Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސީޕީ ސުޖާއަށް: އިތުރަށް ފުލުހުންނަށް ކުޑައިމިސްވިޔަ ނުދީ އަވަހަށް އިސްތިއުފާ ދެއްވާ

ކުރިން ސުޖާއަކީ އިހްތިރާމް ލިބިފައިވާ ފުލުހެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 24 އެޕްރީލު 2025 | ބުރާސްފަތި 10:52
ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން         24/އޭޕްރީލް 2025

ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން 24/އޭޕްރީލް 2025

ޕޮލިސް ކޮމިޝަނަރ އަލީ ސުޖާއަށް

ވެދުން ސަލާމްއަށްފަހު ދަންނަވަމެވެ.

ތިޔަ މަގާމަށް މަނިކުފާނު އައްޔަން ކުރުމާއެކު އެންމެ އުފާވި އެކަކީ އަޅުގަނޑެވެ. މަނިކުފާނުގެ އަޚްލާގާއި، މަނިކުފާނުގެ ލަޔާގަތާއި ގާބިލއްޔަތު އަދި ކެރުންތެރިކަން ފެނިފައިވާ މީހެއްގެ ހައިސިއްޔަތުންނެވެ. މަނިކުފާނާއެކު ތިޔަތަނަށް ލިބޭނެ ކުރިއެރުންތަކާމެދު ނުހަނު ހިތްހަމަޖެހިފައި ހުރީމެވެ.

ނުހަނު އިހްތިރާމް ކުރާ ސީޕީ ސުޖާއެވެ!. އެކަމަކު ކަމަކަށްފަހު ކަމަކުން މަނިކުފާނު ފެއިލްވެ ކުރިން ހީކުރެވުނު ހީކުރެވުން މިހާރު އެފުށް މިފުށަށް ޖެހިއްޖެއެވެ. ވަރަށް އާދައިގެ ކަންކަމުގައި މަނިކުފާނަށް ކަންކަކުރެވުނު ގޮތުން އެއިތުބާރު އެއްކޮށް ގެއްލިއްޖެއެވެ.

ސުޖާއެވެ. އަހަރެން މިބުނަނީ ސަބަބުވެރި އިންސާނަކަށްވެސް މިއީ ދިމާ ތެދުހަގީގަތްކަން ހާމަކުރާން ހަމަ އެންމެ ދެކަމެއް ފާހަގަ ކޮށްލާނަމެވެ.

ސުޖާއެވެ. ރައީސް ޔާމީންގެ ޕީއެންއެފް އުފައްދާން ބާއްވަން އުޅުނު ޖަލްސާ ބޭއްވިޔަނުދީ ފުލުހުން ހުރަސްއެޅިއެވެ. އެޖަލްސާއަށް ވަންނާން އުޅުނު މީހުންނާ ބަނޑުމުސާރައަށް ބައްދައިގެންވެސް ވަނަނުދީ ފުލުހުން އެމީހުން ހިފެހެއްޓިއެވެ.

ސުޖާއެވެ. އާޚިރުގައި ގޯސްވީ އެތަނަށް ދިޔަ އާދައިގެ ފުލުހުންކޮޅެވެ. ކުށްކުރިކަމަށްވީ އެމީހުންނެވެ. އެމީހުންނަށް އޯޑަރުދިން މީހުންނަކާ ވާކަމަކަށް ނުވިއެވެ. އެއީ މަނިކުފާނުގެ ފެށުމެވެ. ޓެސްޓްކޮށްލި ފުރަތަމަ ފަހަރެވެ. ސީދާ ސަރީހަކޮށް އެޓެސްޓުން މަނިކުފާނު ބޮޑުތަނުން ފެއިލްވީއެވެ.

ނުހަނު ގާތްކޮށް ދެކޭ ސީޕީ ސުޖާއެވެ. ދެން އޮތީ މިހާރު ތިޔަ ހިނގައިގެންއުޅޭ ޒުވާނާ ވެއްޓުނު ހާދިސާއެވެ. އޭގެ ކުރިއަށްދިޔަ ކަންކަމުގެ ވާހަކަތައް ގަސްދުގައި ދޫކޮށްލާނަމެވެ. ވަގުތު ސަލާމަތްކުރުމަށެވެ.

ސުޖާއެވެ. ނިކަން ރަނގަޅަށް ވިސްނާލަބަލާށެވެ. ހަރުތާކު އިށީނދެ މަމިބުނާ އެއްޗަކާމެދު ނިކަން ފިކުރު ހިންގާލަބަލާށެވެ. ތިޔަކަމަކީ އާދައިގެ ކަމެއް ނޫނެވެ. ސީދާ އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. އެކަމުގައި ފުލުހުން އިހުމާލުވިއްޔެކޭ ނުވަތަ އެއީ ކިހިނެއް ހިނގިކަމެއްތޯވެސް އަހަރެން ބުނާކަށް ނެތީމެވެ. އެކަމަކު ރޯމާ ދުވާލު ތިޔަ ދެއްކެވޭ ވާހަކަތަކުން ހާމަވާ ހަގީގަތް މާބޮޑަށް އެދަނީ ސާފުވަމުންނެވެ.

ސީޕީ ސުޖާއެވެ. ދިވެހި ފުލުހުންނަކީ ވަރަށް ކުޅަދާނަ އެމަސައްކަތުގައި ނުހަނު ފުންނާބު އުސް ބައެކެވެ. ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ އެހާމެމޮޅު ކުދިން ތިޔަތަނުގައި މަސައްކަތް ކުރެއެވެ. އެހާމެ ޕްރޮފެޝަނަލް ބައެއްވެސް މެއެވެ. އެކަމަކު ތިޔަ ކަމެއްގައި ތިޔަކަންކުރާގޮތުން ހުތުރުވެގެންދަނީ ސުޖާއަށާއި މުޅި ފުލުހުންގެ މުއައްސަސާއަށެވެ. އާދައިގެ ފުލުހުންނަށެވެ. ހީވާގި އަދި ކެރޭ މޮޅު އައިއޯއިންނަށެވެ. ތިޔަ ދައްކަވާ ވާހަކަތަކުން އެމީހުންނަށް ތިޔަ ރައްދުވަނީ ވަރަށް ބޮޑު ކުޑައިމިސް ކަމެކެވެ. ތިޔަ ބުނެވެނީ އެތަނަށްދިޔަ ފުލުހުންނަށް އެންމެ އާދައިގެ ކަންކަން ވެސް ނޭނގޭ ކަމަށް ހެއްޔެވެ.

ސުޖާއެވެ. މިހެން ނުބުނެވޭނެ ހަމައެއްވެސް ސަބަބެއް ނެތެވެ. ތިޔަކަމުގައި ތުހުމަތު ކުރެވުނު ބަޔަކު ހާޒިރުކޮށް ބަޔާން ނެގުނުއިރުވެސް އެމީހުންނަކީ ކޮންތާކު އުޅޭ ކާކުކަން ނޭނގުނު ވާހަކަ ތިޔަބުނަނީ އަމިއްލައަކަށެވެ. ގަޓުވެލާފައި އެމީހުން ފުލުހުންނަކަށް އެއްބާރުލުމެއް ނުދޭނަމޭ ބުނީމާ ތިޔަތިބީ ހެދޭނެ ގޮތެއް ނެތިގެންނެވެ. ތިޔަކަން ހިނގި ގޭގެ ނަންފިލާގަނޑުގައި އޮތް އެއްޗެއް އައިއޯއަށް ނޭނގޭ ވާހައެވެ. އެކަން ހިނގިތާ ހަތަރު ފަސްދުވަހެއް ވެގެންދާއިރު އެކަމަށް ބޭނުންވާ ކޯޓު އަމުރު ނުލިބިގެން އައިއޯ ގޮތްހުސްވެފައި ތިބި ވާހަކައެވެ. މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ބަޔަކު ގެންގޮސް ހައްޔަރުކޮށްލުމުގެ ބާރެއްވެސް ނެތްކަމަށް ތިޔަވަނީ އިއުތިރާފް ވެވިފައެވެ. ސީދާ ހާމަޔަށް ބަދުއަޚްލާގީ އަމަލު ހިންގާތީ ފެނުނުއިރުވެސް ތިޔަބުނެވެނީ އެމީހާ އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާފައި ބެހެއްޓުން ނޫން ގޮތެއް ނެތްކަމުގެ ވާހަކައެވެ. ވެއްޓުނު މީހާއަށް ލިބުނު ގެއްލުމާ އެމީހާގެ ކޮންމެހެންވެސް ހަދަންޖެހޭ ޓެސްޓްތަކެއްގެ ރިކުއެސްޓް ކޮށްލަން ނުކެރުނު ވާހަކައެވެ. ކަންހިނގިގެ ބަލާ ފާސްކޮށްލަން ނުކެރި ފަހަތުފަޔަށް ބުރަވެފައިތިބި ވާހަކައެވެ.

ސީޕީ ސުޖާއެވެ. މީގެ ކުރީގައި ބަސްބުނި ހިނދުން މީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ. މުޒާހަރާތަކުގައި މީހަކު ދެއްކި ވާހަކައަކުން އެމީހަކު ބަރަހަނާކޮށް ފޮޓޯނަގަންވެސް ވަނީ ހުއްދައާއި އަމުރު ލިބިފައެވެ. ހައްޔަރުކުރެވޭ މީހާ ބުނާ މީހުންގެ ނަންތައްވެސް ފޮޓޯއާއެކު ހިނދުން ހިދަށް އާއްމުކުރިއެވެ. މައްސަލައިގެ ހަމަ އެންމެ ކުރީކޮޅުއެވެ.

ސުޖާއެވެ. ނުފޫޒެއްނެތޭ ހުރަސްއަޅާނެ މީހަކު ނެތޭ ބުނާއިރު މީހުން އެދައްކަނީ އާދައިގެ ވާހަކަތަކެއް ނޫނެވެ. ސަރުކާރުގެ ބޮޑުންތަކެއްގެ ދިފާއުގައި ނުވަތަ އެފަދަ ބަޔަކު އެކަމުގައި ހިމެނޭތީ ފަހަތުފަޔަށް ބުރަވުމަކީ ސުޖާއާ އެއްގޮތަކަށްވެސް އެކަށޭނަ ކަމެއް ނޫނެވެ. އެންމެ އާދައިގެ ފުލުހުންނަށް އެކަމުގެ ކުޑައިމިސް ރައްދުވާފަދަ ގޮތަކަށް ކަންކުރާންޖެހޭ ސަބަބެއްވެސް ނުމެނޫންމެއެވެ.

ސުޖާއެވެ. އެއަށްވުރެ އަހަރެން ދަންނަ ސުޖާ މާ ޕްރޮފެޝަނަލް ވެފައި ގާބިލްވާނެއެވެ. ތިޔަމުއްސަސާގައިތިބި ފުލުހުން އެއަށްވުރެ ކުޅަދާނަވެފައި ކޮށްގެންތިބި ހުވަޔަށް އިހްތިރާމް ކުރަން ބޭނުންވާނެއެވެ. ނޯ ސަރއެއް ބުނަން އެކުދިން ކެރޭކަން މީގެ ކުރިންވެސް ވަނީ ސާބިތުކޮށްދީފައެވެ

ސުޖާއެވެ. އެހެންކަމުން ތިޔަކަމެއްގައި ފިތިގެން ހުރުމުގެ ބޭނުމެއްނެތެވެ. ހިތްވަރުގަދަ ކެރޭ ފުލުހުންގެ ނަމަށް ހުތުރުވާނޭ ގޮތަކަށް ކަންވިޔަދިނުން ރަނގަޅެއް ނޫނެވެ. މީހުންގެ ހަޅޭކާއި އާއްމުންގެ ފުރައްސާރަ އެކުދިންނަށާއި ސުޖާއަށް ރައްދުވުމަށް ޖާގަ ދިނުމަކީ ސަޅި ކަމެއް ނޫނެވެ. ސުޖާއަކީ އެވަރުގެ ފިނޑިއަކަށް މީގެ ކުރިން ވެފައި ނުވާތީއެވެ.

ސުޖާއެވެ. އަދިވެސް މަ ބުނާނަމެވެ. ސުޖާއަކީ އެއަށްވުރެ މާ ގާބިލް ހަމަޔާ އިންސާފް ގަބޫލު ކުރާނެ އަދި ކޮންމެކަމެއް ވަރިހަމަވެގެން ހުންނަން ޖެހޭވަރުގެ މީހެއް ނޫނެވެ. އަދި އާދައިގެ ފުލުސްމީހާއަށް އެފަދަ ދެރަގޮތެއްވުކަމަށްވެސް އެދޭނެ މީހެއްނޫންކަން މަށަށްހަމަ ކަށަވަރެވެ. އެހެންކަމުން އެންމެ ރަނގަޅުވާނީ އަވަހަށް ރީތިގޮތުގައި ތިޔަކަމުން އެކަހެރިވެލިއްޔާއެވެ. ފަސްބައި އިތުރަށް ހަޑިވިޔަނުދީ ތިޔަތަނުން ސަލާމަތްވިއްޔާއެވެ. ރީތިގޮތުގައި އިސްތިއުފާ ދީފައި ވަޑައިގެންނެވިއްޔާއެވެ. މަމިހެން މިބުނަނީ ހަމަ ސުޖާއާ އޮންނަ ގާތްކަމެއްގައި ސުޖާއަށް ރަނގަޅަކަށެވެ. ބެދޭމަޅި ނުފެންނަނީސް އަވަހަށް ހޭވެރިވުމަށް އެދޭތީއެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާތީއެވެ. އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެތީ ކަރުތާފެނަށް ނުގެނބެނީސް އަވަހަށް ހިކިފަސްތަނަކަށް އެރުމަށެވެ. އަހަރެންހާ ގާތް މީހެއްގެ މި ނަސޭހަތް އަހާނެކަމަށް ހީކުރަމެވެ. ވަރަށް ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުފުލުގައި ސްޓިކާޖެހުން: ސަރުކާރަށާއި، ފުލުހުންނަށް އެތަށް ފާޑުކިޔުމެއް!

ފުލުފުލުގައި ސްޓިކާޖެހުން: ސަރުކާރަށާއި، ފުލުހުންނަށް އެތަށް ފާޑުކިޔުމެއް!

10 ޖެނުއަރީ 2020
އުފާވެރި ޗުއްޓީ އިތުރަށް އުފާވެރި ކޮށްލުމަށް މިކަންކަމަށް ސަމާލުކަންދީ!

އުފާވެރި ޗުއްޓީ އިތުރަށް އުފާވެރި ކޮށްލުމަށް މިކަންކަމަށް ސަމާލުކަންދީ!

24 ނޮވެމްބަރު 2019
ފުލުހުންނަށް އިތުބާރެއް ނެތް، އެކަމަކު ބޮޑެތި ބާރުތަކެއް؟!

ފުލުހުންނަށް އިތުބާރެއް ނެތް، އެކަމަކު ބޮޑެތި ބާރުތަކެއް؟!

13 ސެޕްޓެމްބަރު 2019
އަނިޔާކުރާ ފުލުހުންނަށްވެސް ޖިނާއީ މިންގަނޑުން ދައުވާ ކުރަން ޖެހޭ!!

އަނިޔާކުރާ ފުލުހުންނަށްވެސް ޖިނާއީ މިންގަނޑުން ދައުވާ ކުރަން ޖެހޭ!!

06 ޖުލައި 2019
ރަށްވެހި ތަރައްގީ ފޮތުން ސަރުކާރު އިތުރަށް ފަލީހަތް!

ރަށްވެހި ތަރައްގީ ފޮތުން ސަރުކާރު އިތުރަށް ފަލީހަތް!

24 ޖުލައި 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު