Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތު

"ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ޑޮލަރުގެ ކަޅު ބާޒާރަށް އެއްވެސް ބަދަލެއް ނާދޭ"

ޑޮލަރު ވިއްކާ ރަސްމީ ރޭޓަކީ 15.42ރ. ކަނޑައަޅާފައި ވީ ނަމަވެސް ފާޅުކަން ބޮޑުގޮތެއްގައި ހިނގާ ޑޮލަރުގެ ކަޅު ބާޒާާރުގައި މިހާރު ވެސް ޑޮލަރު ރޭޓު އުޅެނީ 19ރ. އިން މަތީގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 1 އެޕްރީލު 2025 | އަންގާރަ 14:18
ރައީސް ޑރ. މުޙައްމަދު މުއިއްޒު "ރައްޔިތުންނާއި އެކު" ޕޮޑްކާސްޓުގައި: ރައީސްގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ދަށުން ކަޅުބާޒާރުގެ ޑޮލަރުގެ އަގުތަކަށް ބަދަލެއް ނާނޭ

ރައީސް ޑރ. މުޙައްމަދު މުއިއްޒު "ރައްޔިތުންނާއި އެކު" ޕޮޑްކާސްޓުގައި: ރައީސްގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ދަށުން ކަޅުބާޒާރުގެ ޑޮލަރުގެ އަގުތަކަށް ބަދަލެއް ނާނޭ

ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުގެ އާމްދަނީން ބައެއް މާރުކުރަން މަޖުބޫރުކުރި ފަހުން މިހާތަަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމާއި އެ ސިޔާސަތުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ޑޮލަރުގެ ކަޅު ބާޒާރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އާންމުން ބުންނަ ފަށައިފި އެވެ.

އެމްއެމްއޭއިން ޑޮލަރު ވިއްކާ ރަސްމީ ރޭޓަކީ 15.42ރ. ކަނޑައަޅާފައި ވީ ނަމަވެސް ފާޅުކަން ބޮޑުގޮތެއްގައި ހިނގާ ޑޮލަރުގެ ކަޅު ބާޒާާރުގައި މިހާރު ވެސް ޑޮލަރު ރޭޓު އުޅެނީ 19ރ. އިން މަތީގައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ކަޅުބާޒާރުގައި ޑޮލަރު އަގުދައްވާނެ ކަމަށް ބުނެ، ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުގެ އާމްދަނީން ބައެއް މާރުކުރަން މަޖުބޫރުކުރުވި ނަމަވެސް ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ މި ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރަށް އެއްވެސް ލުޔެއް އައިސްފައި ނުވާ ކަމަށް ވިޔަފާރިވެރިން ވެސް އަންނަނީ ބުނަމުންނެވެ.

ރައީސް މުއިއްޒުގެ މި ޑޮލަރު މާރުކުރުމުގެ މި ސިޔާސަތުގެ ދަށުން ޑޮލަރު މާރުކޮށްގެން ފައިދާ އެއް ކިރިޔާވެސް ލިބެނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ކަމަށާއި އެހެން ނަމަވެސް އާންމު މީހާ އަށް އަދިވެސް ޑޮލަރު ލިބެނީ ބޮޑު އަގުގައެވެ.

މިހެން މިކަން އޮއްވައި ދާދި ފަހުން ރައީސް އޮފީހުން މުޅިން އަލަށް ފެށި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ނިިމިގެން ދިޔަ ހަފުތާގައި ރައީސް މުއިއްޒު ވިދާޅުވީ, މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށް ވުރެ 40 އިންސައްތަ އިތުރު އަދަދެއް ކަމުގައި އެވެ.

ޑޮލަރުގެ މައްސަލައަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ފެށީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކަށައެޅި ގަވާއިދެއްގެ ދަށުން ކަމަށާއި އެފަހުން ޑޮލަރު މާރުކުރުމާ ބެހޭ ގާނޫނެއް އެކުލަވާލައި މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.

ޖުމްލަކޮށް މި ގާނޫނުގެ ދަށުން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި. ކުރީގައި މާރުކުރަމުން އައި ވަރަށް ވުރެ 40 އިންސައްތަ އިތުރު އަދަދެއް. އެހެންވީމާ ވަރަށް ބޮޑުތަން ރަނގަޅު
ރައީސް ޑރ. މުއިއްޒު

ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ގުޅިގެން ދެއްކެވި ވާހަކައިގައި ރައީސް ވަނީ މި ސިޔާސަތުގެ ކާމިޔާބީ ފާހަގަކުރައްވަމުން, އެ ސިޔާސަތަށް ގިނަ ބަޔެއްގެ އެއްބާރުލުން ލިބެމުންދާކަމަށް ވިދާޅުވެފަ އެވެ.

ގޮތުގައި ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ފަރާތުން ޑޮލަރު މާރުކުރަމުންދާ ކަމުގަ އާއި އަދި ބާކީ ފަސް އިންސައްތަ ވެސް މީގެތެރެއަށް ވެއްދުމަށް އެމްއެމްއޭއިން އެ ފަރާތްތަކާ އެކު މަސައްކަތް ކުރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމުގެ ނަތީޖާއަކަށް ވާނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެ ދާއިރާއިން ލިބޭ އާމްދަނީ ކުރިއަށް ވުރެ އިތުރުވެ، އޭގެ މަންފާ އާންމުންނަށް ކުރުން ކަމަށެވެ.

އެގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެ އަދަދު 1،000 ޑޮލަރަށް ވުރެ އިތުރުކުރުމާއި ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކުރުމާ އަދި ޓީޓީ ހެދުމަށް އިތުރަށް ފުރުސަތު ފުޅާވެގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު