Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގައި އިތުރު ބަޔަކު ޝަހީދުކޮށްލުން

ފަލަސްތީނުގެ އިތުރު 26 މީހަކު ޝަހީދުކޮށްލާ 60 މީހަކު ޒަހަމްކޮށްލައިފި

22 އެޕްރީލު 2025 | އަންގާރަ 13:03

ޓެލެގްރާމްގައި ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހާލުގައި ޖެހުނު އެތައް ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދި މަގުމަތީގައި އަދިވެސް އެބަތިބި ކަމަށާއި އެމްބިއުލާންސާއި ސިވިލް ޑިފެންސް އެހީތެރިންނަށް ވެސް އެ ސަރަހައްދަށް ނުދެވޭ ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އެޕްރީލު 2025 | އަންގާރަ 13:03
ޣައްޒާގެ ގެއަކަށް އިސްރާއިލުން ދިން ހަމަލާއެއްގައި ބިމާހަމަވެފައިވާ ގެއެއްގެ ތެރޭގައި މީހަކު އިށީންދެގެން

ޣައްޒާގެ ގެއަކަށް އިސްރާއިލުން ދިން ހަމަލާއެއްގައި ބިމާހަމަވެފައިވާ ގެއެއްގެ ތެރޭގައި މީހަކު އިށީންދެގެން

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކުގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 26 މީހުން ޝަހީދުވެ، 60 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޓެލެގްރާމްގައި ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހާލުގައި ޖެހުނު އެތައް ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދި މަގުމަތީގައި އަދިވެސް އެބަތިބި ކަމަށާއި އެމްބިއުލާންސާއި ސިވިލް ޑިފެންސް އެހީތެރިންނަށް ވެސް އެ ސަރަހައްދަށް ނުދެވޭ ކަމަށެވެ.

Advertisement - worldAdvertisement

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 51،266 މީހުން ޝަހީދުވެ، 116،991 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އިޒްރޭލުން މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމާ ހިލާފުވި ފަހުން މިހާތަނަށް ޣައްޒާގައި ތިބި ފަލަސްތީނުގެ 1890 މީހުން ޝަހީދުކޮށް، 4،950 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން، ހޮސްޕިޓަލްތަކުގައި ފަރުވާ ނުދެވި އެތައް ބަޔަކު ވަނީ މަރުވެފައެވެ. ޚާން ޔޫނިސްގައި ފުރަތަމަ ޝަހީދުވީ މީހުން ދިރިއުޅޭ ގެއެއްގައި ބޮން ގޮއްވާލުމުގެ ސަބަބުން އަލިފާން ރޯވެ، އެމީހުންގެ ހަށިގަނޑު ދެނެނުގަނެވޭ ވަރަށް އަނދާފައިވެއެވެ.

މީގެ އިތުރުން އުތުރުގައި ދެ މިސައިލެއް ވަނީ ގެދޮރު ގެއްލިފައިވާ އާއިލާއެއް ދިރިއުޅޭ ޓެންޓަކަށް އަމާޒުކޮށްފައެވެ. އަދި މި ހަމަލާގައި ދެމަފިރިއަކާއި ތިން ކުދިން ޝަހީދުވެފައިވެއެވެ. އެ ސަރަހައްދުން މަދުވެގެން 10 މީހަކު ވަނީ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށް އަލްޖަޒީރާގައި ވަނީ ރިޕޯޓްކޮށްފައެވެ.

އަލްޖަޒިރާގައި ބުނެފައިވަނީ ހޮސްޕިޓަލަށް ގެންނަ ފަރާތްތަކަށް އެކަށީގެންވާ ފަރުވާއެއް ނުލިބޭ ކަމަށެވެ. އަދި އާންމުން ހޮސްޕިޓަލްތަކުގައި މަރުވަނީ ބޭހާއި ސާމާނު މަދުވެ، މެޑިކަލް ސްޓާފުންނަށް އަސާސީ ފަރުވާ ދިނުމަށް ނުކުޅެދެމުންނެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް