Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މެންބަރުންގެ ތުހުމަތު ރައީސް މުއިއްޒަށް: މިއަދު ވެސް އިއްޔެ ވެސް މަޖިލީހުގެ ޖަލްސާއެއް ނެތް

އެންމެފަހުން ޖަލްސާއެއް ބާއްވާފައިވަނީ 7 އޭޕްރީލް 2025 ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 9 އެޕްރީލު 2025 | ބުދަ 10:43
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ނުބާއްވާތީ، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށްފަހު މަޖިލީހުގެ ޖަލްސާތައް ފަށާފައިވަނީ 7 އޭޕްރީލް 2025ވީ ހޯމަ ދުވަހު އެވެ.

އެ ދުވަހު ރިޔާސަތުގައި އިންނަވައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނެ ދުވަސް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އާއްމުކޮށް، އަންގާރަ އަދި ބުދަ ދުވަހު ޖަލްސާތައް ކުރިއަށް ގެންދިޔަ ނަމަވެސް މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ޖަލްސާތައް ކުރިއަށް ގެންގޮސްފައިނުވެއެވެ. އަދި ޖަލްސާ ނުބާއްވަން ނިންމި ސަބަބެއް ރިޔާސަތުން އާއްމުކޮށްފައިނުވެއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދިޔަ ނަމަވެސް ބައެއް ކޮމިޓީތަކުގެ މަސައްކަތް އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ބުދަ ދުވަހަށް ވެސް ތާވަލުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ ޖަލްސާތައް ކުރިއަށް ނުގެންދަނީ ރައްޔިތުންގެ މަޖިލިސް މުލިއާގޭ ކައުންޓަރަށް ބަދަލުވެފައިވާތީ ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ ވާޒިރުން ހާޒިރުކުރުމުގެ ނޯޓިސްތައް ފުނިޖެހިފައިވާ ކަމަށާއި، ޖަލްސާތައް ކުރިއަށް ނުގެންދާ ސަބަބު ނާނގާ ކަމަށެވެ. އަދި ޖަލްސާ ނުބާއްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމުރުފުޅާ ގުޅިގެން ކަމަށް މެންބަރު މީކާއިލް ތުހުމަތު ކުރެއްވިއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ނުބާއްވާތީ، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމާ ގުޅިގެން ބައެއް މީޑިއާތަކަށް ސަރުކާރު މައި ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ ޖަލްސާ ނެތް ނަމަވެސް މަސައްކަތްތައް މަޖިލީހުގައި ކުރަމުންދާ ކަމަށެވެ. އަދި މެންބަރުން ޗުއްޓީގައި ތިއްބަވައިގެން ވެސް ބައެއް ހާލަތްތަކުގައި މަޖިލީހުގެ މަސައްކަތްތައް ކުރައްވާ ކަމަށް މެންބަރު ފަލާހު ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ޖަލްސާއެއް މަދުވެގެން ހަފުތާއެކު ތިން ދުވަހު ބާއްވަންޖެހެ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު