Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާއާއެކު ތިބިކަން ހާމަކުރުން

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ދުނިޔޭގެ އެކި ހިސާބުތަކުގައި މުޒަހަރާ ކޮށްފި

ހިފާފައިވާ ހުޅަނގު އައްސޭރީގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އޮތީ ހުއްޓުމަކަށް ގެނެސްފައި. ފިހާރަތަކާއި ވިޔަފާރިތައް ބަންދުކޮށް، ސްކޫލްތައް ބަންދުކޮށް، އާންމު ދަތުރުފަތުރު ވަނީ މުޅިން ހުއްޓިފައި. ސަރުކާރުގެ އޮފީސްތަކާއި ބޭންކުތަކާއި އަމިއްލަ މުއައްސަސާތައް ވެސް ބަންދުކޮށްފައިވާއިރު، މުޒާހަރާގެ ހިނގާލުންތަކަށް ވާންޖެހޭ ތައްޔާރީތައް ވެސް ދަނީ ވަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 އެޕްރީލު 2025 | ހޯމަ 14:08
ޕާކިސްތާނުގެ ކަރާޗީގައި ބޭއްވި މުޒާހަރާގައި ފަލަސްތީނުގެ ދިދަތައް ހިފައިގެން

ޕާކިސްތާނުގެ ކަރާޗީގައި ބޭއްވި މުޒާހަރާގައި ފަލަސްތީނުގެ ދިދަތައް ހިފައިގެން

އިސްރާއީލުން ބައިނަލްއަގުވާމީ ގާނުނުތަކާއި ހިލާފަށް ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ފަލަސްތީނުގެ ގައުމީ އަދި އިސްލާމީ ބާރުތަކުން ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދިނުމުގެ ގޮތުން ހޯމަ ދުވަހު ބޭއްވި މުޒަހަރާތަކުގައި ގިނަ ގައުމުތަކަކުން ބައިވެރިވެއްޖެއެވެ.

ޣައްޒާގައި އިސްރާއީލު ސިފައިން ހިންގި "ބިރުވެރި ޤަތުލުއާންމުތަކާއި ޖަރީމާތައް" ގެ އިތުރުން ފަލަސްތީނުގެ މީހުން ނިޒާމީ ގޮތެއްގައި ގެދޮރު ދޫކޮށްލުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލުމުގެ މަގުސަދުގައި "ހިސާރުކޮށްފައިވާ ފަލަސްތީނުގެ ހުރިހާ ސަރަހައްދަކާއި އަމިއްލަ ވަޒަން ދޫކޮށް އެހެންތަންތަން ހިޖުރަކޮށްފައިިވާ މީހުންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ފުރިހަމަ ހަޅުތާލެއް" ދިނުމަށް އިންތިޒާމް ކުރި ފަރާތްތަކުން އިލްތިމާސްކުރި އެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އޮތީ ހުއްޓުމަކަށް ގެނެސްފައެވެ. ފިހާރަތަކާއި ވިޔަފާރިތައް ބަންދުކޮށް، ސްކޫލްތައް ބަންދުކޮށް، އާންމު ދަތުރުފަތުރު ވަނީ މުޅިން ހުއްޓިފަ އެވެ. ސަރުކާރުގެ އޮފީސްތަކާއި ބޭންކުތަކާއި އަމިއްލަ މުއައްސަސާތައް ވެސް ބަންދުކޮށްފައިވާއިރު، މުޒާހަރާގެ ހިނގާލުންތަކަށް ވާންޖެހޭ ތައްޔާރީތައް ވެސް ދަނީ ވަމުންނެވެ.

ފަލަސްތީނުގެ ފެކްޝަންސް ކޯޑިނޭޝަން ކޮމިޓީގެ މެމްބަރު އިސާމް ބަކުރު ވަނީ މި ހަޅުތާލުން ދުނިޔޭގެ އެއްބައިވަންތަކަމުގެ ވަރުގަދަ މެސެޖެއް ފޮނުއްވާފައެވެ. އެގޮތުން ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޮވާލާ އާންމު ހަޅުތާލަކީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމާއި އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ދެކޮޅު ހެދުމުގެ ގޮތުން ކުރިއަށް ގެންދާ ހަޅުތާލެއް ކަމަށެވެ.

އަދި މިއަދަކީ ފިޔަވަޅު އަޅަން ޖެހޭ ދުވަހެއް ކަމަށާއި ގޭގައި ތިބެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހުޅަނގު އައްސޭރިއާއި އަރަބި ދުނިޔޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިޓީ ސެންޓަރުތަކުގައި ހަރަކާތްތަކާއި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްކުރުމަށް މުޅި ދުނިޔެއިން މަސައްކަތް ކުރަންޖެހޭކަމުގެ ސާފު މެސެޖެއް ދެއެވެ.

ނަޒާރަތުގައި ސުލްހަވެރި އިހުތިޖާޖެއްގައި އެތައް ސަތޭކަ ރައްޔިތުންނާއި ސިޔާސީ އެކްޓިވިސްޓުން ބައިވެރިވެ، ފަލަސްތީނުގެ ދިދަތައް އުފުލައި، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ބެނާތައް ހިފައިގެން ތިއްބެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، ރާމަﷲ އާއި އެހެނިހެން ސިޓީތަކުގައި ވެސް އިތުރު މުޒާހަރާތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.

ފަލަސްތީނުގެ ބޮޑެތި ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި ފަތަހު ޖަމާއަތާއި ހަމާސް އިން ވެސް ވަނީ މާޗް މަހުގެ 18 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް ފަހު އިޒްރޭލުން އަނެއްކާވެސް ހަމަލާތައް ދޭން ފަށާފައިވާ އިރު، ބަދަލުގައި ދޭ ހަމަލާތަކަށް ތާއިދުކުރާކަން ހާމަކޮށްފައެވެ.

އެ އެއްވުންތައް ފަލަސްތީނުގެ ބޯޑަރުން ބޭރުވެ އުރުދުން، މިސްރު، ލުބުނާން، ތުރުކީ އަދި ބަންގްލަދޭޝްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެފައިވެއެވެ.

ބަންގްލަދޭޝްގެ ޑާކާ ޔުނިވާސިޓީ، ޗިޓަގޮންގް ޔުނިވާސިޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އަދި ރާޖްޝާހީ ޔުނިވާސިޓީ ފަދަ ބައެއް ޔުނިވާސިޓީތަކުން ވަނީ ހަޅުތާލުކޮށް މުޒާހަރާކޮށްފަ އެވެ.

ރާޖްޝާހީ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި މަރުތަކާއި ކެތްނުކުރެވޭ ފަދަ އިންސާނީ ކާރިސާތައް ކުށްވެރިކޮށް، އަނިޔާވެރި ހަމަނުޖެހުންތައް ހުއްޓާލައި، ހުރިހާ އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައެވެ.

ލުބްނާނުގައި އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތު (އޭޔޫބީ)ގެ ދަރިވަރުން ވަނީ ކެމްޕަސް އިމާރާތްތަކުގެ ބޭރުގައި ފަލަސްތީނުގެ ދިދަތައް އުފުލައި، "ގަތުލްއާންމަށް ތާއިދުކުރާ ފަރާތްތައް ބޮއިކޮޓް ކުރާށޭ" ލިޔެފައިވާ ބެނާއެއް ހިފައިގެން މުޒާހަރާކޮށްފަ އެވެ.

ތުރުކީގެ ކޮންޔާގައި ފިހާރަތަކުގެ ވެރިން ހަޅުތާލުގައި ބައިވެރިވީ ޣައްޒާއާ އެއްބައިވަންތަކަމުގެ ގޮތުން ފިހާރަތައް ބަންދުކޮށް ފިހާރަތަކުގެ ބޭރުގައި ޕޯސްޓަރުތައް ޖަހައިގެންނެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިސްރާއީލުން ޣައްޒާއަށް ބޮމުގެ ހަމަލާތައް ދެމުން ގެންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 61،700 އަށް ވުރެ ގިނަ މީހުން ވަނީ ޣައްޒާގައި ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް މިދިޔަ ނޮވެމްބަރު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެކު ވެސް، ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވި ނަމަވެސް، އިޒްރޭލުން ވަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު