Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަށްވެރި ތަރައްގީ

ރަށްވެހި ތަރައްގީ ފޮތުން ސަރުކާރު އިތުރަށް ފަލީހަތް!

ބައެއް މަޝްރޫއުތަކަށް އެކަށީގެންނުވާ ވަރަށް ހޭދަކޮށްފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 24 ޖުލައި 2018 | އަންގާރަ 19:34
ރަށްވެހި ތަރައްގީ ފޮތުގެ ބޭރުގަނޑު

ރަށްވެހި ތަރައްގީ ފޮތުގެ ބޭރުގަނޑު

ސަރުކާރުން ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައްޔިތުންނަށް ކުރިއެރުމާއި ލާބަ އާއި މަންފާއަށްޓަކައި ކޮށްފައިވާ ކަންކަން ފާހަގަކޮށް ފޮތެއް ނެރެފައެވެ. ފޮތުގައި ތަފްސީލީ ގޮތެއްގައި ރަށްރަށުގައި ކޮށްދީފައިވާ ކަންކަން ވަނީ ހާމަކޮށްފައެވެ. ހަމައެކަނި މަޝްރޫއުތަކެއް ނޫނެވެ. އަގުތައް ވެސް ވަނީ ހާމަކޮށްފައެވެ. ބަލާލަން ފޮތް ވަރަށް ރީއްޗެވެ. ނަމަވެސް އާންމު މީހަކަށް އެއީ ހަމައެކަނި އަދަދުތަކުން ފުރިގެންވާ ހާސަރުތަކެކެވެ. މާބޮޑު އެއްޗެއް ދޭހައެއް ނުވާނެއެވެ. މަތިމަތިން ކިޔާލައިފި ނަމަ "ސަރުކާރުން ހާދަހާވާ މަސައްކަތެއް ކޮށް ރައްޔިތުންނަށް ހާދަހާވާ ގިނަ ކަންކަން ކޮށްދީފައި އެބަހުއްޓޭ" ހިތަށް އަރާނެއެވެ. ނަމަވެސް އެއީ ހަމަ ހަގީގަތްތޯ ބަލާލުން ރަނގަޅެވެ. ދިރާސާގެ ނަޒަކުން ބަލައިފި ނަމަ ނިކަން ސާމާނު ފެންނާނެއެވެ.

ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކުގެ ލިސްޓްގައި އޮފީސް އިމާރާތްތައް މަރާމާތު ކުރުމާއި ފުޓްސަލް ދަނޑާއި ބަށިކޯޓު އެޅުން ވެސް ހިމަނާފައި ވެއެވެ. ބަށި ކޯޓަށް ބަލާއިރު ބަށި ނުކުޅޭ ރަށްތަށުގައި ވެސް ވަނީ ލައްކައެއްހާ ރުފިޔާ ހަރަދުކޮށް ބަށިކޯޓު އަޅާފައެވެ. އަދި މިސްކިތްތަކުގެ ވަށާފާރު ރޭނުމުން ފަށައިގެން ކުލަ ލައި ބިން ސާފުކުރުމަށް ދަންދެން އެފޮތުގައި އެބަހުއްޓެވެ.

"ރަށްވެހި ތަރައްގީ" އަކީ ސަރުކާރަށް ރަންގަނޑެކޭ ހީވިޔަސް އޭގެ ތަންތަންކޮޅު ނަގައިގެން ސޯޝަލް މީޑިއާގެ އަހުލުވެރިން ހީވަނީ އީދު އައިސްގެން އުޅޭހެންނެވެ. އެއްބަޔަކު ސަރުކާރުން ކޮށްދީފައި ހުރި ކަންކަން ދެއްކުމަށް ތަންތަންކޮޅު ޝެއަރ ކުރަމުންދާއިރު ސަރުކާރަށް އޮށްގާ އުކުމަށް އަނެއް ބަޔަކު ދަނީ އެ ފޮތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަމުންނެވެ. އެއީ ރައްޔިތުން ލޮލުގައި އެޅުވި އަނދުނެއް ކަމަށް ދަނީ ބުނަމުންނެވެ.

މަޝްރޫއުތަކަށް ބަލާއިރު ބޮޑެތި ފަރަގުތަކެއް ވެސް އަގުތަކުގައި އުޅެއެވެ. އެގޮތުން ގަބުރުސްތާނު ފާރު ރޭނުމުގެ މަޝްރޫޢަށް ހއ. ތުރާކުނުގައި ތިން ލައްކަ ރުފިޔާ އަށް ކުރެވުނު އިރު ގަބުރުސްތާނު ވާށާފާރު ރޭނުމުގެ މަސައްކަތް ހއ. ދިއްދޫގައި ކުރުމަށް 3.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެއް އަތޮޅެއްގައި ގާތްގާތުގައި އޮތް ދެ ރަށުގައި އެއް ޒާތެއްގެ މަޝރޫއަކަށް ހޭދަވި އަދަދުގައި މިހާ ބޮޑު ފަރަގެއް އޮތީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.

ހިނގަމުންދާ މަޝްރޫއެއްގެ ގޮތުގައި ފީވަކުގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއުއެއްގެ ގޮތުގައި ހިމަނާފައިވެއެވެ. އެހެން ނަމަވެސް ށ. އަތޮޅު ކައުންސިލުން ބުނީ 13 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުގައި ހިމަނާފައިވާ އެ މަޝްރޫއު ވީތަނެއް ނޭނގޭ ކަމަށެވެ. ޔަގީނުން ވެސް "ރަށްވެހި ތަރައްގީ" ފޮތުގައި އެބުނާ މަޝްރޫއެއް އެ ރަށަކު ކުރިއަކަށް ނުދެއެވެ. މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ކައުންސިލުން ބުނެއެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ "ސްޕޯޓްސް އެރީނާތައް" ގާއިމް ކުރުމެވެ. ސްޕޯޓްސް އެރީނާއޭ ބުނުމުން ގިނަ ބަޔަކަށް އެއީ ގިނަ ވަސީލަތްތަކެއް ހިމެނޭ މާސިންގާ ތަނެކޭ ހީވެދާނެއެވެ. އެހެން ނަމަވެސް އެރީނާގެ ގޮތުގައި ރަށްރަށުގައި އާންމު ގޮތެއްގައި ގާއިމް ކުރެވިގެންދަނީ ފުޓްސަލް ދަނޑާއި ބަށިކޯޓާއި ނެޓްބޯޅަ ކޯޓާއި ވޮލީ ކޯޓެވެ. މި ތަންތަނަށް ބަލާއިރު ވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ އަގުތަކުގެ ތަފާތެވެ.

ހއ. އުލިގަމުގައި ފުޓްސަލް ދަނޑެއް އެޅުމަށް ހަތް ލައްކަ ރުފިޔާ ހަރަދުވި އިރު ޖެހިގެން އޮތް ކެލާގައި ފުޓްސަލް ދަނޑެއް އެޅުމަށް 1.4 މިލިއަން ރުފިޔާ ހަރަދުވެފައި ވެއެވެ. ހދ. ނައިވާދޫގައި ފުޓްސަލް ދަނޑެއް އެޅުމަށް 1.2 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު ރ. ރަސްމާދޫގައި ފުޓްސަލް ދަނޑެއް އެޅުމަށް ހޭދަކޮށްފައި ވަނީ 6 ލައްކަ ރުފިޔާއެވެ. މީގެ އިތުރުން ޅ. ހިންނަވަރުގައި ފުޓްސަލް ދަނޑެއް އެޅުމަށް 1.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އއ. މަތިވެރީގައި ފުޓްސަލް ދަނޑެއް އެޅުމަށް ހޭދަކޮށްފައި ވަނީ ތިން ލައްކަ ރުފިޔާއެވެ. އަގު ބޮޑުވުމުން މިބަލަނީ ފެންވަރު ރަގަޅުވާނެ ކަމަށެވެ. ނަމަވެސް ބަލާ ބެލުމަށް މި ހުރިހާ ތަނެއް ހުންނަނީ އެއްކަހަލަ ގޮތަކަށެވެ. ނަމަވެސް އަގުތަކަށް ތަފާތު އައިސްފައި ވަނީ ކިހިނެއް ކަމެއް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. ރ. ރަސްމާދޫ އާއި ހދ. ނައިވާދޫއަށް ބަލާއިރު މިއީ ގާތްގަނޑަކާށް އެއްވަރު ދެރަށެވެ. އެގޮތުން ރަސްމާދޫގެ އާބާދީ އަކީ 870 އަށް ވާއިރު އެ ރަށުގައި ދިރިއުޅެނީ 490 މީހުންނެވެ. އަދި ނައިވާދޫގެ އާބާދީ އަކީ 850 އަށް ވާއިރު އެރަށުގައި ދިރިއުޅެނީ 340 މީހުންނެވެ. އެހެން ނަމަވެސް ނައިވާދޫގައި ފުޓްސަލް ދަނޑެއް އެޅުމަށް ރަސްމާދޫއަށް ވުރެ ދެގުނަ އިތުރަށްވަނީ ހޭދަކޮށްފައެވެ.

ބަށިކޯޓަށް ބަލާލާ އިރު ރ. މަޑުއްވަރީގައި ބަށިކޯޓެއް އެޅުމަށް 64،000ރ. ހަރަދުވެފައި ވެއެވެ. ބ. ހިތަދޫގައި ބަށުކޯޓެއް އެޅުމަށް 82،999ރ. ހަރަދުކޮށްފައިވާ އިރު ޅ. ކުރެންދޫގައި ބަށިކޯޓެއް އަޅާފައި ވަނީ 99،676ރ. އެވެ. އާބާދީގައި 660 މީހުން ދިރިއުޅޭ ވ. ފެލިދޫގައި ބަށިކޯޓެއް އެޅުމަށް 94،626ރ. ހަރަދުކޮށްފައިވާ އިރު ފ. ނިލަންދޫގައި ބަށިކޯޓެއް ތަރައްގީ ކުރުމަށް 131،574ރ. ވަނީ ހަރަދުކޮށްފައެވެ. މީގެ އިތުރުން ފ. މަގޫދޫގައި ބަށިކޯޓެއް އެޅުމަށް 1،49،460ރ. ވަނީ ހަރަދުކޮށްފައެވެ. މީގެ އިތުރުން ބިލަތްދޫގައި ބަށިކޯޓަކަށް ގާތްގަނޑަލަށް ދެ ލައްކަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ފ. ފީއަލީގައި ބަށިކޯޓެއް އަޅާފައިވަނީ 281،300ރ. އަށެވެ. ބަށި ކޯޓެއް އެޅުމަށް ފަސްދޮޅަސް ހާސް ރުފިޔާ އިން ފެށިގެން ތިން ލައްކަ ރުފިޔާއަށް ހަރަދުކޮށްފައި ވެއެވެ. ހއ. ދިއްދޫގައި ބަށިކޯޓެއް އަޅާފައިވާ އިރު ބައްޓަކީ އެރަށުގެ ރައްޔިތުން މިހާރު ކުޅެ އުޅޭ ކުޅިވަރެއް ނޫން ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ބަށިކޯޓުގެ އަގުތަކަށް ބަލާއިރު އެންމެ ބޮޑު ހަރަދުކޮށްފައި ވަނީ ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ކުޑަ ފ. އަތޮޅުގެ ރަށްތަކުގައި ބަށިކޯޓުތައް އެޅުމަށެވެ. އެއަތޮޅުގައި ބަށިކޯޓު އެޅުމަށް ދެ ލައްކަ އިން ތިން ލައްކައިން ހަރަދުކޮށްފައިވެއެވެ.

ނެޓްބޯޅަ ކޯޓުތަކަށް ބަލާއިރު ނ. ހެނބަދޫގައި ހަ މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ލ. ކުނަހަންދޫގައި ނެޓްބޯޅަ ކޯޓެއް އަޅާފައިވަނީ އެންމެ 64،997ރ. އަށެވެ. ނަމަވެސް ނެޓް ބޯޅަ ކޯޓަކީ ވެސް އެއް ސައިޒެއްގައި ހުންނަ ތަންތަނެވެ. މި ދެރަށުގައި ނެޓްބޯޅަ ކޯޓް އެޅުމުގައި 100 ގުނަ ތަފާތު އެބަހުއްޓެވެ. ކުނަހަންދޫގައި 100 ނެޓްބޯޅަ ކޯޓު އެޅޭ ވަރަށް ހެނބަދޫ ނެޓްބޯޅަ ކޯޓަށް ވަނީ ހަރަދުކޮށްފައެވެ. ހއ. ބާރަށުގައި ނެޓްބޯޅަ ކޯޓެއް އެޅުމަށް 52،576ރ. ވަނީ ހަރަދުކޮށްފައެވެ. ހދ. ނެއްލައިދޫގައި ނެޓްބޯޅަކޯޓެއް އެޅުމަށް 37،410ރ. ހޭދަކޮށްފައިވާ އިރު ނ. މާޅެންދޫގައި ނެޓްބޯޅަ ކޯޓެއް ހެދުމަށް އެއްލައްކަ ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

"ރަށްވެހި ތަރައްގީ: ފޮތުގައި ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާ އިރު ބައެއް މަޝްރޫއުތަކުގެ އަގުތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ބައެއް މަޝްރޫއުތައް އެރަށްރަށުގައި ހިނގާކަން އެރަށުގައި ދިރިއުޅޭ ރަށްޔިތުންނަށް ވެސް ނޭނގޭކަން އެރައްޔިތުން ދަނީ ސޯޝަލް މީޑީއާގައި ވެސް އެކަންކަން ހާމަކުރަމުންނެވެ. ކޮންމެއަކަސް "ރަށްވެހި ތަރައްގީ" ފޮތުން ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން އެނގިގެން ހިނގައްޖެއެވެ. ބަށިކޯޓު، ފުޓްސަލްދަނޑު ނުވަތަ ނެޓްބޯޅަ ކޯޓަކީ އެއް މިންގަނޑެއްގައި އެއް ވަރަކަށް ތަރައްގީ ކުރާ ތަންތަނަށްވާއިރު އަގުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިއީ އިންތިޚާބަށް ސަރުކާރުން ޖެހި މަޅިއެކެވެ. މި ފޮތުގައި ހުރީ ހުސް އަދަދުތަކެކެވެ. ނުވަތަ ހަމަ ހިތަށް އެރި ނުވަތަ ބަޖެޓް ފޮތުގައި ސަރުކާރުން ޕްލޭންކޮށްފައި ހުރި މަޝްރޫއުތަކާއި މަސައްކަތްތަކެކެވެ. ހައިރާންވާންޖެހޭ ކަމަކީ ބައެއް އަމިއްލަ ވިޔަފާރިވެރިންގެ އަތުން ހޭދަކޮށްގެން ކޮށްފައިވާ ބައެއް މަސައްކަތްތައް ވެސް މި ފޮތުގައި ސަރުކާރުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމަނާފައި ވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

30 އެޕްރީލު 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު