މަސައްކަތް ކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނެއް ކަމަށް ބުނެ އެ ވީޑިއޯ ކުރި ބަޔަކު ތިބި ގެޔަކަށް ވަދެ ފޯނު އަތުލަން ވެސް މަސައްކަތް ކޮށްފައިވެއެވެ. ހިންގި ޖަރީމާ ވަޅުޖަހަން ވެސް މަސައްކަތް ކުރެވުނީއެވެ. ދެރަކަމެކެވެ.

މިކަންކަން ޖިނާއީ ކުށްތަކަށް ނުވަންޏާމުން، މި ރާއްޖޭގައި ޖިނާއީ ކުށަކަށް ވަނީ ވަކި ކޮން ކަމެއްތޯއެވެ؟ ފުލުހުންގެ ތެރޭގައި އަނިޔާކުރުމުގެ ސަގާފަތެއް އޮތް ކަމަށް ހުދު ޕޮލިސް ކޮމިޝަނަރު ވިދާޅުވާއިރު، މިއީ ދިވެހިންނަށް އާ މަންޒަރެއް ވެސް ނޫނެވެ. ފުލުހުންގެ އޭންކަލް ބޫޓުންނާ މުގުރުން، ވެއްޓިފައި ތިބި މީހުން ގަައިގައި ތަޅާ މަންޒަރު ފެނުނު ހަނދާން އަދިވެސް ނުފިލައެވެ. ޒުވާނުންނަށް ކޮށްފައިވާ އަނިޔާ ވެސް ހަނދާނުން ނުފިލައެވެ. ފުލުހަކު ވިޔަސް، އަނިޔާކޮށް މާރާމާރީ ހިންގާ ބަޔަކު ހައްޔަރުކޮށް، ޖިނާއީ މިންގަނޑުން ދައުވާ އުފުލެން ޖެހެއެވެ!. އަޅުގަނޑުމެން އަނިޔާއަށް އާއެކޭ ނުބުނާނަމެވެ. ސަރުކާރާ މަޖިލީހަށް ލިބިފައިވާ ބާރުގެ ތެރެއިން ނިންމުންތަކެއް އަވަހަށް ނިންމައި އަނިޔާ ހުއްޓުވަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާޒިމާއަށް ކުރާ ދައުވާތައް ބިޝާމްގެ ބޮލަށް؟!

އާޒިމާއަށް ކުރާ ދައުވާތައް ބިޝާމްގެ ބޮލަށް؟!

18 ޖުލައި 2019
މަސްތުވުމަކީ ޖިނާއީ ކުށެއްގެ ދިފާއެއް ކަމަށް ބެލިދާނެތަ ؟

މަސްތުވުމަކީ ޖިނާއީ ކުށެއްގެ ދިފާއެއް ކަމަށް ބެލިދާނެތަ ؟

15 އެޕްރީލު 2019
މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!

މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!

16 ފެބުރުއަރީ 2019
އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟

އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟

05 މެއި 2018
ޓެރަރިޒަމްގެ ދައުވާ ބޮޑު ޝަރަފަކަށް!

ޓެރަރިޒަމްގެ ދައުވާ ބޮޑު ޝަރަފަކަށް!

30 މާރިޗު 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު