Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުލުހުންގެ ހިދުމަތް

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުން ބޮޑު ޚަރަދުކޮށްގެން ރައީސްގެ ދަތުރުފުޅުތަކުގައި ރަށްރަށަށް ދަތުރުކުރޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2017 | ބުރާސްފަތި 12:47
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެން އާދަމް ބިލްޑިންގ

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެން އާދަމް ބިލްޑިންގ

އަންނަ އަހަރުގެ ބަޖެޓްގައި ދިވެހި ފުލުހުންނަށް 1.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ޤާނޫނު ތަންފީޒްކުރުމުގެ މަސައްކަތް ފުރިހަމަޔަށް ކުރާ ތަނަކަށް މިއީ ރާއްޖެ ކަހަލަ ކުޑަ ޤައުމެއްގައި އެކަށީގެންވާ އަދަދެކެވެ. ތިރީސް ބިލިއަން ހަމަނުވާ ޖުމްލަ ބަޖެޓެއްގައި މިއީ އެކަމަކު ބޮޑު އަދަދެކެވެ. އެހެންކަމުން މިވަރުގެ ބަޖެޓެއް ފުލުހުންނަށް ދިނުމުން، ޚިދުމަތް ރަނގަޅުވާނެ ކަމަށް އުއްމީދުކުރެވުނެވެ.

ފުލުހުން މިހާރު ދޭ ޚިދުމަތަކީ ސިޔާސީ ކުލަ ޖެހިފައިވާ ޚިދުމަތެއް ކަމަށް ސިޔާސީ ބޭފުޅުންނާއި އާއްމުން ބުނަނީ ކަމެއް ވީމައެވެ. ފުލުހުންގެ ބައެއް ނިންމުންތަކުގައި ސިޔާސީ ކުލަ ޖެހިފައި ވާތީއެވެ. "ޓު ޕްރޮޓެކްޓް އެންޑް ސަރވް" އޭ ބުނާއިރު، "ޓު ޕްރޮޓެކްޓް އެންޑް ސަރވް ދަ ގަވަރމަންޓް" އޭ ހީވާ ފަދަ ގޮތަކަށް ފުލުހުންގެ ޢަމަލުތައް ހުންނާތީއެވެ.

ބުރާސްފަތި ދުވަހު ޚަބަރުގައި އަޑުއިވުނު ވާހަކަޔަކީ ގދ. މަޑަވެލީގައި ފުލުހުން ތިބޭ ތަނަށް ކައުންސިލުން ކުލި ނުދައްކައިގެން އެރަށުގައި ފުލުހުންގެ ޚިދުމަތް ދިނުން ހުއްޓާލާ ވާހަކައެވެ. މިއީ ހައިރާންވާން ޖެހޭ ކަމެކެވެ. މުވައްޒަފުންގެ މުސާރަ ކިރިޔާ ހަމަޖައްސާލެވޭ ވަރަށް ރަށްރަށުގެ ކައުންސިލްތަކަށް ބަޖެޓް ހަމަޖައްސަމުންދާއިރު، އެރަށްރަށުގައި ތިބޭ ފުލުހުންނަށް ވެސް ޚަރަދުކުރަން ޖެހެނީ ކައުންސިލުން ތޯއެވެ؟ އެކަން ހުއްޖަތެއްގެ ގޮތުގައި ނަގައި، މަޑަވެލީގެ ރައްޔިތުންނަށް ފުލުހުންގެ ޙިމާޔަތާއި ރައްކާތެރިކަން ދިނުން ހުއްޓާލުން ބުއްދީގެ ހަމަތަކުގެ މަތިން ޤަބޫލުކުރާނީ ކިހިނެއްތޯއެވެ؟ މަޑަވެލީގެ ރައްޔިތުން ވެސް ދައުލަތަށް ޓެކްސް ދައްކައެވެ. ޖޫރިމަނާ ވެސް ދައްކައެވެ. ދެން ވެސް ސަރުކާރުން ދައްކަން ބުނިއްޔާ ބުނި އެއްޗެއް ދައްކައެވެ. އެހެން ނަމަވެސް ފުލުހުން އެރަށުގައި ތިބޭ ތަނަށް ދެއްކޭނެ ކުލި ނެތިގެނ ފުލުހުން އެރަށުން ފައިބަން ޖެހެނީއޭ ބުނީމާ އެއްކަލަ އެއް ބިލިއަން ރުފިޔާއަށް ހަދާ ގޮތެއް ބަލަން ރައްޔިތުން ވެއްޖެ ނޫންތޯއެވެ؟ އެ ވަރުގެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި ފުލުހުންގެ ޚިދުމަތް ހޯދަން ބޭނުން ރަށްރަށުން ފުލުހުން ތިބޭނެ ތަންތަނާއި ކާންބޯން ކުރާ ޚަރަދާއި އެ މީހުންގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެ ނޫން ވެސް ދެން ހުރި ހުރިހާ ކަމެއްގެ ޚަރަދު ދޭންޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެއެވެ.

ކުލި ދައްކާނެ ފައިސާ ނެތިގެން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ހުއްޓާލަން ޖެހުނުއިރު، ގެއެއްގެ ދެތިން މަހުގެ ކުލި ދެއްކޭހާ ފައިސާ ޚަރަދުކޮށްގެން ރައީސް ޔާމީން ރަށަކަށް އަރާވަޑައިގަތުމުގެ ކުރިން އެރަށަށް ފުލުހުންގެ ބޮޑު ފައުޖެއް އަރުވައެވެ. އެއީ ރަސްމީ ނޫނަސް ޕާޓީގެ ބޭނުމެއްގައި ކުރައްވާ ދަތުރުފުޅަކަސް އެކަން އޮންނަނީ އެހެންނެވެ. ރައީސް ޔާމީނާ އެކު ހަތިޔާރު އެޅި ސިފައިން ވެސް ދެއެވެ. ދެން ބޭކާރު ޚަރަދުކޮށްފައި ކީއްކުރަން ގެންދާހާ ފުލުހުންނެއްތޯއެވެ؟ އެފުލުހުން ގޮސް ކުރާހާ ވެސް ކަމަކީ މަޑުމަޑުން ޚިޔާލު ފާޅުކޮށްލަން ތިބޭ މީހުންނަށް ހުރަސް އެޅުމެވެ. އަދި މި ދަތުރުތަކުގައި ތަންކޮޅެއް ދުރުގައި އޮތް ރަށަކަށް ގޮސް އެހޯދާ ކޯޓު އަމުރު ހޯދަން އެކުރާ ދަތުރަށް ވެސް ގައިމު އެއް މަހުގެ ގޭ ކުލި ދެއްކޭހާ ފައިސާ ޚަރަދުވާނެއެވެ.

މި ހުންނަނީ 21 ވަނަ ޤަރުނުގައި ސިންގަޕޫރު ކަމަށް ހެދިގެން އުޅޭ ޤައުމެއްގައި ދެން ދައްކައި އުޅޭ ޒާތުގެ ވާހަކައެއް ވެސް ނޫނެވެ. އެހެން ނަމަވެސް ރާއްޖޭގެ ޙާލަތު މިއޮތީ މިފަދަ ވާހަކަތައް ނުދައްކައި ދޫކޮށްލެވޭ ގޮތަކަށް ނޫނެވެ.

ދިވެހި ފުލުހުންނޭވެ. ތިޔަ ބޭފުޅުންނަކީ ރައްޔިތުން ޤަދަރުކުރާ ބަޔެކެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ރައްޔިތުން އުއްމީދުކުރާ ބަޔެކެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ފެނުނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. ކާނަލް ނާޒިމް ޖަލުގައި އެހުންނަވަނީ ގައިމު ފުލުހުންގެ ސްވޮޓާއި އެސްއޯގެ ތެރެއިން ގޯހެއް ހަދައިގެން ނޫންތޯއެވެ. ކުރީގެ ނާއިބު ރައީސް އަދީބު ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ކޮރަޕްޝަންގެ ވާހަކަ ދެއްކެވީ ހަމަ މިސަރުކާރުން ނޫންތޯއެވެ؟ ކޮމިޝަނަރ އޮފް ޕޮލިސްކަމުން ހުސެން ވަހީދު ދުރުކުރެއްވީ ގައިމު އެބޭފުޅާ ސީޕީ ކަމުގައި ހުންނެވުމަށް ވުރެ ހައުސިން މިނިސްޓްރީގައި ހުންނެވުމަށް ޤާބިލްކަމަށް ސަރުކާރަށް ފެނިގެނެއް ނޫނެވެ.

ފުލުހުން ތަބާ ވާން ޖެހޭނީ ޤާނޫން އަސާސީ އާއި ޤާނޫންތަކަށެވެ. ހަމަ ވެރިޔަކު ވިދާޅުވާ އިރަށް އެވިދާޅުވާ ގޮތަކަށް އުޅޭކަށް ނުޖެހެއެވެ. ފުލުހުންގެ ތެރޭގައި މިއަދު ގިނައީ މިކަންކަން ޤަބޫލުކުރައްވާ ބޭފުޅުންނެވެ. ފުލުހުންގެ އިސްވެރިން ސިޔާސީ ކުލަ ޖެހިގެން އެކުރައްވާ ކަންކަމަށް ނުރުހޭ ބޭފުޅުންނެވެ. ދާދިފަހުން ފުލުހުންގެ ވެރިންގެ އަމުރަށް އިންޓަގްރިޓީ ކޮމިޝަނުގެ މަސައްކަތްތަކަށް ފުލުހުންގެ ބަޔަކު ހުރަސްއެޅި މައްސަލައިގައި އެކޮމިޝަންގެ ރައީސް ފުލުހުންގެ މައްޗަށް ޤާނޫނު ހިނގާނެކަމުގެ އިންޒާރު ދެއްވުމުން އެބޭފުޅާ ވެސް މަޤާމުން ވަކިކުރެއްވީއެވެ. މިއީވެސް ފުލުހުންގެ ގިނަ ބަޔަކު ރުހިގެން ތިބިކަމެއް ނޫނެވެ.

ފުލުހުންނަކީ ރައީސް ޔާމީނާއި ސަރުކާރަށް ޚިދުމަތް ކުރާ ބައެއްގެ ބަދަލުގައި ރައްޔިތުންނާއި ދައުލަތަށް ޚިދުމަތްކުރާ ބަޔަކަށް ވާން ޖެހެއެވެ. އަޅުގަނޑުމެން ދައްކާ ޓެކްސް ފައިސާއިން ތިޔަބޭފުޅުންނަށް އަހަރަކު ބިލިއަނެއްހާ ރުފިޔާ މިދެނީ ހަމައެކަނި ނޫކުލައިގެ ޔުނިފޯމް ލައިގެން މާލޭގެ މަގުތަކުގައި ދެކޮޅަށް ސައިކަލުގައި ނުވަތަ ވެހިކަލްގައި ދުއްވާކަށް ނޫނެވެ. ނުވަތަ ހަމައެކަނި މާލޭގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭކަށް ނޫނެވެ. ޓެކްސް ދެއްކުމުގައި މާލޭގައި ދިރިއުޅޭ މީހުންނެކޭ މަޑަވެލީގައި ދިރިއުޅޭ މީހުންނެކޭ ވަކި ތަފާތެއް ނެތެވެ. އެހެން ކަމުން ފުލުހުންގެ ޚިދުމަތް ހޯދަން މާލޭގައި ދިރިއުޅޭ މީހުން ފުލުހުންގެ ހުރިހާ ޚަރަދެއް ކުރަން ނުޖެހޭ ފަދައިން އެ ޚިދުމަތް ހޯދަން މަޑަވެލީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށް ނުވަތަ ރައްޔިތުންގެ އަތުން ޚަރަދުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ފުލުހުންނަކީ ހަމައެކަނި ސިޔާސީ މީހުން ހިމާޔަތްކުރަން ތިބެންޖެހޭ ބައެއް ނޫނެވެ. ރަށުފުށުގައި ދިރިއުޅޭ އެންމެ އާދައިގެ މީހާ އަށް ވެސް ފުލުހުން ޚިދުމަތް ކޮށްދޭންޖެހެއެވެ. ހިމާޔަތް ހޯދައިދޭންޖެހެއެވެ. ބިލިއަން ރުފިޔާގެ ބަޖެޓަކީ ހަމައެކަނި ސިޔާސީ މީހުން ދައްކާ ޓެކްސް އިން ހޯދާފައިސާއެއް ނޫނެވެ. އެއީ އާންމު ރައްޔިތު މީހާ ވެސް ދައްކާ ފައިސާ އިން ދައުލަތަށް ލިބޭ އާންމުދަނީން ކަނޑައަޅާ ބަޖެޓެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު