Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

އެމެރިކާގެ ހުށަހެޅުން ބަލައި ނުގަންނާނެ ކަމަށް ރަޝިޔާ އިން ބުނެފި

2 އެޕްރީލު 2025 | ބުދަ 02:02

ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ސާގޭ ރިޔަބޮކޮވް ވިދާޅުވެފައި ވަނީ، ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހަނގުރާމައިގެ އަސްލު ސަބަބުތަކާ މެދު ރަޝިޔާގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ހިމަނާފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އެޕްރީލު 2025 | ބުދަ 02:02
ރަޝިޔާގެ ރައީސް ޕުޓިން އަދި އެމެރިކާގެ ރައީސް ޓްރަމަޕް ސިފަކޮށްދޭ ކުރެހުމެއް

ރަޝިޔާގެ ރައީސް ޕުޓިން އަދި އެމެރިކާގެ ރައީސް ޓްރަމަޕް ސިފަކޮށްދޭ ކުރެހުމެއް

ރަޝިޔާ އާއި ޔުކްރެއިން އާއި ދެމެދު ކުރިއަށްދާ ހަނގުރާމަ ނިންމުމަށް، އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުން ބަލައި ނުގަންނާނެ ކަމަށް، ރަޝިޔާގެ އިސް ޑިޕްލޮމެޓެއް ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ސާގޭ ރިޔަބޮކޮވް ވިދާޅުވެފައި ވަނީ، ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހަނގުރާމައިގެ އަސްލު ސަބަބުތަކާ މެދު ރަޝިޔާގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ހިމަނާފައި ނުވެ އެވެ.

އެހެންކަމުން، މިހާރު އެ ހުށަހެޅުން އޮތް ސިފައިގައި އޮއްވައި، ރަޝިޔާ އިން އެ ހުށަހެޅުން ބަލައި ނުގަންނާނެ ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ އެމެރިކާ އިން ހުށަހަޅާފައިވާ ހައްލުތަކަށް ރަޝިޔާ އިން ވަރަށް ސީރިއަސްކޮށް ރިޢާޔަތްކުރާ ކަމަށާއި، ނަމަވެސް މިހާރުގެ ސިފައިގައި އެ ހުށަހެޅުންތަކުގައި ހަނގުރާމައިގެ އަސްލު ސަބަބުތަކާ ގުޅޭ އެއްވެސް ހައްލެއް ހިމެނިފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ޕުޓިންއާ މެދު ނުރުހުން ފާޅުކުރައްވާފައި އެވެ. އަދި ރަޝިޔާ އިން ހައްލަކަށް ހުރަސް އަޅާ ކަމަށް ފެނިއްޖެ ނަމަ، ރަޝިޔާގެ ތެޔޮ ގަންނަ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރަޝިޔާ އިން ބޭނުން ވަނީ ޔުކްރެއިން ނޭޓޯއާ ގުޅުމުގެ ވިސްނުން ދޫކޮށްލުމާއި، ރަޝިޔާ އިން އަމިއްލަ އަށް ކަނޑައަޅާފައިވާ ހަތަރު ސަރަހައްދެއްގެ މައްޗަށް ފުރިހަމަ ބާރު ލިބުމާއި، ޔުކްރެއިންގެ އަސްކަރިއްޔާގެ އަދަދު މަދުކުރުމެވެ.

ނަމަވެސް، ޔުކްރެއިން އިން ބުނަނީ މިއީ އެ ގައުމު ދަށްކޮށްލުމުގެ މަގުސަދުގައި ރަޝިޔާ އިން އެދޭ އެދުމެއް ކަމަށެވެ. މި ހަފުތާގެ ކުރީކޮޅު، ރަޝިޔާާޣެ ޑިމިޓްރީ ޕެސްކޮވް ވިދާޅުވެފައި ވަނީ އެމެރިކާއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ނަމަވެސް މިއީ ވަރަށް އުނދަގޫ މައްސަލައެއް ކަމަށެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް