Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސީހްގެ ވޯޓު

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

މަސީހާ ދެކޮޅު 50 މެންބަރުން އެބަ ތިބި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 15 ޖުލައި 2017 | ހޮނިހިރު 10:59
މަޖިލީހުގެ މެންބަރުން

މަޖިލީހުގެ މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅުމުން ސިއްސައިގެން ދިޔައީ ހަމައެކަނި ސަރުކާރުގެ ކޯލީޝަނެއް ނޫނެވެ. އިދިކޮޅު ހަރަކާތަށް ތާއީދުކުރާ އެތައް ބަޔަކު ވެސް އެކަމާ މެދު ހައިރާންވިއެވެ. ސަރުކާރާ ދެކޮޅަށް ކަމެއް ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތިފައި ތިބި އެތައް ބަޔަކަށް އެކަންވީ ވަރަށް ހައިރާންކުރަނިވި ކަމަށެވެ. ހާއްސަކޮށް ކުރިން ހީވެފައި ވެސް ނެތް ބައެއް މެންބަރުން މަސީހާ ދެކޮޅަށް ބިރުކަނޑާލާފައި ބަސްބުނުމުން ގިނަ ބަޔަކަށް އުންމީދު އާވިއެވެ. ނަމަވެސް އެންމެންނަށް ވެސް އެނގޭ ކަމަކީ ސަރުކާރުން އެހާ ފަސޭހައިން އެކަން ދޫކޮށް ނުލާނެ ކަމެވެ. އެކަމުގައި ސަރުކާރަށް ހެދެން އޮތް ހުރިހާ އެއްޗެއް ހަދައި ކުޅެވެން ހުރި ހުރިހާ ކާޑެއް ކުޅޭނެއެވެ. ޖެހެން އޮތް ހުރިހާ ހިސާބެއް ވެސް ޖަހާނެކަން އެއީ އެނގޭ ކަމެކެވެ. ދިވެހި ރައްޔިތުންގެ ނަމުގައި ދައުލަތުގެ ބަންޑާރަ ނައިބު އެދިވަޑައިގެން ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު ހުކުމަކީ ސަރުކާރުގެ އެންމެ ފަހު ކާޑެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ އަދިވެސް ސަރުކާރުގެ ހިސާބު ޖެހުން ގޯސް ކަމަށެވެ.

ސާޅީސް ފަހަކުން ފަށަމާ ހިނގާށެވެ. އެއީ މުޅި މަޖިލީހުގެ ދެބައިކުޅަ އެއްބައެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވާތީ އާއި އަދި ރިޔާސަތު ބަލަހައްޓަވާތީ ރައީސް އާއި ނައިބު ރައީސް އަށް ވޯޓުގައި ބައިވެރިވަޑައެއް ނުގެންނެވޭނެއެވެ. އޭގެ އިތުރުން ސޮއިކުރެއްވި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ވަނީ އިދިކޮޅު ފަރާތްތައް އެދޭ ގޮތަށް ވޯޓު ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ވޯޓު ނަގާ ދުވަހު ހުރިހާ މެންބަރުން ހާޒިރުވެވަޑައިގެންފި ނަމަ މެޖޯރިޓީއަކީ 42 އެވެ. އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މައްސަލަ ވެއްދީ ވެސް އެއް އުސޫލަކުން މަޖިލީހުގެ މެޖޯރިޓީއާ އެކުގައެވެ. ދެން އޮތީ ހަމައެކަނި ރަސްމީކޮށްލުމަށްޓަކައި މަޖިލީހުގެ ޖަލްސާގައި ތަޅުމުގައި އެކަން ކުރުމެވެ.

އިދިކޮޅު ފަރާތްތަކުގެ އެ ރޭވުން ރޫޅާލުމަށް ސަރުކާރުން ފުރަތަމަ މަސައްކަތްކުރީ ސޮއިކުރި މެންބަރުންގެ ތެރެއިން ޕީޕީއެމްގެ މެންބަރުން "މައިތިރި" ކުރުމަށެވެ.

ސޮއިކުރި މެންބަރަކު ލައްވާ އެއީ ފޯޖް ސޮއެއް ކަމަށް ދައްކައި އަދި ރިޝްވަތު ދިން ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އެޅުވުމަށް މަސައްކަތްކުރި ނަމަވެސް އެކަމުގައި އިދިކޮޅު ފަރާތްތައް މިފަހަރު މާ ސްމާޓެވެ. ސޮއިކުރާ މަންޒަރަށް ދަންދެން ހުރީ ރައްކާކޮށްފައެވެ. އެހެންކަމުން ސޮއި ފޯޖްކުރި ކަމަށް ބުނެ ވީޑިއޯ އާންމުކުރި މެންބަރަށް އެންމެ ފަހުން ޖެހިވަޑައިގެންނެވީ އިތުރުފުޅު ހެއްދެވި ކަމަށް މީޑިއާ ކުރިމަތީގައި އެއްބަސްވެވަޑައިގަންނަވާށެވެ. އެހެންކަމުން ސަރުކާރުގެ އެ މަސައްކަތް ކާމިޔާބެއް ނުވިއެވެ.

ސޮއިކުރެއްވި މެންބަރުން މަސީހާ ދެކޮޅަށް ވޯޓު ނުދޭނެ ކަމަށް ސަރުކާރުން ދިޔައީ ވަރަށް ވަރުގަދަ އަށް ބުނަމުންނެވެ. ނަމަވެސް އެއިން މެންބަރަކާ ފޯނުން ވެސް ނުގުޅި އުޅެނިކޮށް އެ މެންބަރުން ވަނީ މަސީހާ ދެކޮޅަށް ވޯޓު ދޭނެކަން ފާޅުކޮށްފައެވެ. އެކަމުގައި ވެސް ސަރުކާރަށް ލިބުނީ ނާކާމިޔާބީއެވެ.

އެ ބައްޔާ އެކު ސަރުކާރު ކުޅިބައި ބަދަލުކޮށްލިއެވެ. ގޮނޑި ގެއްލުވާލާނެކަމުގެ ބިރު ދައްކަން ފެށިއެވެ. އަދި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް މައްސަލަ ވެއްދި އެވެ. މިފަހަރު ވެސް މެންބަރުން މާ ސްމާޓެވެ. މައްސަލައާ އެކު ގޮތެއް ނިންމުމުގެ ކުރިން ޕާޓީން ކެނޑުނުކަން އިއުލާނުކޮށް ސިޓީ ފޮނުވައި އެ ސިޓީ އާންމު ވެސް ކުރީއެވެ. އެހެން ކަމުން ގާނޫނާއި ގަވާއިދުތައް ބުނާ ގޮތުން އެ މެންބަރުންނަކީ އެ ވަގުތުން ފެށިގެން ޕީޕީއެމްގެ މެންބަރުންނެއް ނޫނެވެ.

ހިތުން މޮޅު ނަމަވެސް ދެން ވެސް ސަރުކާރަށް އެޅުނީ ޅަ އެއްޗެކެވެ. ވަކިވި މެންބަރުން ވަކި ނުވާ ކަމަށް ދެއްކުމަށާއި މީގެ އެތައް މަސްތަކެއް ކުރިން ޕާޓީން ވަކިކޮށް ލިޔުން ދީފައިވާ މެންބަރުންގެ މައްސަލަތައް އަލުން ރިވިއުކުރާ ކަމަށް ބުނެ އެމެންބަރުންނަށް ސިޓީ ފޮނުވިއެވެ. ބޭނުމަކީ އެއީ އަދިވެސް ޕީޕީއެމްގެ މެންބަރުން ކަމަށް ހަދައި ސުޕްރީމް ކޯޓުން ދޮންކޮށް ފައްކާކޮށްފައި އޮތް ހުކުމުގެ ތެރެއަށް މެންބަރުން ފައްތައި ގޮނޑި ގެއްލުވާލުމެވެ. ނުވަތަ ބިރު ދައްކައިގެން އެމެންބަރުން މައިތިރިކުރުމެވެ. ނަމަވެސް މިފަހަރު ވެސް ލަނޑުވަނީ ބައިކޮޅަށެވެ. އެއީ ޕީޕީއެމްގެ މެންބަރުން ނޫން ކަން ދިވެހި އެންމެހާ ރައްޔިތުންނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގެއެވެ. ނަމަވެސް ހަޔާތެއް ނެތިއްޔާ ސުޕްރީމް ކޯޓުގެ ގާނޫނުގެ ތެރެއަށް އެ މެންބަރުން ފެއްތިދާނެއެވެ. ހިތާމައަކީ އިންސާފު ހޯދަން ދާނެ ތަނެއް މި ގައުމުގައި މިހާރު ނެތީމައެވެ.

ދެން އޮތް ސުވާލަކީ ޕީޕީއެމްގެ ތެރެއިން "ބަޣާވާތްކޮށް" ނުކުތް މެންބަރުންގެ ގޮނޑި ސަރުކާރުން ގެއްލުވާލައިގެން ވެސް މަސީހް ރައްކާތެރިކުރެވިދާނެތޯއެވެ؟ އެކަމުގެ އެއްވެސް ޔަގީން ކަމެއް ސަރުކާރަކަށް ނެތެވެ. އެއީ ޕާޓީން ވަކިނުވެ ތިބި މެންބަރުންގެ ތެރޭގައި ވެސް އިދިކޮޅަށް ވޯޓު ދޭނެ ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނާނެ ފަސް ވަރަކަށް މެންބަރުން އެބަ ތިބި ކަމެވެ. އެހެންކަމުން ސަރުކާރުގެ ދިފާއުގައި މިހާރު ތިބި މެންބަރުންގެ ސީދާ އަދަދު އަންދާޒާކުރަން ސަރުކާރަށް ވެސް ދައްޗެވެ.

ހިސާބުތައް ދައްކާ ގޮތުން މަޖިލީހުގައި މި ވަގުތު އެމްޑީއޭ/ ޕީޕީއެމް ކޯލިޝަންގެ ޖުމްލަ އަދަދަކީ 53 އެވެ. އޭގެ ތެރެއިން 14 މެންބަރެއްގެ ގޮނޑި ގެއްލުވާލައިފި ނަމަ އެ އަދަދު 39 އަށް ވެއްޓެއެވެ. އަދި މަޖިލީހުގެ މެންބަރުންގެ އަދަދު 71 އަށް ވެއްޓޭނެއެވެ. އެހެންކަމުން އަގުލަބިއްޔަތަކީ 36 އެވެ. އޭރުން ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާ އެކު ސަރުކާރަށް ނިސްބަތްވާ ތިބޭނީ 40 މެންބަރެކެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ ވޯޓު ކަމަށް ވުމުން މަސީހަށް ވޯޓު ނުލެވޭ އިރު ރިޔާސަތު ބަލަހައްޓަވާ މެންބަރުގެ ހައިސިއްޔަތުން މޫސައަކީ ވެސް މި ވޯޓުގައި ބޭކާރު ބޮލެކެވެ. އެހެންކަމުން ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވޭނީ 38 މެންބަރަކަށެވެ.

އިދިކޮޅު ފަރާތްތަކުން ޖަހާ ހިސާބު ދައްކާ ގޮތުން މީގެ ތެރެއިން ފަސް މެންބަރަކު މަޖިލީހުގެ ތަޅުމުގައި ސަރުކާރާ ދެކޮޅަށް ވޯޓު ދޭނެއެވެ. އޭގެ އަލާމާތްތައް ވެސް ދަނީ ފެންނަމުންނެވެ. ބައެއް މެންބަރުން ފާޅުގައި ސަރުކާރުގެ ސިޔާސަތުތަކަށް ދަނީ ފާޑު ވިދާޅުވަމުންނެވެ. ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ތެރޭގައި ވަނީ ވަރުގަދަ ޒުވާބެއް ވެސް އުފެދި ބައިބައި ވެފައެވެ. މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލައިފި ނަމަ އެ މީހުންނަށް ވާގިވެރިވާނެ އިތުރު ބައިވެރިންތަކެއް އެ ކޯލިޝަންގެ ތެރޭގައި ތިބޭނެކަން ޔަގީނެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ބުނާ ގޮތަށް ފަސް މެންބަރަކު މަސީހާ ދެކޮޅަށް ވޯޓު ދޭ ނަމަ ޕީޕީއެމް ކޯލިޝަންގެ އަދަދު 33 އަށް ދަށްވާނެއެވެ. އިދިކޮޅުގައި 38 މެންބަރުން އޭރު ތިބޭނެއެވެ. އޭގެ ތެރެއިން ކުރިން ވަކިކުރި ނަމަވެސް ވަކިނުވާ ކަމަށް ޕީޕީއެމް އިން ބުނާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އަދި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަހްމަދު މަނިކްގެ ގޮނޑި ގެއްލުވާލައިފި ނަމަ އެ އަދަދު 34 އަށް ދަށްވާނެއެވެ. އެއް ވޯޓުން ކުރި ލިބޭނީ އިދިކޮޅަށެވެ. އެހެންކަމުން މަސީހް ސަލާމަތްކުރެވިދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ސަރުކާރަށް ހަގީގަތުގައި ނެތެވެ.

ދެން އޮތް ހަމައެކަނި މަގަކީ މެންބަރުންތަކެއް ހައްޔަރުކޮށް ނުވަތަ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ މައްޗަށް ފަށާފައިވާ ޝަރީއަތް ރާސްޓަސް ކިޔާފައި 24 ވަނަ ދުވަހުގެ ކުރިން ހުކުމްކޮށް ޖަލަށް ލުމެވެ. އެ ނޫން އެއްވެސް މަގެއް މިފަހަރު ސަރުކާރަކަށް ނެތެވެ. ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކާއި ފުލުހުން ފަދަ ތަންފީޒީ އިދާރާތަކާއި ފަހު ބަސް ބުނާ ސުޕްރީމް ކޯޓުގެ އެހީތެރިކަމާ އެކު ސަރުކާރުން ޖަހާ ހިސާބުގައި ބޮޑެތި ގޯސްތަކެއް އަދިވެސް އެބަހުއްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު