Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ މައްސަލަ

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

ޣައްޒާ އަށް ވަދެވެން އޮންނަ ފަސް ބޯޑަރެއްގެ ކޮންޓްރޯލް، ފަތަޙް ޖަމާއަތުގެ ސަރުކާރާއި ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 3 ނޮވެމްބަރު 2017 | ހުކުރު 02:23
ފަލަސްތީނާއި މިސްރު ގުޅޭ ރަފާ ބޯޑަރުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަދި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީގެ ފޮޓޯ ހަރުކޮށްފައި

ފަލަސްތީނާއި މިސްރު ގުޅޭ ރަފާ ބޯޑަރުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަދި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީގެ ފޮޓޯ ހަރުކޮށްފައި

އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާ އަށް ވަދެވެން އޮންނަ ބޯޑަރުތަކުގެ އިދާރީ ކޮންޓްރޯލް ހަމާސް އިން ފަލަސްތީނުގެ ސަރުކާރަށް ދޫކޮށްލައިފި އެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސް އިން، ޣައްޒާ އަށް ވަދެވެން އޮންނަ ފަސް ބޯޑަރެއްގެ ކޮންޓްރޯލް، ހުޅަނގު އައްސޭރީގައި ގާއިމްވެފައިވާ ފަތަޙް ޖަމާއަތުގެ ސަރުކާރާއި ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމާސް އިން ޣައްޒާ އަށް ވަދެވެން އޮންނަ ބޯޑަރުތަކުގެ ޗެކްޕޮއިންޓްތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފައިވަނީ، މިސްރުން މެދުވެރިވެގެން ހަމާސް އަދި ފަލަސްތީނުގެ ފަތަޙް ޖަމާއަތާއި ދެމެދު މިދިޔަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު މިސްރުގެ ގާހިރާގައި ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ.

ޣައްޒާގެ ބޯޑަރުތައް ހަމާސް އިން ފަލަސްތީނުގެ ސަރުކާރާއި ހަވާލު ކުރި ނަމަވެސް، ޣައްޒާގެ ރައްޔިތުންނަށް މިނިވަންކަމާއެކު ބޯޑަރު ހުރަސްކޮށް ދަތުރުފަތުރު ކުރުމުގެ ފުރުޞަތެއް ނުލިބޭނެ އެވެ. ޣައްޒާ އަށް ވަދެވެން އޮންނަ ބޯޑަރުތައް ހުރަސްކޮށް ދަތުރުކުރުމަށް، އިޒްރޭލުން ހުއްދަ ނަގަން ޖެހެއެވެ.

ހަމާސް އަދި ފަތަހް އާދެމެދު ވެފައިވާ ޞުލްހައިގެ އެއްބަސްވުމުގެ ދަށުން، ބައިނަލްއަޤްވާމީ މުޖުތަމަޢު އިން ގަބޫލްކުރާ ފަލަސްތީނުގެ ސަރުކާރު (ޕީއޭ) އަންނަ ޑިސެމްބަރު މަހުން ފެށިގެން ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ހަވާލުވާނެ އެވެ.

2007 ވަނަ އަހަރު ހަމާސް އާއި ފަތަހް ޖަމާއަތާއި ދެމެދު އުފެދުނު ދެބަސްވުމަށްފަހު، ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ހިނގަމުންދަނީ ވަކި ވެރިކަމެކެވެ. ފަލަސްތީނުގެ މައި ސަރުކާރުގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމައު ދެކޭ ފަތަޙް ޖަމާއަތުގެ ސަރުކާރުން ހުޅަނގު އައްސޭރީގައި ގާއިމްވެފައިވާއިރު، ފަލަސްތީނުގެ މައި ސަރުކާރާއި ވަކިން ޣައްޒާގައި ވެރިކަން ކުރަނީ ހަމާސް ޖަމާއަތުންނެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
04 ސެޕްޓެމްބަރު 2017

އައިސިސްގެ 113 ހަނގުރާމަވެރިން ސީރިއާ ސަރުކާރާއި ގުޅިއްޖެ

04 ސެޕްޓެމްބަރު 2017
އައިސިސްގެ 113 ހަނގުރާމަވެރިން ސީރިއާ ސަރުކާރާއި ގުޅިއްޖެ
22 ޖުލައި 2017

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު