Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނުގެ ހާލަތު

އިސްރާއިލުން ރަފަހް އިތުރަށް ސުންނާފަތިކޮށް، އާއްމުން އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރު ކުރަނީ

ފާއިތުވި 10 ދުވަހުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި ދިހަވަރަކަށް ޓެރަރިސްޓުން މަރާލާފައިވާ ކަމަށް އިސްރާއީލުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2025 | ހޯމަ 01:34
އިސްރާއީލުގެ ސިފައިން ރަފާހުގެ ތާލް އަސް-ސުލްތާން ސަރަހައްދުގައި އޮޕަރޭޝަނާއި އެކު ކުރިއަށް ދަނީ - އޭޕްރީލް 2، 2025

އިސްރާއީލުގެ ސިފައިން ރަފާހުގެ ތާލް އަސް-ސުލްތާން ސަރަހައްދުގައި އޮޕަރޭޝަނާއި އެކު ކުރިއަށް ދަނީ - އޭޕްރީލް 2، 2025

އިސްރާއިލުން ފަލަސްތީނުގެ ރަފަހް އިތުރަށް ސުންނާފަތިކޮށް، އާއްމުން އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރު ކުރަން ފަށައިފި އެވެ.

ޣައްޒާގެ ދެކުނުގައި އިންފްރާސްޓްރަކްޗަރ ހަލާކުކޮށް، ފުރިހަމަ ކޮންޓްރޯލް ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންތަކުގެ ތަސްވީރުތަކާއި ފޫޓޭޖްތައް އިސްރާއީލު ސިފައިން ވަނީ އާއްމުކޮށްފަ އެވެ. އިންފްރާސްޓްރަކްޗަރ ހަލާކުކުރުމާއި އެކު ފަލަސްތީނުގެ އާއްމުން މަރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް މީޑިއާޓަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި މީޑިއާ ފުޓޭޖްތަކުން އިސްރާއީލް ސިފައިންގެ ޓޭންކްތަކާއި އާމަރޑް ވެހިކަލްތައް ކުރިއަށްދާ މަންޒަރު ވެސް ފެނެއެވެ. އެހެންކަމުން އެ ސަރަހައްދުތަކުގައި ބިރުވެރިކަން ފެތުރިފައިވާ މިންވަރު އެ ވީޑިއޯތަކުން ހާމަވެ އެވެ.

ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙް އެހެން ސަރަހައްދުތަކާއި ވަކިކޮށް އެ ސަރަހައްދު އިސްރާއީލް ސިފައިން ވަނީ އެކަހެރިކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ޔަހޫދީ ފައުޖުން ވަނީ ރަފަޙާއި ޣައްޒާގެ އެހެން ރަށްތަކާ ގުޅޭ ރޮނގު ވެސް އެއްކޮށް އިސްރާއިލުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން ސިފައިންނާއި ބަރު ހަތިޔާރު ބޭނުން ކޮށްގެން އެ ސަރަހައްދުގައި ހުރަހެއް ވަނީ ޤާއިމްކޮށްފަ އެވެ.

އައިޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި "ދިހަވަރަކަށް ޓެރަރިސްޓުން މަރާލައި، ބިމުގެ އަޑީގައި ހުރި ޓަނަލް ރޫޓުތަކާއި ހަމާސްގެ ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ ރޫޅާލައި، ރަފަޙް ވަށާލުން ނިންމާފައިވާ" ކަމަށެވެ.

މިއީ ހަމާސް އަށް ޕްރެޝަރކޮށް ހުރިހާ ރަހީނުން މިނިވަންކުރުމަށް ކުރާ ކަމެއް ކަމަށް އައިޑީއެފުން ބުނެއެވެ. އަދި ވަރަށް އަވަހަށް އައިޑީއެފް އިން ޣައްޒާގެ ބޮޑު ބައެއްގައި އޮޕަރޭޝަންތައް ވަރުގަދަ ކުރާނެ ކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

އިސްރާއީލު ސިފައިންފަލަސްޠީނު ސިވިލިއަނުންރަފާޣައްޒާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު