Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރާ ދެކޮޅަށް އަޑު އުފުލުން

މާލޭގައި ހިނގަމުންދާ އިހުތިޖާޖުތަކާ ގުޅިގެން، ކައުންސިލުގެ ދެ މެންބަރުންގެ ހުށަހެޅުމެއް ސިޓީ ކައުންސިލަށް

މި ހުށަހެޅުމުގައި، އިންސާފަށް އެދި ކުރެވޭ އިހުތިޖާޖުތަކަށް މާލޭގެ މަގުތަކާއި، ހުސްޖާގަތަކާއި، ޕާކުތައް ހުޅުވިފައިވާކަން އޮޅުންފިލުވައިދިނުމަށާއި، މި ހަރަކާތްތަކަތަކަށް ހުރަސްނޭޅުމަށް ސަރުކާރަށް ގޮވާލުމަށް ބާރުއަޅާފައިވޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2025 | އާދީއްތަ 09:24
ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިޙް

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިޙް

މާލޭގައި ހިނގަމުންދާ އިހުތިޖާޖުތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ މައްޗަށް އަދާކުރަންޖެހޭ ވާޖިބުތަކެއް ހުރިކަމަށް ފާހަގަކޮށް، މިފަދަ އިހުތިޖާޖުތަކަށް ހިތްވަރުދީ އެހީތެރިވުމަކީ އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ އަޚްލާޤީ، ސިޔާސީ އަދި ޤައުމީ ވާޖިބެއް ކަމަށް ބުނެ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ދެ ކައުންސިލަރުންގެ ހުށަހެޅުމެއް ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިޙް އާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުޙައްމަދު ފާއިޒު މި ހުށަހެޅުން ހުށަހަޅާފައިވަނީ، 18 އެޕްރީލް 2025 ވަނަ ދުވަހު ފުރާޅެއްގެ މަތިން ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާގެ މައްސަލައާ ގުޅިގެން މާލޭގައި ހިނގަމުންދާ އިހުތިޖާޖުތަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement
އެޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު ހެންވޭރު މިޓާޒް ގޭ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާއި ގުޅިގެން ކުރިއަށްދާ މުޒާހަރާ
އެޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު ހެންވޭރު މިޓާޒް ގޭ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާއި ގުޅިގެން ކުރިއަށްދާ މުޒާހަރާ

މި ހުށަހެޅުމުގައި، އިންސާފަށް އެދި ކުރެވޭ އިހުތިޖާޖުތަކަށް މާލޭގެ މަގުތަކާއި، ހުސްޖާގަތަކާއި، ޕާކުތައް ހުޅުވިފައިވާކަން އޮޅުންފިލުވައިދިނުމަށާއި، މި ހަރަކާތްތަކަތަކަށް ހުރަސްނޭޅުމަށް ސަރުކާރަށް ގޮވާލުމަށް ބާރުއަޅާފައިވެއެވެ. އަދި މައްސަލައިގެ ތަޙުޤީޤު ދެފުށްފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، މިނިވަން އިންކުއަރީއެއް ހިންގުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ އިހުތިޖާޖުތަކަށް ހިތްވަރުދީ އެހީތެރިވުމަކީ އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ އަޚްލާޤީ، ސިޔާސީ އަދި ޤައުމީ ވާޖިބެކެވެ. އަދި މާލެ ސިޓީ ކައުންސިލަކީ މާލޭގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަމާއި އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ މައްޗަށް މަސްއޫލުވެފައިވާ އިންތިޚާބީ މުއައްސަސާއެއްކަން ފާހަގަކޮށްފައިވެއެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން ސިޓީ ކައުންސިލުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު