Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ހަނގުރާމައިގެ ވަގުތީ ހުއްޓުމެއް ގެނައުމުގެ ކުރިން ރަޝިޔާ ބޭނުންވަނީ އިތުރު ބާރެއް ހޯދަން: ޒެލެންސްކީ

 ޒެލެންސްކީ ވިދާޅުވީ، 30 ދުވަހުގެ ހުއްޓުމަކުން ދިގު މުއްދަތުގެ ސުލްޙައަކަށް މަގު ފަހިވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2025 | ހޯމަ 07:59
ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ, ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި އެއްބަސްވުން އޭނާ ވަނީ ޤަބޫލު ކުރައްވާފައި

ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ, ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި އެއްބަސްވުން އޭނާ ވަނީ ޤަބޫލު ކުރައްވާފައި

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ވަގުތީ ހުއްޓުމެއް ގެނައުމުގެ ކުރިން ރަޝިޔާ އިން ބޭނުން ވަނީ އިތުރު ބާރުތަކެއް ހޯދަން ކަމަށް، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. 

ޒެލެންސްކީ ވިދާޅުވެފައި ވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުގެ ކުރިން، ރަޝިޔާ އިން ބޭނުން ވަނީ އަސްކަރީ ގޮތުން އިތުރު ކުރިއެރުން ތަކެއް ހޯދަން ކަމަށެވެ.

މިދިޔަ ހަފުތާގައި އެމެރިކާ އިން ހުށަހެޅި 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ރަޝިޔާގެ ރައީސް ވުލެޑިމިއަރ ޕުޓިން މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާއި ނުވެ އެވެ. ނަމަވެސް، ޒެލެންސްކީ ވަނީ އެ ހުށަހެޅުން ޤަބޫލު ކުރައްވައި، ހަނގުރާމަ ހުއްޓާލުމަށް އެެއްބަސްވެ ވަޑައިގެންފަ އެވެ.

ޔުކްރެއިންގެ ކީވް ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒެލެންސްކީ ވިދާޅުވީ، ރަޝިޔާ އިން އެއްބަސްވުން ލަސްކުރުމުގެ މަޤްޞަދަކީ ހަނގުރާމައިގެ މައިދާނުގައި އިތުރު ކުރިއެރުން ތަކެއް ހޯދުން ކަމަށެވެ.

މި ހުށަހެޅުން އައިސްފައި ވަނީ ހަނގުރާމަ ފެށިތާ ތިން އަހަރު ފަހުން، ޔުކްރެއިންގެ ގިނަ ސަރަޙައްދުތަކެއް ގައި ރަޝިޔާ އަށް ކުރިއެރުން ތަކެއް ލިބެމުންދާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން، ކާސްކް ސަރަޙައްދުން ޔުކްރެއިންގެ ސިފައިން ފަހަތަށް ޖެހުމަށް ޕުޓިން ވަނީ މަޖުބޫރު ކޮށްފަ އެވެ. އަދި އެ ސަރަހައްދުން ޔުކްރެއިންގެ ސިފައިން ބޭލުމުގެ އަމުރެއް ވެސް ޕުޓިން ކުރައްވާފައިވެ އެވެ.

 ޒެލެންސްކީ ވިދާޅުވީ، 30 ދުވަހުގެ ހުއްޓުމަކުން ދިގު މުއްދަތުގެ ސުލްޙައަކަށް މަގު ފަހިވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް، އެއްވެސް ޙާލެއްގައި ރަޝިޔާ އަށް ސަރަޙައްދެއް ދޫކޮށްލުމަށް ތައްޔާރު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު ރަޝިޔާ އިން ވަނީ ޔުކްރެއިންގެ ދެކުނާއި އިރުމަތީ ސަރަޙައްދުތަކެއް އަތުލައިގަނެ، ހަތަރު ސަރަޙައްދެއް އެ ޤައުމުގެ ބައެއްގެ ގޮތުގައި އިޢުލާން ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!

31 ޖުލައި 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!
22 ޖުލައި 2017

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

22 ޖުލައި 2017
މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު
19 ޖުލައި 2017

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ

19 ޖުލައި 2017
ދެވަނަ ބޮޑުހަނގުރާމައިގެ  ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު