Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރުގެ ދެއަތަށް ހެއްލޭ ހާރިޖީ ސިޔާސަތު

އަވަށްޓެރި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތައް ހީނަރުވުމުގެ ސަބަބުން، ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ އަގު ވަރަށް ބޮޑަށް ވެއްޓިގެން ގޮސްފައިވާކަން ފާހަގަކުރޭ. މިކަމުގެ ސަބަބުން ރާއްޖެއަށް ލިބެމުން އައި އެހީތެރިކަމާއި އެއްބާރުލުން ވެސް މަދުވަމުންދާ ކަމަށް ސިޔާސީ ދާއިރާގެ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާތަނަށް އިންޑިއާ ފިޔަވައި އެހީއެއް ދޭނެ ގައުމެއް ނެތް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 މާރިޗު 2025 | ހުކުރު 08:10
މި ސަރުކާރުގެ ހާރިޖީ ސިޔާސަތާއެކު އެއްވެސް ގައުމަކުން ބޭނުންވާ މާލީ އެހީތެރިކަމެއް މިހާތަނަށް ލިބިފައި ނުވޭ

މި ސަރުކާރުގެ ހާރިޖީ ސިޔާސަތާއެކު އެއްވެސް ގައުމަކުން ބޭނުންވާ މާލީ އެހީތެރިކަމެއް މިހާތަނަށް ލިބިފައި ނުވޭ

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު މިވަގުތު ވަނީ ނާޒުކު ހާލަތެއްގައި ކަމަށް ސިޔާސީ މާހިރުން ފާހަގަކުރަމުންދާ ހިނދު، އެއްވެސް ބޭރު ގައުމަކާ އެކު ވަރުގަދަ ގުޅުމެއް ގާއިމުކުރުމަށް މިހާތަނަށް ސަރުކާރަށް ކާމިޔާބު ވެފައި ނުވާކަން ފާހަގަކުރެވެއެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭއިރު، ޖިއޯ ޕޮލިޓިކަލް މަސްރަހުގައި ރާއްޖެއިން އަދާކުރަންޖެހޭ ދައުރު އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވޭ ކަމަށް ބައިނަލްއަގުވާމީ ގުޅުންތަކުގެ މާހިރުން ދެކެއެވެ.

އަވަށްޓެރި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތައް ހީނަރުވުމުގެ ސަބަބުން، ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ އަގު ވަރަށް ބޮޑަށް ވެއްޓިގެން ގޮސްފައިވާކަން ފާހަގަކުރެވެ އެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ލިބެމުން އައި އެހީތެރިކަމާއި އެއްބާރުލުން ވެސް މަދުވަމުންދާ ކަމަށް ސިޔާސީ ދާއިރާގެ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާތަނަށް އިންޑިއާ ފިޔަވައި އެހީއެއް ދޭނެ ގައުމެއް ނެތެވެ.

އިންޑިއާއިން 2023-2024 ވަނަ އަހަރު ރާއްޖެއަށް 832.83 ކްރޯޑް ރުޕީސް (1,487,971,865.36 ބިލިއަން ދިވެހި ރުފިޔާ) ބޮޑު އެހީއެއް ދީފައިވެއެވެ. މިއީ މިހާތަނަށް މި ސަރުކާރަށް އަދި ލިބުނު ބޭރުގެ ހަމައެކަނި އެހީއެވެ. މީގެ އިތުރުން މި ސަރުކާރަށް ބޭރުގެ މާލީ އެހީތައް ނުލިބި އަނެއްކާވެސް ދަރަނި ނަގަން މަޖުބޫރުވެފައިވާ ކަމަށް ވެސް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ރާއްޖެއިން މާލީ އެކި އިދާރާތަކުން މާލީ އެހީތެރިކަން ހޯދަން އެދުނު ނަމަވެސް މިހާތަނަށް އައި އިރު މި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް އިކޮނޮމިކް ޓައިމްސްގައި ވެސް ވަނީ ބުނެފަ އެވެ. މީގެ ތެރޭގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ކޮންމެ ގައުމަކުން 300 މިލިއަން ޑޮލަރު ސަރުކާރުން ހޯދަން އެދިފައިވީ ނަމަވެސް ސަރުކާރުގެ މި އެދުމަށް ޖީސީސީގެ ގައުމުންތަކުން އުއްމީދީ ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އިން 200 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓް އާއި ދަރަނި ދެއްކުމަށް ރީފައިނޭންސް ކުރުމާއި ފައިސާ ބަދަލުކުރުމަށް އެދުނުނަމަވެސް މިހާތަނަށް އުއްމީދީ ޖަވާބެއް ޗައިނާއިންވެސް ދީފައި ނުވެ އެވެ. އެހެންނަމަވެސް އިންޑިއާގެ 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއިއެކު ވަގުތީ ލުޔެއް ލިބި، އިމްޕޯޓަށް ހަރަދުކުރާނެ ފައިސާއާއި ސަރުކާރުގެ ހަރަދުތައް މިވަގުތަށް ދެމެހެއްޓުމަށް ރާއްޖެއަށް ވަނީ ކޮންމެވެސް ވަރެއްގެ ފުރުސަތެއް ލިބިފައި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ހަގީގަތަކީ މި ސަރުކާރުގެ ފޮރިން ޕޮލިސީއެއް ނެތްކަމެވެ. އިންޑިއާއާި ޖެހިގަތުމުގެ ނަތީޖާވެސް ގޯސްކަމެވެ. އަދި ވަކިން ހާއްސަކޮށް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި ސަރުކާރުގެ ދޯހަޅި ނިންމުންތައް ވެސް ހިމެނެއެވެ. ރާއްޖޭގެ ތަނަވަސްކަމާއި ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ އިންޑިޔާއާއެކު އޮންނަ ރަނގަޅު ގުޅުމުގެ މައްޗަށެވެ.

ރާއްޖޭގެ ޖަޒީރާ ރަށްތަކަކީ ވަރަށް މުހިންމު ޖިއޮޕޮލިޓިކަލް ކްރޮސްރޯޑެއްގެ ތެރޭގައި އޮތް ޤައުމެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އައު ވެރިކަމުގައި ޒަމާނުއްސުރެ އިމްތިހާނު ކުރި ބައިވެރިއެއް ކަމަށްވާ އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވެ ޗައިނާ ދިމާލަށް ރާއްޖެ ދަތުރުކުރަމުން އަންނަ ތަން ވެސް ފެނިގެން ދިޔައެވެ. ނަމަވެސް ހަގީގަތްތައް ރަނގަޅަށް ބެލުމުން އެނގެނީ ޗައިނާއާ މާ ބޮޑަށް ގުޅުމުގެ ބަދަލުގައި އިންޑިއާއާ ގުޅުން ބަދަހިކޮށްގެން ރާއްޖެއަށް ލިބޭނެ މާ ބޮޑު ފައިދާއެއް އެބަހުރި ކަމެވެ.

އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެ ބިންގަލަކީ ޒަމާނުއްސުރެ ދެޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމާއި އެއްބާރުލުމާ އެކު އުފެދިފައިވާ ވަރުގަދަ ގުޅުމުގެ އަސާސްތަކެކެވެ. އިންޑިޔާއަކީ ރާއްޖޭގެ އެކި ރަށްރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. އިންޑިއާއިން މިހާރުވެސް ދަނީ ރާއްޖޭގައި 23 މިލިއަން ޑޮލަރުގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގެ 65 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ޕްރޮޖެކްޓްތަކުގެ ތެރޭގައި މަސް ޕްރޮސެސްކުރާ ޕްލާންޓްތަކާއި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކުން ފެށިގެން ސަގާފީ ހަބްތަކާއި ކުޅިވަރުގެ ވަސީލަތްތައް ހިމެނެ އެވެ.

ތަރައްގީގެ އެހީގެ އިތުރުން އިންޑިއާއިން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ޓްރެޜަރީ ބިލެއް ގެނައުމުގެ ގޮތުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ދީލަތި ބަޖެޓް ސަޕޯޓް ޕެކޭޖެއް ވެސް ދީފަ އެވެ. ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމާއި ކުރިއެރުމަށް އިންޑިޔާއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން މި މުހިންމު މާލީ ލައިފްލައިންއިން ދައްކުވައިދެއެވެ.

އިންފްރާސްޓްރަކްޗަރގެ ޓްރާންސްފޯމޭޝަނަލް މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށްގެންދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގެ މުސްތަގުބަލުގައި އިންޑިއާއިން ކުރާ އިންވެސްޓްމަންޓްތަކުގެ ފުންމިނަށް ދައްކުވައިދޭ ޕްރޮޖެކްޓެކެވެ. އިންޑިއާގެ ހިލޭ އެހީއާއި 500 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ކްރެޑިޓްގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ މަގުސަދަކީ އިގްތިސާދީ ކުރިއެރުމަށް ބާރުއެޅުމާއި ދިވެހިންނަށް ދިރިއުޅުމުގެ ފަސޭހަކަން އިތުރުކުރުމެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ އެހީއަކީ ހަމައެކަނި މާލީ އެހީތެރިކަން ފިޔަވައި އިތުރު އެހީއެކެވެ. ސަގާފީ، ތާރީޚީ އަދި ސްޓްރެޓެޖިކް ގޮތުން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ ސަބަބުންނެވެ. އިންޑިޔާއިން އަބަދުވެސް ރާއްޖޭގެ ސިޔާދަތާއި ސަރަޙައްދީ އެއްބައިވަންތަކަމަށް އިޙްތިރާމްކުރާއިރު، ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ނުވަތަ އެޤައުމުގެ އިޚްތިޔާރު ގެނައުމަށް އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައިނުވެއެވެ.

ޗައިނާގެ އިންވެސްޓްމަންޓާއި ލޯނުތައް ފުރަތަމަ ނަޒަރުގައި ހިތްގައިމު ކަމަށް ހީވިޔަސް، ރާއްޖެއިން ސަމާލުވުން ބުއްދިވެރިއެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) ގެ ސަބަބުން ގިނަ ގައުމުތަކެއް ދަރަނީގެ ތެރެއަށް ވެއްޓި، ސްޓްރެޓެޖިކް އެސެޓްތައް ދޫކޮށްލަން ނުވަތަ ބެއިޖިންއަށް މާބޮޑު ލުއިތަކެއް ދޭން ވަނީ މަޖުބޫރުވެފަ އެވެ. ރާއްޖޭގެ ނާޒުކު އިޤްތިޞާދާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން މިފަދަ އަނިޔާވެރި ލޯނު ދިނުމުގެ އާދަތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ނުރައްކަލަށް ހުށަހެޅެ އެވެ.

ރާއްޖޭގެ މުސްތަގުބަލު ޗައިނާއަށް ވައްޓާލުމުން، ރާއްޖޭގެ ސިޔާދަތަށް ބުރޫ އަރައި، އަމިއްލަ ފައިދާއަށް ކުދި ޤައުމުތައް އެކްސްޕްލޮއިޓް ކުރުމުގެ ޓްރެކް ރެކޯޑެއް އޮންނަ ބޭރުގެ ބާރަކަށް މާބޮޑަށް ބަރޯސާވުމުގެ ބިރު އެބައޮތެވެ.

މީގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަރަޙައްދީ މައްސަލަތަކުގައި ޗައިނާއިން ގެންގުޅޭ ސްޓޭންޑާއި، އެޤައުމުގެ އަސްކަރިއްޔާއިތުރުވުމަކީ ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމަށް ސީދާ ނުރައްކަލެއް ކުރިމަތިވެފައިވާ ކަމެކެވެ. ޗައިނާއާ ވަރަށް ގާތުން ގުޅުމަކީ އިތުބާރު ކުރެވޭ ބައިވެރިއެއް އަދި ސަރަހައްދީ ބާރު ގަދަ ގައުމެއް ކަމަށްވާ އިންޑިއާއާއެކު ރާއްޖޭގެ ގުޅުން ހީނަރުވެދާނެ ކަމެކެވެ.

ނަމަވެސް މިއަދުވެސް ފެނިގެންދަނީ ސަރުކާރުގެ ފަރާތުން އެއް މަންޒަރެކެވެ. ޒަމާނުއްސުރެ ރާއްޖެއިން ގެންގުޅެމުން އައި ގޮތްގަނޑު ދޫކޮށްލައި، ގަދަބަސްބުނެ ގަދަފައި ވިއްދާ ދޭދޭ ގުޅުމަކީ ކޮބައިކަން ނޭނގި މި ސަރުކާރުން ހާވާ ހަޑިން ރާއްޖެ މިއަދު މިވަނީ ހަގީގަތުގައި އެކަހެރިވެފައެވެ. މިއަދު ރާއްޖެއަށް މަދަދުދޭނެ އެކަކުވެސް ނެތީއެވެ. އެންމެ ފަހުން އަސްވިއްކާ ލަގަން ވިއްކާ ހިސާބަށް ވެސް ކަންކަން ގޮސްފިއެވެ. ވާނީވެސް އެހެންތާ އެވެ. ހާރިޖީ ސިޔާސަތެއް ނެތި ހިނގާ ސަރުކާރެކޭ، އަމާޒެއް ނެތި ލާހޫރޭ ބޮއްކުރާއެކޭ އެއްވަރެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

31 ޑިސެމްބަރު 2017
2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

18 ނޮވެމްބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު