Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ވަޒީފާތަކުގައި ތިބެން ބޭނުންނަމަ ސަރުކާރަށް އެއްބާރުލުން ދޭން މަޖުބޫރުކަމަށް ވިދާޅުވެ ގައްދޫ ދާއިރާގެ މެމްބަރުގެ އިންޒާރެއް

ވޭތުވެދިޔަ ތަނުގައި ޕީއެންސީގެ ހަރަކާތްތަކުގައި ބައިވެރިވެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މިންވަރު ދަށްވުމާއި، އަދި އެ މުވައްޒަފުންގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ދިނުން ދަށްވާކަމަށް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 25 މާރިޗު 2025 | އަންގާރަ 17:34
ގައްދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އަލީ: ވަޒީފާތައް ދީފައިވަނީ ސިޔާސީ ގޮތުން ސަރުކާރަށް ފުރިހަމައަށް އެމްބާރލުން ދިނުމަށް އެއްބަސްވެގެން ކަމަށް ވިދާޅުވި

ގައްދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އަލީ: ވަޒީފާތައް ދީފައިވަނީ ސިޔާސީ ގޮތުން ސަރުކާރަށް ފުރިހަމައަށް އެމްބާރލުން ދިނުމަށް އެއްބަސްވެގެން ކަމަށް ވިދާޅުވި

ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގެ ވަޒީފާގައި ތިބި މީހުން، އެ މަގާމުތަކުގައި ތިބެން ބޭނުންނަމަ ސަރުކާރަށް އެއްބާރުލުން ދިނުމަކީ މަޖުބޫރު ކަމެއް ކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު އަލީ އިންޒާރު ދެއްވައިފި އެވެ.

މެންބަރު މުޙައްމަދު އަލީ މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކަށް އައްޔަންކުރި ގައްދޫ ދާއިރާއަށް ނިސްބަތްވާ މުވައްޒަފުން ހިމެނޭ ގްރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގަ އެވެ.

Advertisement - newsAdvertisement

މެމްބަރު މުޙައްމަދު އަލީ މުވައްޒަފުންގެ މި ގުރޫޕަށް އިންޒާރު ދެއްވައި ފޮނުއްވި މެސެޖުތަކުގެ ސްކްރީންޝޮޓް ތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ގްރޫޕުގައި މެންބަރު މުޙައްމަދު އަލީ ވަނީ ވޭތުވެދިޔަ ތަނުގައި އެ މީހުން ޕީއެންސީގެ ހަރަކާތްތަކުގައި ބައިވެރިވެ ހަރަކާތްރަކުގައި އިސްކޮށް އުޅޭ މިންވަރު ދަށްވުމާއި، އަދި އެ މުވައްޒަފުންގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ދިނުން ދަށްވާކަމަށް ވިދާޅުވެ ނުރުހުންވެވަޑައިގެން މެސެޖު ލިޔުއްވާފަ އެވެ.

ބާއްވާ ހަރަކާތްތަކުގެ އިތުރުން ހަރުގެއަށް އައިސް އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށް ތިމަންނައަށް ކުރެވޭނީ ކޮންކަމެއްތޯ އަމިއްލަ އިސްނެގުމާއި އެކު ކުރުމަށް ހަގީގަތުގައިވެސް ގިނަމީހުންގެ ފަރާތުން އެއްބާރުލުން ނުފެނޭ
މެމްބަރު އަޙުމަދު އަލީ ފޮނުވި މެސެޖް

އަދި ގުރޫޕުގައި ތިބި މުވައްޒަފުންނަކީ އަލަށް ވަޒީފާ އަށް ނެގުނު ފަރާތްތަށް ކަމަށާއި މި ވޭތުވެ ދިއަ ދުވަސްތަކުގައި ވަރަށް ކައިރިން އެންމެންގެ ކަންތައްތަށް ވެސް ބަލަމުން ދިއަ ކަމަށެވެ. އަދި މެމްބަރު ކަމަކަށް އެދި ގޮވާލުމުން އެކަމަށް އިޖާބަދޭ މިންވަރު ވެސް ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާ ކަމަށް މެމްބަރު އަޙުމަދު އަލީގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހުރިހާ ފަރާތްތަކަށް ވެސް ވަޒީފާ ދީފައި ވަނީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ސަރުކާރަށް އެއްބާރުލުން ދިނުމަށް އެއްބަސްވެގެން ކަމަށް މުޙައްމަދު އަލީގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ކަންކަމުގައި އެއްބާރުލުން ނުދެވޭ މީހުން މެންބަރަށް އެކަން އަންގައި ދިނުން އެދޭ ކަމަށާއި ވަޒީފާ ލިބުމުން ގިނަ މީހުންގެ އެއްބާރުލުން ނުލިބޭކަންވެސް އެނާ ފާހަގަ ކުރައްވާފައި އެވެ.

މިކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅަން ނިންމި ވާހަކަ ބުނެލަން. ނެތިން އެއްވެސް މީހެއް ކައިރީގަ އަބަދު ބުނެ ކިޔައިގެން ދާކަށް
މެމްބަރު އަޙުމަދު އަލީގެ މެސެޖް

މީގެ އިތުރުން

މެންބަރު މުހައްމަދު އަލީ ވަނީ ކޮންމެ އެސްއޯއީ އަކީވެސް ސިޔާސީ މަސައްކަތް ކުރާ ތަންތަން ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވަޒީފާ ދިން ގިނަ މީހުންނަށް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްގެން ސަރުކާރު ޕްރޮމޯޓު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެން ވިދާޅުވުމަށް ފަހު މެންބަރު ވަނީ ކުރިއަށް އޮތް ތަނުގައި ވަޒީފާ ދޭނީވެސް ސިޔާސީ ގޮތުން އެއްބާރުލުން ދޭ ފަރާތްތަކަށް ކަމަށް ވިދާޅުވެފަ އެވެ.

މުހައްމަދު އަލީގެ އިތުރުން ވެސް ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

13 މާރިޗު 2017
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު