Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ހިންގުންތެރިކަމެއް ނެތުން

"އާދަވެގެން ދަންވަރު ކަންކަން ނިންމުމުން އެނގެނީ ސަރުކާރުގެ ގޮތެއް ފޮތެއް ނެތް މިންވަރު"

އޭނާ ވިދާޅުވީ ސަރުކާރުން ކަންކަން ކުރުމުގައި ހަމަ އެއް ލަމަ އެއް ނެތް މިންވަރު ހަމައެކަނި މި އަމަލުން ވެސް ހާމަވާ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 މާރިޗު 2025 | އަންގާރަ 08:03
ރައްޔިތުންގެ މަޖިލީހުގެ އިހަވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ  ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ އިހަވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

އާދަވެގެން ދަންވަރު ކަންކަން ނިންމުމުގެ ސަޤާފަތެއް ސަރުކާރުގެ ކިބައިން ފެންނަމުންދާ ކަމަށާއި އެކަމުން އެނގެނީ ސަރުކާރުގެ ގޮތެއް ފޮތެއް ނެތް މިންވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ވަކިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް، މ. ދިއްގަލި، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ޢައްޔަންކުރައްވާކަން އިއުލާންކުރެއްވީ ވެސް ދަންވަރު ކަމަށެވެ. އެފަދަ ކިތަންމެ ކަމެއް މި ސަރުކާރުގެ ކިބައިން ފެންނަ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކަންކަން ކުރުމުގައި ހަމަ އެއް ލަމަ އެއް ނެތް މިންވަރު ހަމައެކަނި މި އަމަލުން ވެސް ހާމަވާ ކަމަށެވެ. ދަންވަރު ސަރުކާރަކުން ބޮޑެތި ނިންމުންތައް ނިންމުމަކީ ތަރުތީބުވުން ކަމަށް ދެއްކުމަށް މި ސަރުކާރުން މަސައްކަތް ކުރިއަސް ހަގީގަތަކީ އެއީ ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރެއް ހިނގަންވާ ގޮތަށް މި ސަރުކާރު ނުހިނގާކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނިގެން ދަނީ އަނިޔާ ދިނުމަށް ފަހު ދަންވަރެއްގައި ވެރިން ވަކިކުރާތަން. ވަކިކޮށްފަ އެތަނަށް ދެން ހުންނަ މީހާ ލަނީ ވެސް ދަންވަރު. ދެން އައްޔަން ކުރާ މީހާ އަށް ވެސް އަނިޔާ ދޭނެ ގޮތް ރޭވިފައި ކަންނޭނގެ އޮންނާނީ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރެއްގެ ހައިބަތާއި ކަރާމާތް ނުހިފަހެއްޓޭ ކަމަށެވެ.

ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ކަމަށް ޤާނޫނުއަސާސީގައި އޮތް ނަމަވެސް އެއިން އެއްވެސް ކަމެއް ސަރުކާރުގެ ކިބައިން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ އެއްވެސް މިސްރާބެއް ނެތުމުގެ ސަބަބުން ގައުމުގެ މިސްރާބު ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ކުރަމުން ދާއިރު އެއީ ނުވާކަމަކަށް ހަދައިގެން، ބައެއް މަޤާމުތަކުގައި މީހުން ތިބި ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތް ނުދީ ރައްޔިތުންގެ ފައިސާ އިން މުސާރަ ނެގުމަކީ ލަދުވެތިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން

19 އެޕްރީލު 2017
ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން
27 މާރިޗު 2017

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި

27 މާރިޗު 2017
ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު