Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ފިޔާޒަށް ބިރުދެއްކެވި މައްސަލަ

ރައީސް މުއިއްޒު، ފިޔާޒު އަށް އިންޒާރު ދެއްވި މައްސަލާގައި ޖިނާއީ ކަމަކަށް ގަބޫލުކުރެވޭ އެއްވެސް ކަމެއް ނެތް: މިނިސްޓަރު އިހުސާން

23 އެޕްރީލު 2025 | ބުދަ 08:32

25 މާޗްގައި ފިޔާޒު އަމިއްލައަށް ސެކިއުރިޓީ ބޭނުންނުވާ ކަމަށް ފުލުހުންނަށް އަންގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އެޕްރީލު 2025 | ބުދަ 08:32
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު އަށް އިންޒާރު ދެއްވި މައްސަލާގައި ޖިނާއީ ކަމަކަށް ގަބޫލުކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ރައީސް މުއިއްޒު، އަދަދު ނޫހުގެ ސީއީއޯ ފިޔާޒު އަށް އިންޒާރު ދެއްވި މައްސަލައާ ގުޅިގެން އޭނާއަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

މިސުވާލާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ނިންމުން ނިންމާފައިވާ ކަމަށާއި، އެ މައްސަލަ ބެލިއިރު، ޖިނާއީ ކަމަކަށް ގަބޫލުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ 25 މާޗްގައި ފިޔާޒު އަމިއްލައަށް ސެކިއުރިޓީ ބޭނުންނުވާ ކަމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ ތެރޭގައި ވެސް ފިޔާޒަށް ލިބުނު އިންޒާރަކާ ގުޅިގެން އެސެސްމެންޓް ހެދުމަށްފަހު ސެކިއުރިޓީ ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އެ އެލޫޓު ކުރައްވާ ސުވާލުގައި އެ ވިދާޅުވާ މައްސަލާގައި ޕްރޮސެކިއުޓަރ ޖެނަރަލް ވާނެ ނިންމެވުމެއް ނިންމަވާފައި. އެއީ އެމައްސަލަ ބެއްލެވިއިރުގައި އެ މައްސަލާގެ ތެރޭގައި ޖިނާއީ ކަމަކަށް ގަބޫލުކުރެވޭ އެއްވެސް ކަމެއް އޭގެ ތެރޭގައި ނެތް ވާހަކަ. އެހެންވުމާ ގުޅިގެން އޭގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ވެސް ފާހަގަނުކުރެވޭ އެ ބާވަތުގެ އެއްވެސް ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން އޭގެކުރިން ހަމަ އެ ނޫސްވެރިޔާއަށް އެ މީގެ ކުރީގައި އެ އަޅުގަނޑު ހަނދާންވަނީ 2023 ވަނަ އަހަރުގައި ބިރު ދެއްކި މައްސަލައެއް އެ ނޫސްވެރިޔާއަށް އޮތް ތްރެޓެއް އެސެސްމަންޓެއް ހަދާފައި މިހާލަތުގައި އެނޫސްވެރިޔާގެ ބަޔާނެއްގައި މިކަހަލަ އެއްޗެއް ވިދާޅުވީމަ އަޅުގަނޑުމެންވާނެ ސެކިއުރިޓީ ފޯރުކޮށްދޭން ފަށާފައި.
ހޯމް މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރު އިހުސާންގެ މިވާހަކާތަކާ ގުޅިގެން އިތުރަށް މެންބަރު މީކާއީލް ވަނީ، ފުލުހުންގެ މުއައްސަސާގައި ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން ސިޔާސީ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކާ އާރާބާރު ހުރި ފަރާތްތަކުގެ އާއިލާތަކުގެ ތަހުގީގުތަކުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރަށް ފުލުހުންނަށް ނުފޫޒު ނުފޯރުވޭކަން ކަށަވަރު ކުރަނީ ކިހައި މިންވަރަކަށްތޯ ސުވާލު ކުރައްވާފައެވެ.

މިސުވާލަށް މިނިސްޓަރު އިހުސާން ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ހިނގާދިޔަ ސަފާރީ ކޭސްގައި ކަން ހިނގާ ދިޔަ ގޮތަށް މިހާރު ކަންކަން ނުހިނގާނެ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ފުލުހުންގެ އިދާރާއަށް ރައީސް މުއިއްޒު ވެސް، ދައުލަތުގެ އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވާނެ ކަމަށާއި، އެއީ ކަށަވަރު ކުރެވިފައިވާ ކަމެއް ކަމަށެވެ. އަދި ފުލުހުން ބަލަމުންދާ މައްސަލައަކަށް ވެސް އިރުޝާދު ނުދޭނެ ކަމަށާއި، މިނިވަންކަމާއެކު އެ ތަހުގީގު ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ލިބޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް