Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ފަރިއްކޮޅު

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

11 އެޕްރީލު 2025 | ހުކުރު 09:34

ރައީސުލްޖުމްހުރިއްޔާގެ އާއިލާގެ ހަފްތާ ބަންދުގެ ފަރިއްކޮޅު ހެދުމަށް ޓަކައި އަގުބޮޑު މަހުގެ ބާވަތްތަކުގެ ބިލަށް 9,849.87 ރުފިޔާ ހޭދަކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އެޕްރީލު 2025 | ހުކުރު 09:34
ރައީސްގެ އާއިލާގެ ހަފްތާ ބަންދުގެ ކެއުމަށް ގެނެސްފައިވާ ސާމާނުތައް ފެންނަ ފޮޓޯއެއް

ރައީސްގެ އާއިލާގެ ހަފްތާ ބަންދުގެ ކެއުމަށް ގެނެސްފައިވާ ސާމާނުތައް ފެންނަ ފޮޓޯއެއް

ރައީސުލްޖުމްހުރިއްޔާގެ އާއިލާގެ ހަފްތާ ބަންދުގެ ފަރިއްކޮޅު ހެދުމަށް ގަނެފައިވާ އަގުބޮޑު މަހުގެ ބާވަތްތަކުގެ ބިލަށް 9 ހާހަށްވުރެ ގިނަ ރުފިޔާ އަރާފައިވާކަން ހާމަވެއްޖެއެވެ.

ހަފްތާ ބަންދުގައި ރައީސްގެ އާއިލާއާއި، ރަޓެހިންނާއި، ވަޒީރުންގެ ކަންކަން ހަމަޖައްސާފައި އޮންނަނީ އާރަށުގައި ކަމަށް ބުނާ އަޑުތައް ފެތުރި، އާރަށުގައި ކުރާ ހަރަދުތައް ދޭން އެމްއެންޑީއެފުން ދެކޮޅު ހަދަމުން ދަނިކޮށް ލީކުކޮށްލާފައިވާ އިންވޮއިސްއެއްގައި ވަނީ މަހުގެ ބާވަތްތަކަށް އެކަނި ވެސް 9.849.87 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މި އިންވޮއިސްގައި ވާ ގޮތުން ގަނެފައިވަނީ ސްޕާޓާ ބީފް ކިއުބުގެ 10 ޕެކެޓާއި، އޭ ގްރޭޑުގެ ގަނޑުކުރި ޝްރިމްޕުގެ 10 ފެކެޓާއި ކަންބަޅި މަހުގެ 15 ޕެކެޓެކެވެ.

ސްޕާޓާ ބީފް ކިއުބްސް އަކީ އާންމުކޮށް ޝިން ނުވަތަ ޓޮޕްސައިޑުން ތައްޔާރުކުރާ ބޯންލެސް އަދި ބޯން އިން ދެ ބާވަތްތަކުގައި ވެސް ލިބެން ހުންނަ ޕްރީ-ކަޓް، ފްރޯޒެން ބީފް ޕްރޮޑަކްޓެކެވެ. މި ކިއުބްތަކަކީ ސްޓޫކުރުމާއި ގްރިލިން ނުވަތަ އެހެނިހެން ކަލިނަރީ ބޭނުންތަކަށް ބޭނުންކުރާ ކިއުބްތަކެކެވެ.

ކްލާސް އޭ ގެ ގޮތުގައި ގިންތިކޮށްފައިވާ ފްރޯޒެން ޝްރިމްޕްސް އަކީ ކޮލިޓީގެ މަތީ މިންގަނޑަކަށް ފެތޭ، ގިނަ ފަހަރަށް ކޯޑެކްސް އެލިމެންޓޭރިއަސް ފަދަ ޖަމިއްޔާތަކުގެ ވަކި ގައިޑްލައިންތަކަކަށް ހުންނަ އެއްޗެކެވެ. އޭގެ މާނައަކީ އާންމުގޮތެއްގައި އެތަކެތި އަވަހަށް ފްރީޒްކޮށް، ކޮލިޓީ ހިފެހެއްޓުމަށްޓަކައި ޑީޕް ފްރީޒްކޮށް ބެހެއްޓުމާއި، ނޮޅައި ސާފުކޮށް ހުންނަ އެއްޗެކެވެ. ކްލާސް އޭ ފްރޯޒެން ޝްރިމްޕް އަކީ ގިނަ ފަހަރަށް މަޝްހޫރު ސަޕްލަޔަރުންގެ އަތުން ހޯދާ، ވަރަށް ރަނގަޅަށް ކޮލިޓީ ޗެކްކުރާ އެއްޗެކެވެ.

ލެމްބް ޗޮޕްސް އަކީ ކަންބަޅީގެ މޭ ކަށިގަނޑުން ފެށިގެން މައިބަދަ ހިމެނޭހެން ނަގާފައި ހުންނަ އެއްޗެކެވެ. މި މަސް ނަގަނީ 1 އަހަރު ނުވާ ކަންބަޅި ކަތިލައިގެންނެވެ. މިއީ އަގޮބޮޑު އެއްޗެކެވެ.

ސްޕާޓާ ބީފް ކިއުބްސްގެ 10 ޕެކެޓަށް 2611.20 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ޝްރިމްޕް 10 ޕެކެޓަށް1564.90 ރުފިޔާ ހޭދަކޮށްފައިވާ އިރު، ކަންބަޅި މަހުގެ 15 ޕެކެޓަށް 4389 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އިންވޮއިސް ހަދާފައިވަނީ މުލިއާގެ/އާރަށް ނަންމަތީގައެވެ. އަދި ތަކެތި ގަނެފައިވާ ތާރީހެއްގެ ގޮތުގައި އިނީ 10 އެޕްރީލް 2025 އެވެ.

އާންމު ގޮތެއްގައި ރައީސްގެ އާއިލާ ހަފްތާ ބަންދު ހޭދަކުރަނީ އާރަށުގައެވެ. މީގެ ކުރިންވެސް ކައިރި ރިސޯޓްތަކުން ފަސްޓްލޭޑީ އަގުބޮޑު ކާބޯތަކެތި އޯޑަރުކުރާކަމުގެ އަޑުތައް ފެތުރިފައިވާ އިރު، މައުލޫމާތު ލިބޭ ގޮތުގައި މިއީ އާރަށުގައި މި ހަފްތާ ބަންދުގައި ބޭނުންކުރުމަށް ގަނެފައިވާ ތަކެއްޗެވެ.

މި އިންވޮއިސްއާއެކު އާންމުންގެ ފާޑުކިއުންތައް އަމާޒުވެފައިވާ އިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ މުސާރައިން ރަނގަޅަށް 1 އިރުގެ ކެއުން ހަމަޖައްސާ ނުލެވޭއިރު، ރައީސް ފަރިއްކުޅުއްވަނީ ކަންބަޅީގެ މަސް ކަމަށެވެ. ފާޑުކިޔާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންނަށް ދޭންޖެހޭ މުސާރައިން ގަނެފައިވާ ތަކެތިތޯ ސުވާލުކޮށްފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް