Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްރާއީލް ޕާސްޕޯޓު މަނާކުރުން

300 ދުވަސް ފަހުން މަޖިލީހުގެ ކޮމިޓީން ނިންމީ، ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލަން ދެން އިސްރާއީލް ޕާސްޕޯޓް މަނާކުރަން

10 ޖޫން 2024 ގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސް ކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2025 | ހޯމަ 09:40
އިސްރާއީލް ޕާސްޕޯޓު

އިސްރާއީލް ޕާސްޕޯޓު

އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުށަހަޅައިފައިވާ މައްސަލަ އާއި ގުޅިގެން ފަލަސްތީނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލަންދެން އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށް ވާ އިރު މި ނިންމުން ނިންމާފައި މި ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރިތާ 316 ދުވަސް ފަހުންނެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ކޮމިޓީގައި އެ ހުށަހެޅުއްވުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ޝާހިދުއެވެ. އޭނާ ހުށަހެޅުއްވީ އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލަން ދެން އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށެވެ. ޝާހިދު ވަނީ މި ބިލުގައި އިޒްރޭލު މީހަކު އެހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް އޮތް ބައި އުނިކުރުމަށް ނިންމާފައެވެ.

މި ދެ އިސްލާހަށް ވެސް ތާއީދުކުރައްވާފައި ވަނީ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލެވެ. ކޮމިޓީން ބިލް ފާސްކޮށްފައި ވަނީ މި އިސްލާހުތަކާއި އެކު ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.

މިފަދަ އިސްލާހެއް ކޮމިޓީ މަރުހަލާގައި ގެނެސްފައި ވާއިރު އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ބިލަށް އިމިގްރޭޝަނުން އިސްލާހެއް ހުށަހަޅާފައި ވަނިކޮށެވެ. މި ބިލުގައި ވަނީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް ހިމަނާފައެވެ. އެހެންނަމަވެސް އިމިގްރޭޝަނުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ ރާއްޖެ އެތެރެވުމަށް ހަމައެކަނި އިސްރާއީލުގެ ޕާސްޕޯޓު ހުށަހަޅާ ފަރާތްތަކަށް އެތެރެވުން މަނާކުރުމަށެވެ.

އެ އިދާރާ އިން ބުނެފައި ވަނީ މި އިސްލާހު ހުށަހަޅަނީ ބިދޭސީން ރާއްޖެ އެތެރެވާ އިރު އެ މީހުން ނިސްބަތްވާ ޤައުމިއްޔަތު ދެނެގަތުމަށް ބަލަނީ، އެ ބިދޭސީން ހުށަހަޅާ ޕާސްޕޯޓު ކަމަށް ވެފައި، އެ މީހާ އަކީ ދެ ގައުމެއްގެ ޕާސްޕޯޓު އޮންނަ ޑުއަލް ސިޓިޒަނެއްކަން ކަށަވަރުކުރެވެން ނެތުގެ ސަބަބުން ކަމަށެވެ.

މީގެ ކުރިން ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ވަނީ އިސްރާއީލްގެ ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ވަކާލާތުކުރައްވާފައެވެ.

10 ޖޫން 2024 ގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ނަމަވެސް މީގެ ކުރިން މި ބިލާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއްވެސް ނުބާއްވާތީ އެކަމަށް މެމްބަރުން އައީ ފާޑުކިޔަމުންނެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހުއްޓުވައިފައި އޮންނަތާ 9 މަސް ދުވަސް ވުމަށް ފަހު ބިލުގެ މަސައްކަތް އަލުން ފަށާފައި މި ވަނީ މި މައްސަލަ އާއި މެދު އާއްމުން ނުރުހުންވެ އެއްވުންތަކާއި މުޒާހަރާތައް ބާއްވަމުންދަނިކޮށެވެ.

އެގޮތުން އާއްމުން ދަނީ މި ސަރުކާރުން އަދި މި ސަރުކާރުގެ ފުރިހަމަ އަގުލަބިއްޔަތު އޮންނަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އެތައް ބިލަކާއި އެހެނިހެން މަސައްކަތްތައް ހުށަހަޅައި، މަދު ގަޑިއިރެއްގެ ތެރޭގައި، ގިނަ ބިލުތަކެއް ފާސް ކުރާ އިރު މި ބިލާއި މެދު އަމަލުކުރާ ގޮތާއި މެދު ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން 20 ނޮވެންބަރު 2024 ގައި މަޖިލީހުގައި ބޭއްވި ޖަލްސާއަށް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ގަރާރެއް ހުށަހެޅުމުން އެ ގަރާރުވެސް ވަނީ ބޭރުކޮށްލާފައެވެ. އަދި ދާދި ފަހުން މި ކަމާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ވެސް ބަލައިގަނެފަ އެއް ނުވެއެވެ.

ފަލަސްތީނުއިޒްރޭލްރައްޔިތުންގެ މަޖިލިސްސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު