Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އާސެނަލުން ރެއާލް ބަލިކޮށްލީ ތަފާތު ބޮޑުކޮށް

ރޭ އާސެނަލުން އަމިއްލަ ދަނޑުގައި ރެއާލް 3-0 ގެ ނަތީޖާއަކުން ބަލިކުރިއިރު، އެ ނަތީޖާއަކީ އާސެނަލުން މިހާތަނަށް ޗެމްޕިއަންސް ލީގުގައި ނެރުނު އެންމެ ބޮޑު އެއް ނަތީޖާ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 އެޕްރީލު 2025 | ބުދަ 13:59
ޔޫއެފާ އެމްޕިއަންސް ލީގުގައި އާސެނަލް އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: ޑިކްލެއިން ރައިސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ޔޫއެފާ އެމްޕިއަންސް ލީގުގައި އާސެނަލް އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: ޑިކްލެއިން ރައިސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އާސެނަލުން ތަފާތު ބޮޑުކޮށް ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

ރޭ އާސެނަލުން އަމިއްލަ ދަނޑުގައި ރެއާލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއަކީ އާސެނަލުން މިހާތަނަށް ޗެމްޕިއަންސް ލީގުގައި ނެރުނު އެންމެ ބޮޑު އެއް ނަތީޖާއެވެ.

ރެކޯޑު ޗެމްޕިއަން ރެއާލަށް ރޭ އާސެނަލް ކައިރީގައި ކުޅެގަންނަންވެސް އުނދަގޫވެފައިވާ އިރު، އާސެނަލް ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށް އޮތްތަނެވެ. މިކޭލް އާޓެޓާގެ އިރުޝާދާ އެއްގޮތަށް އާސެނަލް ސަޕޯޓަރުން ކުރިއާލާ ދަނޑަށް ވަދެ، ފޯރިއާއެކު ސަޕޯޓް ކޮށްފައިވާ އިރު، ފުރަތަމަ ވިއްސަކަށް މިނެޓްގައި ޑޮމިނޭޓް ކުރީ އާސެނަލުންނެވެ.

އޭރިއާ ތެރެއަށް ނުރައްކާކޮށް އާސެނަލުން ތަފާތު ދެއްކި އިރު، 20 ވަނަ މިނެޓުގައި ރެއާލަށް ލިބުނު ފުރަތަމަ ފުރުސަތުގައި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފަށް ނުކުމެ، އާސެނަލުން މެޗުގެ ކޮންޓްރޯލް ނަގައި ރަނގަޅަށް ކުޅުނުއިރު، ޑެކްލަން ރައިސްގެ ހިތްގައިމު ދެ ހިލޭ ޖެހުމުން މުޅި އެމިރޭޓް ސްޓޭޑިއަމް ކައްކުވާލިއެވެ. އޭނާގެ ފުރަތަމަ ހިލޭ ޖެހުން 58 ވަނަ މިނެޓުގައި ގޯލުގެ ކަނަށް އަމާޒުކޮށްލި އިރު، ދެން ޖެހި ހިލޭ ޖެހުން މާ ފުރިހަމައެވެ. ދެ ހިލޭ ޖެހުންވެސް އަމާޒުކޮށްލީ ސީދާ ކަނަށެވެ.

އާސެނަލުން ދެވަނަ ހާފުގައިވެސް އިތުރަށް ނުރައްކާ ކުރި އިރު، ދެ ހަމަލާއެއް ރެއާލްގެ ޑިފެންޑަރުން ރޮނގުމަތިންވެސް ބޭރުކޮށްލިއެވެ. އާސެނަލްގެ ތިންވަނަ ގޯލު ޖެހީ މިކޭލް މެރީނޯ އެވެ.

މި މެޗުގައި އާސެނަލްގެ ބުކަޔޯ ސަކާއާއި ރައިސްއަށް އަނިޔާވެ ބާލަން ޖެހުނުއިރު، ރެއާލް އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުގައެވެ. އެއީ ފަހުވަގުތު އެޑުއާޑޯ ކަމަވިންގާއަށް ރަތް ކާޑު ދެއްކުމުންނެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު