Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ހަމާސް ޖަމާއަތުން ރަހީނުން ދޫކޮށްނުލައިފިނަމަ ޣައްޒާގެ އިތުރު ސަރަހައްދެއް ހިފާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި

26 މާރިޗު 2025 | ބުދަ 05:13

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވީޑިއޯއެއްގައި ކާޓްޒް ވިދާޅުވީ ހަމާސް ޖަމާއަތުން ހަރުކަށި ފިކުރުގެ އަމަލުތައް ކުރިއަށް ގެންދާނަމަ، އެ ޖަމާއަތުން ޣައްޒާގެ ސަރަހައްދު ތައް އިސްރާއިލަށް ނެގުމާއި ހަނގުރާމަވެރިން ތިބޭ އިމާރާތްތަކާއި ބިނާތައް ހަލާކުކޮށްލާ ބޮޑު އަގެއް އެކަމުގައި އަދާކުރަންޖެހޭނެ ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 މާރިޗު 2025 | ބުދަ 05:13
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް

ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތުން ބާކީ ތިބި މީހުން މިނިވަން ކުރަން ދެކޮޅު ހަދައިފިނަމަ އިސްރާއީލުން ޣައްޒާގެ އިތުރު ސަރަހައްދެއް ހިފައި، ހަމާސް ނައްތާލަންދެން ހަނގުރާމަ ކުރާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވެއްޖެ އެވެ.

އޭނާ މިގޮތަށް ދެއްކެވީ އިޒްރޭލުން މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ވައިގެ މަގުންނާއި އެއްގަމު ހަނގުރާމަ އަލުން ފެށުމާއި ގުޅިގެން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ސަލާމަތްކުރުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ހަމާސް އިން އިސްރާއިލަށް ދިން ޙަމަލާއަށްފަހު ޣައްޒާގައި ހަމާސްގެ ވެރިކަމާއި އަސްކަރީ ބާރު ދެން ދުވަހަކުވެސް ބަލައިނުގަންނާނެކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާ ބޮމުގެ ހަމަލާތައް ދޭން ފެށުމާ ގުޅިގެން ޣައްޒާގެ މެދުތެރެއާއި ދެކުނުގައި އެގައުމުގެ ސިފައިން އަސްކަރީ އޮޕަރޭޝަން ފަށާފައިވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އާ އޮޕަރޭޝަނުގެ މަގުސަދަކީ ހަނގުރާމަވެރިންނަށް ބާކީ ތިބި މީހުން ދޫކޮށްލުމަށް މަޖުބޫރު ކުރުން ކަމަށެވެ.

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވީޑިއޯއެއްގައި ކާޓްޒް ވިދާޅުވީ ހަމާސް ޖަމާއަތުން ހަރުކަށި ފިކުރުގެ އަމަލުތައް ކުރިއަށް ގެންދާނަމަ، އެ ޖަމާއަތުން ޣައްޒާގެ ސަރަހައްދުތައް އިސްރާއިލަށް ނެގުމާއި ހަނގުރާމަވެރިން ތިބޭ އިމާރާތްތަކާއި ބިނާތައް ހަލާކުކޮށްލާ ބޮޑު އަގެއް އެކަމުގައި އަދާކުރަންޖެހޭނެ ކަމަށެވެ.

މީގެ 17 މަސް ކުރިން ހަނގުރާމަ ފެށުނު ފަހުން އެންމެ ނުރައްކާތެރި ހަމަލާއަކީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހިނގަމުން އައި ހަމަނުޖެހުންތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެކެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި ހަމާސް ޖަމާއަތުން އަތުލައިގަތް 250 އަށްވުރެ ގިނަ މީހުންގެ ތެރެއިން 59 މީހުން ތިބި އިރު އޭގެ ތެރޭގައި 24 މީހުން އަދިވެސް ދިރިތިބި ކަމަށް ބެލެވެއެވެ. ބާކީ ތިބި ގިނަ މީހުން މިނިވަންކޮށް، ނުވަތަ އެމީހުންގެ ހަށިތައް ހަވާލުކޮށްފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާގެ ތެރޭގައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން އަސްކަރީ ޙަމަލާގައި ފަލަސްޠީނުގެ 50،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2017

އެމެރިކާގެ ނައިބު ރައީސް ޕެންސްގެ ދަތުރުފުޅާއި ދިމާކޮށް ގުދުސްގައި މުޒާހަރާ ކުރުމަށް ފަތަހް ޖަމާއަތުން ގޮވާލައިފި

16 ޑިސެމްބަރު 2017
އެމެރިކާގެ ނައިބު ރައީސް ޕެންސްގެ ދަތުރުފުޅާއި ދިމާކޮށް ގުދުސްގައި މުޒާހަރާ ކުރުމަށް ފަތަހް ޖަމާއަތުން ގޮވާލައިފި
03 ނޮވެމްބަރު 2017

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި
19 އޮކްޓޯބަރު 2017

ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ

19 އޮކްޓޯބަރު 2017
ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ
11 އޮކްޓޯބަރު 2017

ހަމާސްއާއި ފަތަހް އެއްގަލަކަށް އެރުމަށް ގާހިރާގައި މަޝްވަރާ ކުރަނީ

11 އޮކްޓޯބަރު 2017
ހަމާސްއާއި ފަތަހް އެއްގަލަކަށް އެރުމަށް ގާހިރާގައި މަޝްވަރާ ކުރަނީ
25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
25 އޯގަސްޓު 2017

ކާބުލްގެ މިސްކިތަކަށް އައިސިސް ޖަމާއަތުން ހަމަލާދީ 20 މީހުން މަރާލައިފި

25 އޯގަސްޓު 2017
ކާބުލްގެ މިސްކިތަކަށް އައިސިސް ޖަމާއަތުން ހަމަލާދީ 20 މީހުން މަރާލައިފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް