Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާރްލިންގ ހާލަންޑް އަށް އަނިޔާވުން

ސިޓީގެ ފޯވާޑް ހާލަންޑަށް އަނިޔާވެ، ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް

ހާލަންޑްގެ ފަޔަށް އަނިޔާވެފައިވަނީ އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ބޯންމައުތާއި ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި ބޯންމައުތުގެ ކެޕްޓަން ލުވިސް ކުކް އަތުން ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 1 އެޕްރީލު 2025 | އަންގާރަ 14:20
މެންޗެސްޓަރ ސިޓީގެ ފޯވަޑް ހާލަންޑަށް އަނިޔާވުން: އޭނާއަށް ލިބިފައި ވަނީ ސީރިއަސް އަނިޔާއެއް ކަމަށް ކުލަބުން ބުނޭ

މެންޗެސްޓަރ ސިޓީގެ ފޯވަޑް ހާލަންޑަށް އަނިޔާވުން: އޭނާއަށް ލިބިފައި ވަނީ ސީރިއަސް އަނިޔާއެއް ކަމަށް ކުލަބުން ބުނޭ

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑްގެ ފަޔަށް އަނިޔާވެ، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހުމުގެ ބިރު ހީވެއްޖެ އެވެ.

ހާލަންޑްގެ ފަޔަށް އަނިޔާވެފައިވަނީ އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ބޯންމައުތާއި ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި ބޯންމައުތުގެ ކެޕްޓަން ލުވިސް ކުކް އަތުން ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައެވެ.

ސިޓީން ހާމަކުރި ގޮތުގައި، ހާލަންޑް ވަރަށް އަވަހަށް ކަމާބެހޭ ސުޕެޝަލިސްޓަކަށް ދައްކާ ކުރިއަށް ގެންދާނެ ފަރުވާއާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ. އުމުރުން 24 އަހަރުގެ ހާލަންޑް ބޯންމައުތު މެޗަށް ފަހު ވައިޓާލިޓީ ސްޓޭޑިއަމްއިން ނުކުމެގެންދިޔައީ ޕްރޮޓެކްޓިވް ބޫޓާ އެކު އަށިގަނޑުގެ އެހީގައެވެ. ހާލަންޑުގެ މި އަނިޔާއާ އެކު މި ސީޒަންގައި ނުފެނުމަކީ ވެސް ގާތް ކަމެއްކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނަމަވެސް, ސިޓީން ގަބޫލުކުރާ ގޮތުގައި މި ސީޒަންގައި ފަހު ބައިގައި އޭނާ އަލުން ސިޓީއަށް ކުޅޭތަން ފެނުމަކީ ގާތް ކަމެކެވެ. އަދި ޖޫން މަހު އެމެރިކާގައި ބާއްވާ ކްލަބް ވޯލްޑް ކަޕްގައި އޭނާ ފެންނާނެ އެވެ.

ބޯންމައުތާއި ދެކޮޅަށް ސިޓީ ކުޅުނު ކުއާޓާ ފައިނަލްގައި ހާލަންޑް ލަނޑެއް ކާމިޔާބުކުރި ނަމަވެސް އޭނާ އަތުންވަނީ ޕެނަލްޓީއެއް ބޭކާރުވެ، ލަނޑު ޖަހަން ލިބުނު ރަނގަޅު ދެ ފުރުސަތެއް ބޭކާރު ވެފައެވެ.

ހާލަންޑްވަނީ މި ސީޒަންގައި ސިޓީއަށް މިހާތަނަށް ކުޅުނު 40 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

މި ސީޒަންގައި ސިޓީއަށް މިހާރު ތައްޓެއް ކާމިޔާބުކުރަން އޮތް ހަމައެކަނި ފުރުސަތަކީ އެފްއޭ ކަޕެވެ. ޕްރިމިއާ ލީގުގައި ސިޓީން ދަނީ އަންނަ ސީޒަންގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި ހަތަރުވަނަ މަގާމަށް ވާދަކުރަމުންނެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު