Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން

ޔަމަނުގެ ތެޔޮ ބަނދަރަށް އެމެރިކާއިން ދިން ހަމަލާއެއްގައި 74 މީހުން މަރުވެއްޖެ

ޔަމަނުގެ ހުދައިދާ ސަރަހައްދުގެ ބަނދަރަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި މަދުވެގެން 38 މީހުން މަރުވެ، 126 މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަމަލާއަށް ވޭން ދެނިވި ބަދަލު ހިފާނެ ކަމަށާއި އާޚިރުގައި އެމެރިކާ އަށް ކުރިމަތިލާން ޖެހޭނީ ބަލިވުމަށް ކަމަށް ޔަމަންގެ ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ | 18 އެޕްރީލު 2025 | ހުކުރު 12:51
ޔަމަނުގެ ރަސް އީސާ ތެޔޮ ބަނދަރަށް އެމެރިކާއިން ހުކުރު ދުވަހު ދިން ހަމަލާ އާ ގުޅިގެން ރޯވެ އެ ސަރަހައްދުން ދުން އަރަނީ

ޔަމަނުގެ ރަސް އީސާ ތެޔޮ ބަނދަރަށް އެމެރިކާއިން ހުކުރު ދުވަހު ދިން ހަމަލާ އާ ގުޅިގެން ރޯވެ އެ ސަރަހައްދުން ދުން އަރަނީ

އެމެރިކާ އިން ޔަމަނުގެ ހުދައިދާ ސަރަހައްދުގެ ރަސް އީސާ ތެޔޮ ބަނދަރަށް ދިން ހަމަލާއެއްގައި މަދުވެގެން 74 މީހުން މަރުވެ، 126 މީހުން ޒަޚަމްވެއްޖެއެވެ.

ޔަމަނުގެ އަލް މަސީރާ ޓީވީން ބުނިގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ އެ ބަނދަރަށް މަދުވެގެން ދެ ފަހަރު ޙަމަލާ ދީފައިވެއެވެ. ފުރަތަމަ ހަމަލާއާގުޅިގެން، އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އޮފިޝަލުން ހަރަކާތްތެރި ވަމުން ދަނިިކޮށް ދެވުނު ދެވަނަ ހަމަލާގައި މަދުވެގެން 5 ޕެރަމެޑިކުން ވަނީ މަރުވެފައެވެ.

ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، މިއީ އިސްރާއީލްގެ ޣައްޒާގެ އުދުވާނަށް އެހީތެރިވުމަށް ދެވުނު ހަމަލާއެއް ކަމަށް ބުނެފައިވެއެވެ. އަދި މިއީ މަދަނީ އަމާޒުތަކަށް ޤަސްދުގައި ދެވުނު ހަމަލާއެއްކަން ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވަނީ މި ބަނދަރަކީ އަންސާރުﷲ ރެސިސްޓަންސް މޫވްމަންޓަށް ތެޔޮ ލިބޭ މަރުކަޒެއް ކަމަށެވެ.

އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ހަވާލުވުމާއެކު ޔަމަނަށް އެމެރިކާ އިން ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެމެރިކާ އިން ބުނަނީ އެ ހަމަލާތަކަކީ އެ ސަރަހައްދުން ދަތުރުކުރާ ކަނޑުބޯޓު ފަހަރަށް ޔަމަނުން ހަމަލާ ދެމުން ގެންދާތީ ދޭ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް ޔަމަނުން ބުނެފައިވަނީ އެ ޤައުމުން އަމާޒުކުރަނީ ހަމައެކަނި އިސްރާއީލްގެ އުޅަނދުފަހަރާއި އެ ޤައުމަށް ތަކެތި ގެންދާ އުޅަނދުފަހަރަށް ކަމަށެވެ.

ޔަމަނުގެ ހަތިޔާރުވެރި ބާރުތަކުން މި އޮޕަރޭޝަންތައް ފެށީ 2023 ގެ އޮކްޓޯބަރުގައި އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ރަހުމު ކުޑަ ހަނގުރާމައިގައި މިހާތަނަށް 51،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޔަމަނުގެ ސަރުކާރުން ވަނީ ވޭންދެނިވި ބަދަލެއް ހިފާނެ ކަމަށް ބުނެ އެމެރިކާ އަށް އިންޒާރު ދީފައެވެ. އަދި އެމެރިކާއަށް އާޚިރުގައި ކުރިމަތިލާން ޖެހޭނީ ނިކަމެތި ކަމާއެކު ބަލިވުމަށް ކަމަށްވެސް ބުނެފައިވެއެވެ.

ޔަމަންތެޔޮ ބަނދަރުއެމެރިކާ މިލިޓްރީއަންސާރުﷲ ރެސިސްޓަންސް މޫވްމަންޓްއިޒްރޭލްޣައްޒާފަލަސްޠީނު ރައްޔިތުން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް