Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލްގެ ހަމަލާގައި ޣައްޒާ އިން 25 މީހަކު ޝަހީދު ކޮށްލައިފި

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބައްސާލް އޭއެފްޕީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 20 މީހުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އެޕްރީލު 2025 | ހޯމަ 06:33
މީގެ ކުރިން ޓެންޓު ކޭމްޕެއްގައި އިސްރާއީލުން ދިން ހަމަލާއެއްގެ ތެރޭގައި ގޮއްވާލާފައިވާ މަންޒަރެއް

މީގެ ކުރިން ޓެންޓު ކޭމްޕެއްގައި އިސްރާއީލުން ދިން ހަމަލާއެއްގެ ތެރޭގައި ގޮއްވާލާފައިވާ މަންޒަރެއް

އިސްރާއީލުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި، އިތުރު 25 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފި އެވެ.

ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން އިސްރާއީލް އިން ދެމުން އަންނަ ހަމަލާތަކުގައި 25 މީހަކު ވަނީ ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ހާމަކޮށްފައިވެ އެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބައްސާލް އޭއެފްޕީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 20 މީހުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެ އެވެ.

އޭގެ ފަހުން ނެރުނު އިތުރު ބަޔާނެއްގައި ރަފަހުގެ އިރުމަތީ ސަރަޙައްދުގައި އާންމު ރައްޔިތުންގެ ބަޔަކަށް ދިން ޑްރޯން ހަމަލާއެއްގައި ފަސް މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

ދެ މަސް ދުވަހުގެ މެދު ކެނޑުމަކަށްފަހު އިސްރާއީލުން ޣައްޒާ އަށް ހަމަލާ ދޭން ފަށާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ. 

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންންޔާހޫ ވިދާޅުވެފައި ވަނީ ހަމާސްގެ ޝަރުތުތަކަށް ބޯ ނުލަނބާ، ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް 51,201 މީހުން ޝަހީދުވެފައިވެ އެވެ. 

އިޒްރޭލްޣައްޒާހަމާސްޣައްޒާ ހަނގުރާމަޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު