Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓެރިފް ބޮޑުކުރުމުގެ އިންޒާރު

އީޔޫ އާއި ކެނެޑާއިން އެމެރިކާއަށް "އިގްތިސާދީ ގެއްލުމެއް" ދީފި ނަމަ އެ ދެ ގައުމުން އިތުރު ޓެރިފްތަކެއް ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އިމްޕޯޓް ކުރާ އުޅަނދުތަކުން 25 ޕަސެންޓް ޓެރިފް ނަގަން އިއުލާނު ކުރައްވައި، ދުނިޔޭގެ ވިޔަފާރީގެ ހަނގުރާމަ ފުޅާވެ، ގެއްލުން ލިބުނު އެމެރިކާގެ ބައިވެރިންގެ ފާޑުކިޔުންތަކަށް ބަދަލު ހިފާނެ ކަމުގެ އިންޒާރުތައް ދީފަ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 މާރިޗު 2025 | ބުރާސްފަތި 07:56
އެމެރިކާއަށް އިގްތިސާދީ ގެއްލުން ދިނުމުގެ ގޮތުން މަސައްކަތް ކުރާނަމަ، މިހާރު ރާވާފައިވާ ވަރަށް ވުރެ މާ ބޮޑު ބޮޑު ޓެރިފްތަކެއް ނަގާނެކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައި

އެމެރިކާއަށް އިގްތިސާދީ ގެއްލުން ދިނުމުގެ ގޮތުން މަސައްކަތް ކުރާނަމަ، މިހާރު ރާވާފައިވާ ވަރަށް ވުރެ މާ ބޮޑު ބޮޑު ޓެރިފްތަކެއް ނަގާނެކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ކެނެޑާއިން އެމެރިކާއަށް "އިގްތިސާދީ ގެއްލުމެއް" ދީފި ނަމަ އެ ދެ ގައުމުން އިތުރު ޓެރިފްތަކެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން އާއި ކެނެޑާ ގުޅިގެން "އެމެރިކާއަށް އިގްތިސާދީ ގެއްލުމެއް ދިނުމަށް" މަސައްކަތް ކޮށްފި ނަމަ އެ ދެ ގައުމަށް ބޮޑެތި ޓެރިފްތަކެއް ނެގޭނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން އިން އެމެރިކާއަށް އިގްތިސާދީ ގެއްލުމެއް ދިނުމަށް ކެނެޑާއާ އެކު މަސައްކަތް ކޮށްފި ނަމަ، އެ ދެ ގައުމުން ކޮންމެ ގައުމަކަށް ވެސް މިހާތަނަށް ލިބިފައި ހުރި އެންމެ ގާތް ރަހުމަތްތެރިޔާ ހިމާޔަތް ކުރުމުގެ ގޮތުން، މިހާރު ރާވާފައިވާ ވަރަށް ވުރެ މާ ބޮޑު ޓެރިފްތަކެއް އެ ދެ ގައުމުގެ މައްޗަށް އަޅާނެ،
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ބުދަ ދުވަހު ޓްރަމްޕް ވަނީ އިމްޕޯޓް ކުރާ އުޅަނދުތަކުން 25 ޕަސެންޓް ޓެރިފް ނަގަން އިއުލާނު ކުރައްވައި، ދުނިޔޭގެ ވިޔަފާރީގެ ހަނގުރާމަ ފުޅާވެ، ގެއްލުން ލިބުނު އެމެރިކާގެ ބައިވެރިންގެ ފާޑުކިޔުންތަކަށް ބަދަލު ހިފާނެ ކަމުގެ އިންޒާރުތައް ދީފަ އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން ވަނީ މިއީ ވިޔަފާރިތަކަށް ގޯސް، ކަސްޓަމަރުންނަށް ގޯސް ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައި ވާއިރު، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ މި ޓެރިފްތަކަކީ ކެނެޑާގެ މަސައްކަތްތެރިންނަށް އަމާޒުކޮށް ދެއްވި ހަމަލާއެއް ކަމަށް ސިފަކުރައްވައި ބަދަލުހިފުމުގެ ފިޔަވަޅުތަކާ މެދު ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ.

ކާރާއި ލައިޓް ޓްރަކްތަކުން އަލަށް ނަގާ ޓެކްސްތަކަށް އަމަލުކުރަން ފަށާނީ އެމެރިކާގެ ވިޔަފާރީގެ ޑެފިސިޓްގެ ބޮޑު ބައެއް ޒިންމާވާ ގައުމުތަކަށް އަމާޒުކޮށް ޓްރަމްޕް ރެސިޕްރޯކަލް ޓެރިފް ތައް އިއުލާނު ކުރައްވަން ނިންމެވިތާ އެއް ދުވަސް ފަހުން އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު އެވެ. އެއީ މިހާރުވެސް ދަގަނޑާއި އެލުމިނިއަމް އިން ތައާރަފްކޮށްފައިވާ ޑިއުޓީގެ އެންމެ މަތީ ފަންތީގެ އިތުރުން މެކްސިކޯ، ކެނެޑާ އަދި ޗައިނާގެ މުދަލުންނެވެ.

އީޔޫއިން ބުނީ އެމެރިކާގެ ބަރބަން އިން 50 ޕަސެންޓް ޓެރިފް ނަގަން ޖެހޭ ގޮތަށް ކައުންޓާ ފިޔަވަޅުތައް އެޅުމުގެ ފުރަތަމަ ސެޓު އޭޕްރީލް މަހުގެ މެދުތެރެއަށް ފަސްކުރާނެ ކަމަށެވެ. އޭގެ ރައްދުގައި ޓްރަމްޕް ވަނީ އީޔޫއިން މިކަން ކުރިއަށް ގެންގޮސްފިނަމަ އީޔޫގެ ހުރިހާ ރަލާއި އެހެނިހެން މަސްތުވާތަކެތީގެ ބާވަތްތަކުން 200 ޕަސެންޓް ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ

އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު