Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ފުޓްބޯޅަ ޓީމު

އިންޑިއާ އިން ރާއްޖެ ބަލިކޮށްފި

މިއީ މި މަހު ފަށާ އޭޝިއަން ކަޕް ކޮލިފިކޭޝަން އަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ފުޓުބޯޅަ ޓީމުން ކުޅުނު މެޗެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މާރިޗު 2025 | ބުރާސްފަތި 05:00
އިންޑިއާ އާއި ދިވެހި ރާއްޖެ ބައްދަލު ކުރި ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގެ މެޗުގެ ތެރެއިން

އިންޑިއާ އާއި ދިވެހި ރާއްޖެ ބައްދަލު ކުރި ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގެ މެޗުގެ ތެރެއިން

ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި އަވައްޓެރި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ދިވެހި ރާއްޖެ ބަލިވެއްޖެ އެވެ.

އިންޑިއާގެ ޝިލޯންގައި ހުންނަ ޖަވާހަރުލާލު ނެހްރޫ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޑިއާ އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އިންޑިއާ އަށް ލީޑު ނަގައިދިނީ ރާހޫލް ބޭކާ އެވެ. އެއީ އިންޑިއާ އަށް ލިބުނު ކޯނަރެއްގައި ހުރަސްވި ބޯޅަ ގޯލަށް ވައްދާލައިގެން އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން ވެސް އިންޑިއާ އިން ވަނީ މެޗުގައި ލަނޑު ޖެހުމަށް ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި އިންޑިއާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ލިސްޓަން ކޮލާކޯ އެވެ.

އޭގެ ދިހަ މިނެޓު ފަހުން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މިއީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައި ރިޓަޔާ ކުރި ފަހުން، އަލުން އެނބުރި އައިސް ޗެތުރީ ކުޅުނު ފުރަތަމަ މެޗެވެ.

މިއީ މި މަހު ފަށާ އޭޝިއަން ކަޕް ކޮލިފިކޭޝަން އަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ފުޓުބޯޅަ ޓީމުން ކުޅުނު މެޗެކެވެ. އަނެއްކޮޅުން މިއީ އިންޑިއާ އިން ރާއްޖޭގެ މަޗަށް ހޯދި 16 ވަނަ މޮޅެވެ. އިންޑިއާ އަތުން ރާއްޖެ މޮޅުވެފައި ވަނީ ހަތަރު މެޗުންނެވެ. ދެ މެޗެއް ވަނީ އެއްވަރުވެފަ އެވެ.

ގައުމީ ހޭންޑްބޯލް ޓީމުއިންޑިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު