Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޭޝަނަލް ތެލެސީމިއާ ސެންޓަރ

ރަމަޟާން މަހުގެ ދުވާލު ވަގުތު ރައީސް މުއިއްޒު ޒިޔާރަތް ކުރެއްވި ނަމަވެސް ހާލަތު އެނގިވަޑައިނުގަންނަވާނެ: ތެލަސީމިއާ ޕޭޝަންޓުން

ރޯދަ މަހުގެ ދުވާލުގެ ވަގުތު ލޭ އަޅާނީ 12 އަހަރުން ދަށުގެ ކުދިން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މާރިޗު 2025 | އާދީއްތަ 09:55
ރައީސް، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން

ރައީސް، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން

ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ރަމަޟާން މަހުގެ ދުވާލު ވަގުތު ރައީސް ޑރ.މުހައްމަދު މުއިއްޒު ޒިޔާރަތް ކުރެއްވި ނަމަވެސް ހާލަތު އެނގިވަޑައިނުގަންނަވާނެ ކަަމަށް ތެލަސީމިއާގެ ގިނަ ޕޭޝަންޓުން ބުނެފިއެވެ.

މޯލްޑިވްސް ބްލަޑް ސަރވިސްއަށް ލިބިފައިހުރި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަން ޖެހޭ މައްސަލަ ބޮޑުވެ އިހްތިޖާޖްކޮށްފައިވާއިރު، ރައީސް މުއިއްޒު އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ތެލަސީމިއާ ސެންޓަރުގެ ހާލަތު ބައްލަވާލެއްވުމަށް އެސެންޓަރަށް ޒިޔާރަތްކުރެއްވުމާއި ގުޅިގެން، ރާއްޖެއެމްވީއަށް ތެލަސީމިއާގެ ބައެއް ޕޭޝަންޓުން ބުނީ ތެލަސީމިއާ ސެންޓަރަށް ރަމަޟާން މަހުގެ ދުވާލު ވަގުތު ރައީސް މުއިއްޒު ޒިޔާރަތް ކުރެއްވި ނަމަވެސް ހާލަތު އެނގިވަޑައިނުގަންނަވާނެ ކަމަށާއި، ރޯދަ މަހުގެ ދުވާލުގެ ވަގުތު ލޭ އަޅާނީ 12 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. ބޮޑެތި ހުރިހާ އެންމެން ވެސް ލޭ އަޅަމުންދާނީ ރޭގަނޑުގެ ވަގުތު ކަމަށާއި، ކަންބޮޑުވުންތައް ކުޑަ ކުދިންނަށް ކިޔައިދޭން ނޭނގޭނެ ކަމަށް ޕޭޝަންޓުން ބުނެއެވެ.

Advertisement - newsAdvertisement

ރައީސްގެ މި ޒިޔާރާތް ކުރެއްވުމުގައި އެމަނިކުފާނު ވަނީ އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިއްބެވި ޕޭޝަންޓުންނާއި، ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެމަނިކުފާނު ވަނީ އެކަންކަމަށް އެންމެ އެދެވޭ އަވަސް ހައްލު ހޯދައިދެއްވުމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެކަންކަން ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ ތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވައިލައްވައިލައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނަށް މިހާރުން މިހާރަށް އެޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަސްކޮށް އެޅުއްވުމަށް އިރުޝާދުދެއްވާފައެވެ.

ރަމަޟާން މަސް ފެށުނު ފަހުން މިމައްސަލަ ބޮޑުވެ ހައްލު ނުލިބުމުން ހޮނިހިރު ދުވަހުގެ ރޭ އެ ސެންޓަރުގެ ތެރޭގައި އަދި ބޭރުގައި ގިނަ ތެލަސީމިއާ ޕޭޝަންޓުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބެލެނިވެރިން ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފަވެއެވެ. އަދި ނެޝަނަލް ތެލަސީމިއާ ސެންޓަރުގެ މެނޭޖްމަންޓު އިސްތިއުފާއަށް ގޮވާލާފައިވެ އެވެ.

ނެޝަނަލް ތެލަސީމިއާ ސެންޓަރުގެ މިހާރުގެ މެނޭޖްމަންޓާއި ބައްދަލުކޮށްގެން ހައްލު ނުލިބޭނެ ކަމަށާއި، ހާލަތު މިހައި ބޮޑަށް ދަށްވެގެން ދިޔައީ ވެސް އެމެނޭޖްމަންޓުގެ އިހުމާލުން ކަމަށް ވެސް ލޭ އަޅާ ޕޭޝަންޓުން ބުނެއެވެ. އަދި ރައީސް މުއިއްޒާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާ ކުރަން ބޭނުންވާ ކަމަށް އެމީހުން ބުނެއެވެ.

ރައީސް މުއިއްޒު ދުވާލުގެ ވަގުތު ތެލަސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުމާއި ގުޅިގެން ގިނަ އަދަދެއްގެ ލޭ އަޅާ ޕޭޝަންޓުން ދަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު