Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސްއާއި ފަތަހްގެ ކޯޅުން

ހަމާސްއާއި ފަތަހް އެއްގަލަކަށް އެރުމަށް ގާހިރާގައި މަޝްވަރާ ކުރަނީ

2011 ވަނަ އަހަރު ގާހިރާގައި ވެވުނު އެއްބަސްވުމަށް އަމަލުކުރުމަށްވަނީ އަމާޒު ހިފާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2017 | ބުދަ 03:52
މިސްރުގެ ވެރިރަށް ގާހިރާގައި ކުރިޔަށްދާ ބައްދަލުވުންތައް ތިން ދުވަހަށް ދެމިގެންދާނެ

މިސްރުގެ ވެރިރަށް ގާހިރާގައި ކުރިޔަށްދާ ބައްދަލުވުންތައް ތިން ދުވަހަށް ދެމިގެންދާނެ

ފަލަސްތީނުގެ ސިޔާސީ ޕާޓީތައް ކަމަށްވާ ހަމާސްއާ ފަތަހަ އިން ރީކޮންސިލިއޭޝަނަކަށް ދިއުމަށް މިސްރުގެ ވެރިރަށް ގާހިރާގައި އަންގާރަ ދުވަހު ވާހަކަތައް ފަށައިފިއެވެ.

މި ވާހަކަތައް ފެށިފައި މިވަނީ ފަލަސްތީނުގެ ބޮޑުވަޒީރު ރަމީ ހަމްދަﷲ ،ހިސާރު ކުރެވިފައިވާ ޣައްޒާގެ ހިންގުމުގެ ޒިންމާ ހަމާސްގެ އަތުން ނެގުމަށްފަހު ބައިނަލްއަޤްވާމީ ފަރާތްތަކުން ބަލައިގަންނަ ސަރުކާރަކާ ހަވާލުކުރުމުގެ މަރުހަލާތައް ފަށްޓަވައިދެއްވުމަށް ޣައްޒާއަށް ވަޑައިގެންނެވިތާ ހަފްތާއެއް ފަހުންނެވެ.

ގާހިރާގައި ކުރިޔަށްދާ ބައްދަލުވުމުގައި މައިގަނޑު ކަމަކަށް އޮތީ 10 އަހަރުވީ ސިޔާސީ ދެބަސްވުން ނިމުމަކަށް ގެނައުމުގެ އުއްމީދުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި 2011 ވަނަ އަހަރުވީ ގާހިރާ އެއްބަސްވުން ތަންފީޒު ކުރުމެވެ.

ހަމާސްގެ ވަފްދުގެ އިސްވެރިޔަކަށް އެ ޕާޓީގެ ޕޮލިޓިކަލް އޮފީހުގެ ވެރިޔާ ސާލިހް އަލް-އަރޫރީ ހުންނެވި އިރު ފަތަހްގެ ވަފްދުގެ ވެރިޔަކަށް ހުންނެވީ ފަތަހް ސެންޓްރަލް ކޮމިޓީގެ މެމްބަރު އައްޒާމް އަލް އަހުމަދުއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުރި ހަމާސްގެ މެމްބަރެއް ކަމަށްވާ ހަސަން ޔޫސުފް ވިދާޅުވީ ވާހަކަތަކުގައި ބައިވެރިވުމަށް އުރުދުން މަގުން ގާހިރާއަށް ދާން އުޅުނު ވަފްދު އިސްރާއީލުން ހިފެހެއްޓި ކަމަށެވެ.

ހަމާސް ވަފްދުގެ މެމްބަރެއް ކަމަށްވާ ޚަލީލް އަލް-ހަޔާ ވިދާޅުވީ އެ ވަފްދުން ޕަލަސްތީނުގެ ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ގޮތުން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ކައުންސިލް އިންތިޚާބަށް ތައްޔާރުވުމާ ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. ހަޔާ ވިދާޅުވީ މަޝްވަރާތަކުގައި އަމާޒު ހިފާނީ އިދިކީލިކަން ނައްތާލުމާއި އިސްރާއީލުގެ މަޝްރޫއުތައް ހުއްޓުވުމަށްޓަކައި ފަލަސްތީނުގެ ބައިބައިވުން ނައްތާލުމަށް ކަމަށެވެ.

ގާހިރާ އެއްބަސްވުމުގައިވާ ގޮތުން ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ކައުންސިލް އިންތިޚާބު އެ އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ.

ފަތަހަ ޖަމާއަތުގެ ތަރުޖަމާން އުސާމާ އަލް-ޤަވަސްމީ ފަލަސްތީނުގެ ރަސްމީ ރޭޑިއޯގައި ވިދާޅުވީ ތިން ދުވަހަށް ދެމިގެންދާ ވާހަކަތަކުގައި އަމާޒު ހިފާނީ ޤައްޒާގައި ސިޔާސީ ހަރަކާތްތައް ހިންގައި ސަލާމަތީކަންކަން ބެލެހެއްޓުމާއި އިގްތިސާދީގޮތުން ހަރަކާތްތެރިވުމަށްޓަކައި އާއްމުކޮށް އެންމެންނަށް ބަލައިގަނެވޭ ސަރުކާރެއް އެކުލަވާލުމަށް ކަމަށެވެ.

އެޖެންޑާގައި ހިމެނޭ އެހެން ކަންކަމަށް ބަލާއިރު ޣައްޒާގެ ކަރަންޓުގެ މައްސަލަޔާއި،އައްސޭރި ފަށުގައި އޮންނަ ސަރަހައްދެއްގައި މަސައްކަތްކުރާ ޕަލަސްޓައިން އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަޔާއި، ސަރަހައްދީ ރޮނގު ހުރަސްކުރުމުގެ ސަލާމަތީ ކަންކަމާއި އިދާރީ ކަންކަން ހިމެނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޣައްޒާ އަށް ހަމަލާ ދިނުން ހުއްޓުމެއް ނެތް، ފަތަހް އާއި ހަމާސް ބައްދަލު ކޮށްފި

ޣައްޒާ އަށް ހަމަލާ ދިނުން ހުއްޓުމެއް ނެތް، ފަތަހް އާއި ހަމާސް ބައްދަލު ކޮށްފި

02 ޑިސެމްބަރު 2024
ލުބްނާންގެ ސައިޑްން ގައި ދަތުރުކުރަމުން ދިޔަ ކާރަކަށް އިޒްރޭލުން ޑްރޯން ހަމަލާއެއް ދީ ފަތަހް ގެ އޮފިޝަލަކު ޝަހީދު ކޮށްލައިފި

ލުބްނާންގެ ސައިޑްން ގައި ދަތުރުކުރަމުން ދިޔަ ކާރަކަށް އިޒްރޭލުން ޑްރޯން ހަމަލާއެއް ދީ ފަތަހް ގެ އޮފިޝަލަކު ޝަހީދު ކޮށްލައިފި

21 އޯގަސްޓު 2024
ފަތަހް އާއި ހަމާސް އިން ގައުމީ އެއްބައިވަންތަ ކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަތަހް އާއި ހަމާސް އިން ގައުމީ އެއްބައިވަންތަ ކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

23 ޖުލައި 2024
ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅާ ޔޫކްރެއިންއަށް އެރުމަށް ޕުޓިން އަންގަވައިފި

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅާ ޔޫކްރެއިންއަށް އެރުމަށް ޕުޓިން އަންގަވައިފި

22 ފެބުރުއަރީ 2022
ކުރިޔަށް އޮތް ދުވަސްތަކުގައި ޔޫކްރެއިންއަށް އެރުމަށް ޕޫޓިން ވަނީ ނިންމަވާފައި: ބައިޑަން

ކުރިޔަށް އޮތް ދުވަސްތަކުގައި ޔޫކްރެއިންއަށް އެރުމަށް ޕޫޓިން ވަނީ ނިންމަވާފައި: ބައިޑަން

19 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު