Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

އިސްރާއީލުގެ ވައިގެ ހަމަލާގައި ހަމާސްގެ ތަރުޖަމާނު ޤަނޫއާ އަވަހާރަކޮށްލައިފި: ހަމާސް މީޑިއާ

27 މާރިޗު 2025 | ބުރާސްފަތި 07:54

ހަމާސްގެ މަސްދަރުތަކުން ބުނާ ގޮތުގައި ބަރްދަވީލާއި ބަރްހޫމް އަކީ ހަމާސްގެ ނިންމުންތައް ނިންމާ 20 މެމްބަރުންގެ ޖަމިއްޔާ، ސިޔާސީ އޮފީހުގެ މެމްބަރުން ކަމަށާއި އޭގެ ތެރެއިން 11 މީހަކު ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު ހަނގުރާމަ ފެށުނު ފަހުން ޝަހީދުކޮށްލާފަ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 މާރިޗު 2025 | ބުރާސްފަތި 07:54
އިސްރާއީލް-ޣައްޒާ ބޯޑަރުގައި އުތުރު ޣައްޒާއަށް ދިން ހަމަލާއަށްފަހު ވެއްޓިފައިވާ އިމާރާތަކުން ދުން އަރަނީ - 25 މާޗް 2025

އިސްރާއީލް-ޣައްޒާ ބޯޑަރުގައި އުތުރު ޣައްޒާއަށް ދިން ހަމަލާއަށްފަހު ވެއްޓިފައިވާ އިމާރާތަކުން ދުން އަރަނީ - 25 މާޗް 2025

ޣައްޒާގެ އުތުރުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ ތަރުޖަމާނު އަބްދުލް ލަތީފް އަލް ޤަނޫއާ ޝަހީދުވެފައިވާ ކަމަށް ހަމާސްއާ ގުޅިފައިވާ މީޑިއާތަކުން ބުރާސްފަތި ދުވަހުގެ ފަތިހު ބުނެފިއެވެ.

ހަމާސް ޖަމާއަތުން ހިންގާ އަލް އަޤްޞާ ޓީވީން ބުނީ ޤަނޫއާ ޝަހީދުކޮށްލާފައިވަނީ ޖަބަލިއާގައި އޭނާގެ ޓެންޓަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށެވެ. ހަމަ އެ ހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައިވާއިރު، ވަކިވަކިން ދިން ހަމަލާތަކުގައި ޣައްޒާ ސިޓީގައި ހަ މީހުން އަދި ދެކުނު ޣައްޒާގެ ޚާން ޔުނިސްގައި އެކަކު ޝަހީދުކޮށްލާފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެއެވެ.

ހަމާސްގެ ސިޔާސީ އޮފީހުގެ މެމްބަރެއް ކަމަށްވާ އިސްމާއިލް ބަރްހޫމާއި އިތުރު އިސް ލީޑަރެއް ކަމަށްވާ ސަލާހު އަލް ބަރްދަވީލް މި ހަފުތާގެ ކުރީކޮޅު އިސްރާއީލުން ވަނީ ޝަހީދުކޮށްލާފަ އެވެ.

ހަމާސްގެ މަސްދަރުތަކުން ބުނާ ގޮތުގައި ބަރްދަވީލާއި ބަރްހޫމް އަކީ ހަމާސްގެ ނިންމުންތައް ނިންމާ 20 މެމްބަރުންގެ ޖަމިއްޔާ، ސިޔާސީ އޮފީހުގެ މެމްބަރުން ކަމަށާއި އޭގެ ތެރެއިން 11 މީހަކު ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު ހަނގުރާމަ ފެށުނު ފަހުން ޝަހީދުކޮށްލާފަ އެވެ.

މިދިޔަ ހަފުތާގައި އިސްރާއީލުން ވަނީ ބޮމުގެ ހަމަލާތަކާއި އެއްގަމު އުޅަނދުތައް އަލުން ފަށައި، ހަމާސް ޖަމާއަތުގެ ބަންދުގައި ތިބި ބާކީ ތިބި މީހުން މިނިވަން ކުރުމަށް ހަމާސްއަށް ޕްރެޝަރު އިތުރުކޮށް، ދެ މަސް ދުވަސް ވަންދެން ހަނގުރާމަ ހުއްޓާލުމަށް ނިންމައިފަ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މިމަހުގެ 18 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ބޮޑެތި އަސްކަރީ ޙަމަލާތައް އަލުން ފެށިފަހުން މިހާތަނަށް 830 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިސްރާއީލާއި ހަމާސް އިން ވަނީ އެކަކު އަނެކަކަށް ހަނގުރާމައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ޖަމާއަތުން ވަނީ ޣައްޒާގެ 2.3 މިލިއަން މީހުންނަށް ހަނގުރާމައިން ލުޔެއް ދިނުމަށް ހުށަހަޅައިފަ އެވެ.

އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ދިން ހަމަލާގައި އިސްރާއީލުން ހިފެހެއްޓި 250 މީހުންގެ ތެރެއިން 59 މީހުން އަދިވެސް ހިފަހައްޓަމުން އަންނަ ހަމާސް ޖަމާއަތުން ތުހުމަތުކުރާ ގޮތުގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދާއިމީ އެއްބަސްވުމެއް އެކުލަވާލުމަށް މެދުވެރިޔަކު ކުރާ މަސައްކަތަށް އިސްރާއީލުން ނުރައްކާ ކުރާ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހަމަލާދިނުމަށް އަމުރުކުރެއްވީ ހަމާސް އިން ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ހުށަހެޅުންތައް ދޮގުކޮށްފައިވާތީ ކަމަށެވެ. ހަމާސް ޖަމާއަތުން ރަހީނުން ދޫކޮށްނުލައިފިނަމަ ޣައްޒާގެ ސަރަހައްދުތައް ހިފާނެ ކަމުގެ އިންޒާރު އޭނާ ވަނީ ބުދަ ދުވަހު ތަކުރާރުކޮށް ދެއްވާފައެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
16 އެޕްރީލު 2017

އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

16 އެޕްރީލު 2017
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
05 މާރިޗު 2017

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް