Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަޝްމީރުގައި އެއްޗެއް ގޮވުން

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

ކަޝްމީރުގެ ފުލުހުންގެ ސްޓޭޝަނެއްގައި އެއްޗެއް ގޮވާ މަރުވި މީހުންގެ ތެރޭގައި ގިނައީ ފުލުހުންނެވެ. މި ހާދިސާގައި 27 މީހަކު ޒަހަމްވި އިރު 7 މީހަކު މަރުވި އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ނޮވެމްބަރު 2025 | ހޮނިހިރު 08:29
އިންޑިއާގެ ސަލާމަތީ ބާރުތައް ސްރީނަގަރުގައި ހުންނަ ފުލުސް އޮފީސް ކައިރި ހަރަކާތްތެރި ވަނީ

އިންޑިއާގެ ސަލާމަތީ ބާރުތައް ސްރީނަގަރުގައި ހުންނަ ފުލުސް އޮފީސް ކައިރި ހަރަކާތްތެރި ވަނީ

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ފުލުހުން އަތުލައިގަތް ގޮވާތަކެތި ސްޓޭޝަނުގައި ހުއްޓާ ގޮވައިގެން ހަތް މީހަކު މަރުވެ 27 މީހަކު ޒަހަމްވެފައިވާ ކަމަށް އެންޑީޓީވީ އިން ރިޕޯޓް ކޮށްފި އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ ފުލުސް އޮފީހުގައި ރައްކާކޮށްފައި ހުރި ގޮވާތަކެތި ބަލަމުން ދިޔަ ފުލުހުންނާއި ފޮރެންސިކް ޓީމްގެ އޮފިޝަލުން ކަމަށް ރިޕޯޓުގައިވެ އެވެ. މަރުވި މީހުންގެ އަދަދު އިތުރަށް މައްޗަށް އަރާފާނެ ކަމަށާއި، ޒަހަމްވި މީހުންގެ ތެރެއިން ފަސް މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެންޑީޓީވީން ބުނެ އެވެ.

އެ ތަކެތި ގޮވި ސަބަބު ޔަގީން ކުރެވޭ ގޮތެއް ނުވެ އެވެ. ޖަމްމޫ އެންޑް ކަޝްމީރުގެ ފުލުހުންގެ ބަހެއް ހޯދުމަށް ނޫސްތަކުން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވެ އެވެ. މީގެ ކުރިން ލޯކަލް ޕޮލިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ ގޮވުމެއް ގޮވައިގެން ނޯގަމް ޕޮލިސް ސްޓޭޝަނަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ކޮމްޕައުންޑްގައި އަލިފާން ރޯވެ، ފަޔާ ޓެންޑަރުތައް އެތަނަށް ގެންގޮސްފައިވާ ކަމަށާއި، އެތަނަށް ގެއްލުންވާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

މި ގޮވުން ހިނގާފައި ވަނީ އިންޑިއާ އިން ޓެރަރިސްޓް ހާދިސާއެއް ކަމަށް ބުނާ، ދިއްލީގައި ކާރެއް ގޮއްވާލިތާ ހަތަރު ދުވަސް ފަހުންނެވެ.

އިންޑިއާކަޝްމީރުގޮއްވުންޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު