Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ދަރިވަރުން

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކުދިން ރައީސް މުއިއްޒުއާއި ބައްދަލުކުރަން ނުދާނެކަމަށް ބުނެފައިވަނީ ރައީސް އެ ގައުމަށް ވަޑައިގަންނަވަން ތައްޔާރުވެފައި ވަނިކޮށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 26 އެޕްރީލު 2025 | ހޮނިހިރު 16:24
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު: މެލޭޝިއާގައި ކިޔަވާކުދިން ވަނީ ރައީސް އާއި ބައްދަލުނުކުރަން ނިންމާފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު: މެލޭޝިއާގައި ކިޔަވާކުދިން ވަނީ ރައީސް އާއި ބައްދަލުނުކުރަން ނިންމާފައި

މެލޭޝިއާގައި ރާއްޖެއިން ކިޔަވަން ގޮސްތިބި ކުދިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލުނުކުރަން ނިންމައިފިއެވެ.

މެލޭޝިއާގައި ތިބި ރާއްޖޭގެ ކިޔަވާކުދިން ރައީސް މުއިއްޒުއާއި ބައްދަލުނުކުރަން ނިންމީ އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑަައިގަންނަވަން ތައްޔާރުވެފައި ވަނިކޮށެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގަންނަވާނީ އަންނަ އާދިއްތަދުވަހު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން މިދިއަ ބުރާސްފަތި ދުވަހު ބުނީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު، މި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އާދިއްތަ ދުވަހު ރައީސް މެލޭޝިއާއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާއިރު، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުއްޖަކު "ރާއްޖެ އެމްވީ" އަށް ބުނީ މެލޭޝިއާގައި ކިޔަވަން ތިބި އެއްވެސް ކުއްޖަކުން ރައީސް މުއިއްޒުއާއި ބައްދަލުކުރަން ނުދާނެ ކަމަށެވެ. އަދި އެތަނުގައި ތިބި ހުރިހާ ކުދިންވެސް މިހާރު އެގޮތަށް އެއްބަސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ހުރިހާ ކުދިން ވެސް ރައީސް މުއިއްޒާއި ބައްދަލުކުރުމަށް ދެކޮޅު ހެދުމުން މިހާރު މެލޭޝިއާގައި ހުންނަ އެމްބަސީއިން އެކުދިންނަށް ގުޅާފައި ރައީސް އާއި ބައްދަލުކުރުމަށް ދާނަންތޯ އަހަމުން އަންނަ ކަމަށެވެ. އަދި އެމްބަސީ އިން ގުޅާފަ އެހެން އެހުމުން ހުރިހާ ކުދިން ވެސް ނޫނެކޭ ބުނާކަމަށް ވެސް އޭ ނާ ކިޔައިދިންނެވެ.

މެލޭޝިއާގައި ކިޔަވަންތިބި ކުދިން މިހާރު ރައީސް މުއިއްޒުއާއި ބައްދަލުނުކުރާ ގޮތަށް ތިބީ. އެންމެން ވެސް ތިބީ ހަމަ އެހެން. އަދި މިކަން އެމްބަސީއަށް އެނގިގެން އެމްބަސީންވެސް ގުޅާފަ އާދޭސް ކުރަނީ. އެއްވެސް ކުއްޖަކު އޯކޭ އެއް ނުދޭ ދާކަށް. ދެން އެހެން ބުނީމަ އޯކޭ އޭކިޔާފަ ފޯނު ކަނޑާލަނީ
މެލޭޝިއާއިން ވާހަކަ ދެއްކި ދިވެހި ކިޔަވާކުއަޖެއް

އާދިއްތަ ދުވަހު ރައީސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގަންނަވަން ނިންމި އިރު، މިއީ، ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރައީސްގެ މި ދަތުރުފުޅުގައި މަލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، ދަތިވާ ކަންކަން ދެނެގަތުމަށް ހާއްސަ ބައްދަލުކުރެއްވުމެއް ވެސް ބާއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު