Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ބަނދަރު އައްބާސްގައި ހިނގި ގޮވުމެއްގައި އަށް މީހުން މަރުވެއްޖެ

ކެމިކަލް ގޮވުމެއްގައި އަށް މީހަކު މަރުވެފައިވާއިރު، އެ ހާދިސާގައި 700 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އެޕްރީލު 2025 | އާދީއްތަ 04:39
ބަނދަރު އައްބާސްގައި ހުންނަ ޝާހިދު ރާޖައީ ޕޯޓުގައި ގޮވުމުން ދުން އަރަނީ

ބަނދަރު އައްބާސްގައި ހުންނަ ޝާހިދު ރާޖައީ ޕޯޓުގައި ގޮވުމުން ދުން އަރަނީ

އީރާންގެ އެންމެ ބޮޑު އެއް ބަނދަރު ކަމަށްވާ، ބަނދަރު އައްބާސްގައި ހިނގި ގޮވުމެއްގައި އަށް މީހަކު މަރުވެއްޖެ އެވެ.

ބަނދަރު އައްބާސްގެ ޝަހީދު ރަޖާއީ ސަރަހައްދުގައި ހިނގި ކެމިކަލް ގޮވުމެއްގައި އަށް މީހަކު މަރުވެފައިވާއިރު، އެ ހާދިސާގައި 700 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފަ އެވެ.

އީރާންގެ ކްރައިސިސް މެނޭޖްމަންޓް އޯގަނައިޒޭޝަންގެ ތަރުޖަމާނު ހުސެއިން ޒަފަރީ ވިދާޅުވެފައިވާ ގޮތުގައި، އެ ހާދިސާ ދިމާވެފައި ވަނީ ކޮންޓެއިނަރު ތަކެއްގައި ހުރި ކެމިކަލްތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ކަމަށެވެ. 

އެހެން ނަމަވެސް، އީރާން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި އެ ގޮވުން ހިނގަން މެދުވެރި ސަބަބު ކަނޑައެޅިގެން ހޯދިފައި ނެތެވެ. 

މި ހާދިސާ ހިނގީ އީރާނާއި އެމެރިކާގެ މެދުގައި އޮމާންގައި ކުރިއަށްދާ ނިއުކްލިއަރ މަޝްވަރާތަކުގެ ތިން ވަނަ ބުރު ފެށިގެން ދިޔަ ވަގުތުގަ އެވެ.

ނަމަވެސް މި ދެ ކަމުގެ ދެމެދުގައި ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ މި ހާދިސާ ތަޙުޤީޤު ކުރުމަށް އަމުރު ކުރައްވާފައި އެވެ. އަދި އެ ސަރަހައްދަށް ފޮނުއްވި އެތެރޭގެ ވަޒީރު ވިދާޅުވި ގޮތުގައި އަލިފާން ނިއްވުމާއި އެހެން ސަރަޙައްދުތަކަށް ފެތުރުނަ ނުދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު