Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނާއި އެމެރިކާގެ ގުޅުން

އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވުމުން ރަޝިޔާއިން އެކަން ކުށްވެރިކޮށްފި

2 އެޕްރީލު 2025 | ބުދަ 02:09

ޓްރަމްޕަށް ފާޑުކިއުމުން ފޭއަށް ޖެހި، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ގެންދަވަނީ ޓްރަމްޕު އާއި ގާތްގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި މިއީ ޔޫކްރެއިން އަދި ވިލާތާއި ގާތްގުޅުން އޮންނަ ގައުމުގެ ތަކުގެ ބޮޑު ކަންބޮޑުވުމެކެވެ. މީގެ އިތުރުން ރަޝިއާއިން ވަނީ ގުޅުން ގޯސްވެފައިވާ އީރާނާއި އެމެރިކާގެ މެދުވެރިއަކަށް ވުމަށްވެސް ހުށަހަޅާފައެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 އެޕްރީލު 2025 | ބުދަ 02:09
މޮސްކޯގައި ބޭއްވި މަޝްވަރާތަކުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން

މޮސްކޯގައި ބޭއްވި މަޝްވަރާތަކުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން

އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވުމުން ރަޝިޔާއިން އެކަން ކުށްވެރި ކޮށްފިއެވެ.

އީރާނުގެ ނިއުކްލިއަރ އިންފްރާސްޓްރަކްޗަރ އާއި ދެކޮޅަށް ދޭ ހަމަލާތަކުގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ކަމުގެ އިންޒާރު ރަޝިޔާ އިން ދީފައި މިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން ވޮޝިންގޓަން އާއި އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގެއި ރިޔާބްކޯވް ރަޝިއާގެ ޖާނަލް "އިންޓަނޭޝަނަލް އެފެއަރޒް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޒާރުތަކުގެ އަޑު ހަގީގަތުގައި ވެސް އިވެމުންދާ ކަމަށާއި، އަލްޓިމޭޓަމްގެ އަޑުވެސް އިވެމުންދާ ކަމަށެވެ.

ޓްރަމްޕަށް ފާޑުކިއުމުން ފޭއަށް ޖެހި، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ގެންދަވަނީ ޓްރަމްޕު އާއި ގާތްގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި މިއީ ޔޫކްރެއިން އަދި ވިލާތާއި ގާތްގުޅުން އޮންނަ ގައުމުގެ ތަކުގެ ބޮޑު ކަންބޮޑުވުމެކެވެ. މީގެ އިތުރުން ރަޝިއާއިން ވަނީ ގުޅުން ގޯސްވެފައިވާ އީރާނާއި އެމެރިކާގެ މެދުވެރިއަކަށް ވުމަށްވެސް ހުށަހަޅާފައެވެ.

އީރާނުން އެމަރިކާ އާއި އެކު ސީދާ މަޝްވަރާތަކަށް ދެކޮޅު ހެދި ފަހުން ޓްރަމްޕް ފުރަތަމަ ފަހަރަށް ހަފުތާ ބަންދުގައި އެންބީސީ ނިއުސްއަށް ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ބޮން އަޅައި އިތުރު ޓެރިފްތައް ހުށަހަޅާނެ ކަމަށެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު 2015 ވަނަ އަހަރު ހެދި އެއްބަސްވުމުން އެމެރިކާ ވަކިވީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ބަދަލުގައި އީރާނުން ދެބަސްވާ ނިއުކްލިއަރ ހަރަކާތްތަކަށް ހަރުކަށި ލިމިޓްތަކެއް ކަނޑައަޅައިގެންނެވެ. ސުލްހަވެރި ބޭނުމަށް ނިއުކްލިއަރ ހަކަތަ ބޭނުންވާ ކަމަށް އީރާނުން ބުނަމުން އަންނަ އިރު، އެޓޮމިކް ބޮމެއް ހަދަން މަސައްކަތް ކުރާ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

ރިޔާބްކޯވް ވިދާޅުވީ ޓްރަމްޕް ދާދި ފަހުން ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ހަމައެކަނި އީރާނާ ގުޅޭ ގޮތުން "ހާލަތު ގޯސްވެގެން" ދިޔަ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް