Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ފަތިހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި 37 މީހަކު ޣައްޒާގައި ޝަހީދު ކޮށްލައިފި

7 އެޕްރީލު 2025 | ހޯމަ 14:05

ސަރުކާރުގެ މީޑިއާ އޮފީހުން ޝަހީދުވި މީހުންގެ އަދަދު 61،700 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ބުނެފައިވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގެއްލުނު އެތައް ހާސް ބަޔަކު ތިބޭނެކަމަށް ވަނީ ބެލެވިފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އެޕްރީލު 2025 | ހޯމަ 14:05
ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި އިސްރާއީލުގެ ހަޅުތާލުތަކުގައި ހަލާކުވެފައިވާ ގެއެއްގެ ބައިތަކުގެ ދަށުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަނީ - ފައިލް

ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި އިސްރާއީލުގެ ހަޅުތާލުތަކުގައި ހަލާކުވެފައިވާ ގެއެއްގެ ބައިތަކުގެ ދަށުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަނީ - ފައިލް

އާދީއްތަ ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ އެކި ކަންކޮޅުތަކުގައި 37 މީހުން ޝަހީދު ވެއްޖެއެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެމުން ސިއްހީ މަސްދަރުތަކުން ބުނީ އިސްރާއީލުން ޣައްޒާއަށް ފަތިހުން ފެށިގެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 37 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރެއިން 22 މީހުންނިސްބަތްވަނީ މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement - worldAdvertisement

ސަރުކާރުގެ މީޑިއާ އޮފީހުން ޝަހީދުވި މީހުންގެ އަދަދު 61،700 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ބުނެފައިވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގެއްލުނު އެތައް ހާސް ބަޔަކު ތިބޭނެކަމަށް ވަނީ ބެލެވިފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ.

އިސްރާއިލުން ދެމުންދާ ޓެރަރިސްޓް ހަމަލާތަކުގައި މިހާތަނަށް 111،588 މީހަކު ޒަހަމްވެފައިވެއެވެ. އަދި މަރުވިކަމަށް ބެލެވިފައިވާ ގެއްލިފައިވާ މީހުންގެ އަދަދު 14،222ށް އަރައެވެ.

މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި 905 މީހުން ޝަހީދުކޮށްލާފައިވާ އިރު، މީގެ ތެރޭގައި 181 ކުޑަކުދިން ހިމެނެއެވެ. އަދި ހުޅަނގު އައްސޭރީގައި 7370 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ފަލަސްތީނު ސަރުކާރުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިޒްރޭލުން ދިން ހަމަލާތަކުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެގޮތުން ގާތްގަނޑަކަށް ޣައްޒާގެ ހުރިހާ ގެތަކެއް ވަނީ ހަލާކުވެ ބޭނުން ނުކުރެވޭވަރުވެފައެވެ. ކޮމާޝަލް ފެސިލިޓީތަކުގެ 80 އިންސައްތަ ހަލާކުކޮށްލާފައިވާއިރު ސްކޫލް އިމާރާތްތަކުގެ 88 އިންސައްތަ ވަނީ ސުންނާފަތިކޮށްލާފައެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ 50 އިންސައްތަ ހޮސްޕިޓަލްތައް ހިންގަމުން އަންނަނީ މަދު ހިދުމަތްތައް ދެމުންނެވެ. މީގެ އިތުރުން މަގުމަތީގެ ނެޓްވޯކްތަކުގެ 68 އިންސައްތަ ހަލާކުކޮށްލާފައިވާ އިރު، ދަނޑުބިންތަކުގެ 68 އިންސައްތަ ވަނީ ނައްތާލާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސިޓީތަކުގެ އެކި ސަރަހައްދުތަކުގައި އާންމު ހަޅުތާލު ކުރަމުންދާއިރު، ނަބްލޫސް ސިޓީއަށް ވަންނަ ހުރިހާ ދޮރެއް ބަންދުކޮށްފައިވާ ކަމަށް އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ. އެ ނެޓްވޯކަށް މައުލޫމާތު ދިން ފަރާތްތަކުން ބުނީ ގޭޓާއި އަސްކަރީ ޗެކްޕޮއިންޓްތައް ބަހައްޓާފައި ވަނީ އެ ސިޓީއަށް އަރާ ފޭބުން ހުއްޓުވުމަށް ކަމަށެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް