Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯގެ ހިންގުން

މިފްކޯއަކީ ބަގުރޫޓްވެފައި އޮތް ކުންފުންޏެއް، ކުންފުނި ރަނގަޅު ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ: އަމްރު

މިހާރު އެ ކުންފުނި ހިންގަނީ ސަރުކާރުން ދޭ ފައިސާއިން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2025 | ހޮނިހިރު 08:20
 މިފްކޯއިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މިފްކޯއިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މިފްކޯއަކީ މިހާރު ވެސް ބަގުރޫޓްވެފައި އޮތް ކުންފުންޏެއް ކަމަށާއި، ކުންފުނި ރަނގަޅު ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ''ޓީވީ ޓޯކް'' ޕްރޮގްރާމްގައި އަމްރު ވިދާޅުވީ މިފްކޯއަކީ ބަގުރޫޓް ވެފައިވާ ކުންފުންޏެއް ކަމަށާއި، މިހާރު އެ ކުންފުނި ހިންގަނީ ސަރުކާރުން ދޭ ފައިސާއިން ކަމަށެވެ.

Advertisement - newsAdvertisement

މަސްވެރިންނަށް ފައިސާ ދޫކުރާކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޫކުރަމުން ދަނީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ 600 މިލިއަން ރުފިޔާގެ ލޯނުން ކަމަށެވެ. އަދި އެ ލޯނު ހުސްވުމުން މަސްވެރިންނަށް ފައިސާ ދޫނުކުރެވޭ ކަމަށާއި، ނަގާފައިވާ ލޯނަށް އަނބުރާ ފައިސާ ދެއްކޭނެ ގޮތެއް ވެސް ނެތް ކަމަށް އަމްރު ވިދާޅުވި އެވެ.

600 މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން އެ ދޫކުރަމުން ދޫކުރަމުން ގޮސް އެ ހުސްވާނެތާ. އެ ލޯނަށް އަނބުރާ ފައިސާ ނުދެއްކޭ. ފައިސާ ދެއްކޭނެ ގޮތެއް ވެސް މިފްކޯގައި ނެތް. އެހެންވީމަ 600 މިލިއަން ރުފިޔާ ހުސްވީމަ ދެން އަނެއްކާ ވެސް މަސްވެރިންނަށް ފައިސާއެއް ނުދެވޭނެ. ނުދެވޭތަނުގައި އަނެއްކާ ރައްޔިތުންގެ ބޭންކްގައި ހުރި ފައިސާކޮޅު އިތުރަށް މިތާށި ވީ. އެހެންވީމަ އެއީ ވެސް ހަގީގަތުގައި ވަށާ ޖެހޭ ގޮތަށް ކުރެވޭ ކަމެއް ނޫން. މިފްކޯ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ނެތް އަމަލީ ގޮތުން ކުރެވިފައެއް. އެކަމަކު އަމަލީ ގޮތުން އެބައިން އެއްކަން ކޮށްފައި. އެއީ ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސްގަނޑުކުރާ ކާރުހާނާއާއެކު ހެދުމަށްޓަކައި އައިޑެންޓިފައި ކޮށްފައި އެކަމަށް އެ ޕްރޮޖެކްޓްތައް ބެލުމަށްޓަކައި މި މިނިސްޓްރީން އެބަހުރި ސްޓޭޓް މިނިސްޓަރަކު ލާފައި ހަމައެކަނި އެކަން ކުރުމަށްޓަކައި. އެކަމަކު އެއްވެސް ޕްރޮޖެކްޓެއް އެއްވެސް ގޮތަކަށް ނުހިނގާ. ފައިސާ ވެސް ހަމައެއް ނުޖެހޭ
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

މި ސަރުކާރުން ވަނީ މިފްކޯގެ ހިންގުން ރަނގަޅު ކުރުމަށް ކަމަށް ބުނެ، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމަށް ބޭރު ބޭފުޅެއް އައްޔަން ކުރައްވާފައެވެ. ޑރ. ވިޓާލީ ލިއުބިމޮވް ނަމަކަށް ކިޔާ އެބޭފުޅާ އައްޔަން ކުރެއްވުމާ ގުޅިގެން ވެސް ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔާފައިވެ އެވެ.

މި ކަމަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ މިއީ ވެސް މިފްކޯއަށް ސަރުކާރުން ދީފައިވާ ގެއްލުމެއް ކަމަށާއި، އެބޭފުޅާ އައްޔަން ކުރެއްވިއިރު ވެސް ދިވެހިންނާ ގުޅުންހުރި ދިވެހި ކުންފުންޏެއް ބޭރުގެ ބޭފުޅަކަށް ރަނގަޅު ގޮތުގައި މެނޭޖްކުރެވިދާނެ ކަމާމެދު ސުވާލު އުފެއްދި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ބޮޑު މުސާރާގައި އެބޭފުޅާ އައްޔަން ކުރެއްވި ކަމަށާއި، އެބޭފުޅާ މަގާމުން ދުރުކުރެއްވިއިރު ވެސް ކުންފުންޏަށް ލިބުނު ފައިދާއެއް ނެތް ކަމަށް އަމްރު ވިދާޅުވި އެވެ.

ޑރ. ވިޓާލީ އެ މަގާމަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ވިޓާލީ އަކީ މިފްކޯއަށް އައްޔަންކުރެއްވި ބޭރުގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު ކަމަށްވާއިރު، އެމަގާމުން ކުއްލި ގޮތަކަށް ވަކި ކުރެއްވީ 3 މާރޗް 2025 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު