Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދުނިޔެ
ފަލަސްތީން

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

ބޮޑުވަޒީރު ހަމްދުﷲ އަންނަ މަހުގެ 2 ވަނަ ދުވަހު ޣައްޒާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2017 | ހޯމަ 14:13
ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް

ފަލަސްތީނުގެ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއެކު މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ފަލަސްތީނުގެ ސަރުކާރުން ބުނެފި އެވެ.

ހަމާސް ޖަމާއަތާއި އެކު ގުޅުން ރަނގަޅު ކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް، ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމްދަﷲ އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޣައްޒާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ފަލަސްތީނުގެ ސަރުކާރުން ވަނީ ހޯމަ ދުވަހު އާއްމުކޮށްފައެވެ.

ފަލަސްތީން ސަރުކާރުގެ ތަރުޖަމާނު ޔޫސުފް އަލް މަހްމޫދް އާއްމުކޮށްފައިވާ ބަޔާނުގައި ވަނީ، ފަލަސްތީނުގެ ރައީސް މަޙްމޫދް އައްބާސް އަދި ބޮޑުވަޒީރު ރާމީ ހަމްދަﷲ އާދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު، ހަމާސްއާއެކު ކުރާ މަޝްވަރާތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޣައްޒާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބޮޑުވަޒީރު ހަމްދުﷲ އާއި ސަރުކާރުގެ އޮފިޝަލުން އަންނަ ހޯމަ ދުވަހު ޣައްޒާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެބަޔާނުގައިވެ އެވެ.

ފަލަސްތީނުގެ ސަރުކާރުން ހަމާސް އާއެކު ޣައްޒާގައި މަޝްވަރާތައް ބޭއްވުމަށް ނިންމި ނިންމުމަށް ހަމާސް އިން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި ދެފަރާތަކުގެ މަޝްވަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން އދ. އިން ވަނީ ހާމަކޮށްފައެވެ.

ފަލަސްތީނުގެ ފަތަޙަ ޖަމާއަތާއި، ހަމާސް ޖަމާއަތަކީ އެޤައުމުގައި ވަކި ދެސަރުކާރެއް ޤާއިމްކޮށް، ވެރިކަން ކުރަމުންދާ ޒަމާންވީ ދެ ހަތުރުންނެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަތަޙަ ޖަމާޢަތުގެ ސަރުކާރު ޤާއިމްކޮށްފައިވާއިރު، 2007ވަނަ އަހަރުން ފެށިގެން ހަމާސް ޖަމާޢަތުން ދަނީ ޣައްޒާގައި ވަކި ވެރިކަމެއް ކުރަމުންނެވެ.

ފާއިތުވި 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ފަތަޙަ ޖަމާޢަތާއި ހަމާސް ޖަމާޢަތުން ޞުލްޙަވުމަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.

އެހެންނަމަވެސް މިސްރުގެ އޮފިޝަލުންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު ޣައްޒާގައި އޮތް ހަމާސްގެ ކޮންޓްރޯލް ފަލަސްތީނުގެ ރައީސް މަޙްމޫދް އައްބާސްގެ ސަރުކާރަށް ދޫކޮށްލާނެކަން ހަމާސް އިން ވަނީ މިމަހުގެ ތެރޭގައި ހާމަކޮށްފަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި ހަމާސް އިން ވަނީ، ޣައްޒާގައި އޮތް ހަމާސްގެ ސަރުކާރު އުވާލައި، ފަލަސްތީނުގެ ރައީސް މަޙްމޫދް އައްބާސްގެ ފަތަޙަ ޖަމާއަތާއި ދެމެދު އޮތް މައްސަލަތަކަށް ޙައްލު ހޯދުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު