Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު

ބުރާސްފަތި ދުވަހު އިސްރާއީލް އިން ފަލަސްތީނުގެ 85 މީހުން ޝަހީދު ކޮށްލައިފި

ހަނގުރާމަ ހުއްޓާލުމަށް މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން މި ފަހުން ދިން ހަމަލާތަކުގައި ހަމާސް ޖަމާއަތުގެ އިސް އޮފިޝަލުން ތަކެއް ވެސް ޝަހީދު ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މާރިޗު 2025 | ހުކުރު 05:37
އިސްރާއީލުގެ ހަމަލާ ތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ޖަނާޒާ، ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސްގެ ޔޫރަޕިއަން ހޮސްޕިޓަލު ކައިރީގައި ކުރިއަށް ގެންދަނީ

އިސްރާއީލުގެ ހަމަލާ ތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ޖަނާޒާ، ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސްގެ ޔޫރަޕިއަން ހޮސްޕިޓަލު ކައިރީގައި ކުރިއަށް ގެންދަނީ

އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް އަލުން ހަމަލާ ދޭން ފަށާފައިވާއިރު، ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި ފަަލަސްތީނުގެ 85 މީހަކު ޝަހީދު ކޮށްލައިފި އެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދު އަދި މެދު ތެރޭގެ ސަރަހައްދުތަކަަށް އަމާޒުކޮށް ވައިގެ މަގުން އަދި އެއްގަމު މަގުން ވެސް ހަމަލާތައް ދީފަ އެވެ. 

އިސްރާއީލުގެ ސިފައިން ބުރާސްފަތި ދުވަހު ބައިތު ލަހިޔާ ސަރަހައްދުގައި ވަނީ އެއްގަމުގެ އޮޕަރޭޝަންތައް ފުޅާ ކޮށްފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން މި ފަހުން ދިން ހަމަލާތަކުގައި ހަމާސް ޖަމާއަތުގެ އިސް އޮފިޝަލުން ތަކެއް ވެސް ޝަހީދު ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

އޭގެ ތެރޭގައި ޣައްޒާގެ ވެރިކަމުގެ އިސްވެރިޔާ އާއި، ސެކިއުރިޓީ ސަރވިސްގެ އިސްވެރިޔާ އާއި، އޭނާގެ އެހީތެރިޔާ އަދި ޖަސްޓިސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހިމެނެ އެވެ.

ހަމާސް އިން ވަނީ އިސްރާއީލަށް އަމާޒުކޮށް ރޮކެޓު ތަކެއް ފޮނުވާލައިފަ އެވެ. އެއާއެކު، އިސްރާއީލުގެ މެދު ތެރޭގެ ސަރަހައްދުގައި ސައިރަން އަޅަފައިވާ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

މިއީ ހަނގުރާމަ ހުއްޓާލަން އެއްބަސްވީ ފަހުން، ހަމާސް ޖަމާއަތުން ދިން ފުރަތަމަ ހަމަލާ އެވެ. އިސްރާއީލުން ނެޓްޒަރިމް ކޮރިޑޯގައި ބަފަރ ޒޯނެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން ދާއިރު، ޣައްޒާގެ އުތުރާއި ދެކުނު ގުޅުވައިދޭ މައި މަގު ކަމަށްވާ، ސަލާހުއްދީން މަގު ބޭނުން ނުކުރުމަށް ރައްޔިތުންނަށް އަންގާފައިވެ އެވެ.

ވޭތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި 510 ފަލަސްތީނު ރައްޔިތުން ޝަހީދު ވެފައިވާ އިރު، އޭގެ ދެބައި ކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމާސް އިން މެދުވެރިންނަށް ގޮވާލާފައި ވަނީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށެވެ.

ނަމަވެސް، އިސްރާއީލުން ބުނެފައި ވަނީ ހަނގުރާމަ ހުއްޓުވުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ކުރިން ބާކީ ތިބި ހަނގުރާމައިގެ ރަހީނުން ދޫކުރުމަށް ހަމާސް އަށް މަޖުބޫރު ކުރުމަށް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު