Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާއެއްގައި ސިއްހީ އެހީތެރިޔަކު ޝަހީދުކޮށްލައިފި

މުވާސީ ސަރަހައްދުގައި ހުންނަ ކުވޭތުގެ ފީލްޑް ހޮސްޕިޓަލަށް ހަމަލާ އަމާޒު ކޮށްފައިވާއިރު، އެތަނަކީ އެތައް ހާސް ބަޔަކު ޓެންޓް ތަކުގައި ހިޔާވަހިކަން ހޯދަމުން ދިޔަ ސަރަހައްދެއް. ޒަހަމްވި އެންމެންނަކީ ވެސް ބަލި މީހުންނާއި ބޭސްވެރިން ކަމަށާއި ހަމަލާއަށްފަހު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުގެ ތަރުޖަމާނު ސަބަރު މުހައްމަދު ވިދާޅުވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2025 | އަންގާރަ 14:54
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ގެދޮރު ގެއްލިފައިވާ މީހުންގެ ވަގުތީ ބޯހިޔާވަހިކަން ހޯދަމުން ދިޔަ ތަނަކަށް ދިން ހަމަލާގައި އެތަން ހަލާކުވެފައި  - އެޕްރީލް 15، 2025

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ގެދޮރު ގެއްލިފައިވާ މީހުންގެ ވަގުތީ ބޯހިޔާވަހިކަން ހޯދަމުން ދިޔަ ތަނަކަށް ދިން ހަމަލާގައި އެތަން ހަލާކުވެފައި - އެޕްރީލް 15، 2025

އިސްރާއީލުން ޣައްޒާގެ ފީލްޑް ހޮސްޕިޓަލެއްގެ އުތުރު ގޭޓަށް އަންގާރަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި ސިއްހީ އެހީތެރިއަކު ޝަހީދުވެއް އިތުރު ނުވަ މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

މުވާސީ ސަރަހައްދުގައި ހުންނަ ކުވޭތުގެ ފީލްޑް ހޮސްޕިޓަލަށް ހަމަލާ އަމާޒު ކޮށްފައިވާއިރު، އެތަނަކީ އެތައް ހާސް ބަޔަކު ޓެންޓް ތަކުގައި ހިޔާވަހިކަން ހޯދަމުން ދިޔަ ސަރަހައްދެކެވެ. ޒަހަމްވި އެންމެންނަކީ ވެސް ބަލި މީހުންނާއި ބޭސްވެރިން ކަމަށާއި ހަމަލާއަށްފަހު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުގެ ތަރުޖަމާނު ސަބަރު މުހައްމަދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާ އިން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

18 މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އަސްކަރިއްޔާއިން ވަނީ ހަމާސްގެ ހަނގުރާމަވެރިން އެތަންތަނުގައި ތިބޭ ކަމަށް ބުނެ ނުވަތަ އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ ކަމަށް ބުނެ އެކި ފަހަރު މަތިން ހޮސްޕިޓަލްތަކަށް ހަމަލާދީފަ އެވެ. ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް އިޒްރޭލުން ފަރުވާކުޑަކޮށް އާންމުންނަށް ނުރައްކާކޮށް އެ ސަރަހައްދުގެ ސިއްހީ ނިޒާމު ހަލާކުކޮށްލާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުގައި ކްރިޓިކަލް ކެއާ ފޯރުކޮށްދޭ އެންމެ ފަހު ބޮޑު ހޮސްޕިޓަލަށް ހަމަލާ ދީފައިވަނީ މީހުން ހުސްކުރަން އެންގުމަށް ފަހު އެވެ. އަދި އެ މީހުން ހުސްކުރުމުގެ ތެރޭގައި ބަލި މީހަކު މަރުވެފައިވާ ކަމަށާއި ހަމަލާގެ ސަބަބުން އެމަޖެންސީ ރޫމާއި ފާމަސީ އާއި ވަށައިގެންވާ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަލްއަހްލީ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް އެކްސްގައި ވިދާޅުވީ ޣައްޒާގެ އުތުރުގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަށްފަހު ފަރުވާ ނުލިބުމުގެ ސަބަބުން ކުޑަކުއްޖަކު ޝަހީދުވެފައިވާ ކަމަށެވެ.

އަދި އިމަޖެންސީ ރޫމާއި ލެބޯޓްރީ އާއި އިމަޖެންސީ ރޫމްގެ އެކްސްރޭ މެޝިނާއި ފާމަސީ ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހަމަލާއާއި ގުޅިގެން 50 ބަލިމީހުން އެހެން ހޮސްޕިޓަލްތަކަށް ގެންދަން މަޖުބޫރުވި އިރު، ކްރިޓިކަލް 40 ޕޭޝަންޓުން ގެންދެވޭ ގޮތެއް ނުވިކަމށް ޓެޑްރޯސް ވިދާޅުވިއެވެ.

ހޮސްޕިޓަލް ހިންގާ ގުދުސްގެ އެޕިސްކޯޕަލް ޑައިއޯސިސް އިން ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ.

އިޒްރޭލުން ބުނީ އެ ފެސިލިޓީގެ ތެރޭގައި ހުންނަ ހަމާސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކަށް ހަމަލާދިން ކަމަށެވެ. ނަމަވެސް ހަމާސް އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނީ މި ހަމަލާ ދީފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން އެތަނުން ފޭބުމަށް އިންޒާރު ދިންތާ މިނެޓެއް ފަހުން ކަމަށެވެ.

ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާގައި 1200 އެއްހާ މީހުން މަރުވެ، 251 މީހުން ރަހީނުކުރުމުންނެވެ. ޣައްޒާގައި 59 މީހުން އަދިވެސް ތިބިއިރު، އޭގެ ތެރެއިން 24 މީހުން ދިރިތިބި ކަމަށް ބެލެވޭ އިރު، ބާކީ ތިބި ގިނަ މީހުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކުގައި ނުވަތަ އެހެނިހެން އެއްބަސްވުންތަކުގައި ދޫކޮށްލި އެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން އަންގާރަ ދުވަހު އާންމުކުރި އަޕްޑޭޓް ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިޒްރޭލުން ބަދަލުހިފުމުގެ ޙަމަލާތަކުގައި މިހާތަނަށް 51،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި އިސްރާއީލުން ހަނގުރާމަ ހުއްޓާލި ފަހުން ޝަހީދުކޮށްލި 1600 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ. އަދި އެއްބަސްވުމަށް ގެނައި ބަދަލުތައް ބަލައިގަތުމަށް ހަމާސް އަށް ޕްރެޝަރު ކުރުމުގެ ގޮތުން މިދިޔަ މަހު އަލުން އިޒްރޭލުން ވަނީ ހަމަލާތައް ދޭން ފަށާފަ އެވެ.

އިޒްރޭލްޣައްޒާހަމާސްހޮސްޕިޓަލްފީލްޑް ހޮސްޕިޓަލްޝަހީދުންޒަޚަމްވި މީހުންއަލް އަގްސާ ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު